ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލޮކްޑައުން އީދަކަށް ނުހަދައި މައްސަލަތައް ބެލިނަމަ މިހެން ނުވީސް: ސައީދު

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19އާއި ގުޅިގެން އިއުލާންކުރި ލޮކްޑައުން ވެގެންދިޔައީ ސަރުކާރުގެ އިސްވެރިންނަށް އައި އިސްރާފް ބޮޑު އީދަކަށް ކަމަށް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ޓުއަރިޒްމް މިނިސްޓަރ އަލީ ވަހީދުގެ އަޚުލާގީ މައްސަލަތަކަކާއި ގުޅިގެން އިސްތިއުފާ ދެއްވަަން އަންގާފައިވަނިކޮށް ސައީދު ވިދާޅުވީ ދީނަށް ފުރައްސާރަކުރުމާއި، ރޭޕްކުރުން އަދި ބަނގުރަލުގެ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގެ ޝައުގުވެރިކަން ސަރުކާރުން ގެންގުޅުނުނަމަ، އެފަދަ މައްސަލަތައް ނިންމުން އަވަސް ވެގެންދާނެ ކަމަށެވެ.

މިކަމާއި ގުޅިގެން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ، މިހާރު މިއޮތީ ސަރުކާރު ބަދުނާމުވެފައި ކަމަށެވެ. އަދި މިހިސާބަށް ކަންކަން އައީ ރައީސުލްޖުމްހޫރިއްޔާ އަޅުއްވަން ޖެހޭ ފިޔަވަޅުތައް ދުރާލައި އަޅުއްވާފައި ނުވާތީ ކަމަށެވެ. އަދި ފިޔަވަޅުތައް ނޭޅުމަކީ އެފަދަ ކަންކަމަށް ދެވޭ ހިތްވަރެއްގެ ގޮތުގައި ވަނީ ސިފަކުރައްވާފައެވެ. ގައުމުގެ އިޖުތިމާއީ ފޭރާން އޮތީ ވަރަށް ބޮޑަށް ވީދިފައި ކަމަށާއި މިކަމުގެ ޒިންމާ ނަގަންޖެހޭނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް މެމްބަރު އާދަމް ޝަރީފް ވިދާޅުވިއެވެ.

ރޭގެ ވަގުތެއްގައި އަލީ ވަހީދުގެ އަހުލާގީ މައްސަލަތަކަކާއި ގުޅިގެން އިސްތިއުފާ ދެއްވުމަށް ރައީސް އަންގަވާފައިވާކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ޓުވީޓުކުރެއްވުމާއެކު ގިނަ ބަޔަކު ވަނީ މިނިންމުމަކީ ރައީސްގެ ވަރަށް ރަނގަޅު ނިންމެވުމެއްކަމަށް ބުނެ ރައީސްއަށް ތައުރީފްކޮށްފައެވެ. އެހެންނަމަވެސް، އެއް ބަޔަކު ވަނީ ވަޒީރުން ވަކިނުކުރައްވައި އިސްތިއުފާ ދެއްވަން އެންގީ ކީއްވެތޯ ސުވާލު އުފައްދާފައެވެ.

ތުހުމަތުތަކާ ގުޅިގެން މިނިސްޓަރުކަމުން އިސްތިއުފާ ދެއްވުމަށް ރައީސް އެންގެވުމުންވެސް މިނިސްޓަރުކަމުން އަލީ ވަހީދު އިސްތިއުފާ ދެއްވާފައެއްނުވެއެވެ. އެހެންނަމަވެސް، މިއަދު މެންދުރު 12 ޖަހަން ގާތްވެފައިވަނިކޮށް އަލީ ވަހީދު ވަނީ މަގާމުން ވަކިކޮށްފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: