ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިދުވަސްވެސް ދާނެ، ޙަޤީގަތްވެސް ހާމަވާނެ: އަލީ ވަހީދު

ޝެއާރކޮށްލާ ކަހަލަދޯ؟

މަސައްކަތުގެ މާހައުލުގައި ހިނގައިގެން ނުވާނެ ފަދަ އަޚުލާގީ މައްސަލަތަކުގެ ޙަޤީގަތް ހާމަވާނެ ކަމަށް އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

އަލީ ވަހީދުގެ އަޚުލާގީ މައްސަލަތަކެއްގެ ޝަކުވާ ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކެއްގެ ފަރާތުން ރައީސް އިބްރާހިމް މުޙައްމަދު ސޯލިހުއަށް ހުށަހެޅުމުން، އަލީ ވަހީދު ވަނީ މަގާމުން ވަކިކުރައްވާފައެވެ.

މަޤާމުމުން ވަކި ކުރެއްވުމުގެ ކުރިން އަމިއްލައަށް އިސްތިއުފާ ދެއްވުމުގެ ފުރުސަތު ރައީސް ސޯލިހުވަނީ އަލީ ވަހީދަށް ދެއްވާފައެވެ.

އަލީ ވަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގައުމަށް ކޮށްދެވުނު ޚިދުމަތްތަކާ މެދު ފަޚުރުވެރިވާ ކަމަށާއި އިހްލާސްތެރިކަމާ އެކު ގައުމާއި ރައްޔިތުންނަށް ޚިދުމަތްކޮށް ދެއްވުނީތީ ފަޚުރުވެރިވެ ވަޑައިގަންނަވާ ކަމަށެވެ.

ވަގުތު ޖެހުމުން ހަގީގަތް ހާމަވާނެ ކަމަށް ވިދާޅުވެ، ކުރެއްވި ޓްވީޓުގައި ”މިދުވަސް ވެސް ހިނގައިދާނެ“ ކަމަށް ލިޔެފައިވާ ފޮޓޯއެއްވެސް އަލީ ވަހީދު ވަނީ ހިއްސާކުރައްވާފައެވެ.

ޑީއާރުޕީން އެމްޑީޕީއާއި ގުޅިވަޑައިގެން އެ ޕާޓީގެ ޗެއާޕާސަންކަން ކުރިން ކުރެއްވި އަދި ފަހުން ޖުމްހޫރީ ޕާޓީގެ ރައީސްގެ ގޮތުގައި ހުންނަވާ އެޕާޓީގެ ސްލޮޓެއްގައި ވަޒީރު ކަމުގައި ހުންނެވި އަލީ ވަހީދު އެމަޤާމުން ވަކިކުރެއްވީ ބުރާސްފަތި ދުވަހުއެވެ.

އަލީ ވަހީދު މަޤާމުން ވަކިކުރައްވާފައިވާއިރު، ޓޫރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ ޓޫރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ބުދަ ދުވަހުގެ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

އަޚުލާގީ މައްސަލަތަކެއްގެ ތުހުމަތު ކުރެވޭތީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މަޤާމުން ވަކިކުރެއްވުމާއި ގުޅިގެން ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރައީސްގެ މަގާމުން އޭނާ ވަކިކުރަން އެ ޕާޓީގެ ކައުންސިލަށް ބުރާސްފަތި ދުވަހުވަނީ ހުށަހަޅާފައެވެ. ނަމަވެސް ނަމަވެސް އަދި އެ މައްސަލަ އެޖެންޑާ ކޮށްފައިވާކަމެއް އެނގިފައެއްނުވެއެވެ.

އެމްޑީޕީގެ ކުރީގެ ޗެއާޕާސަންކަން ކުރެއްވި އަލީ ވަހީދު، ޖޭޕީގެ ރައީސްއަކަށް އައްޔަން އިންތިޚާބު ކުރެއްވީ 23 ޖޫން 2018 ގަ އެވެ.

މީގެ އިތުރުން ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްގެ ހަގު އަނބިކަނބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އަށް ޖިންސީ ފުރައްސާރަކުރި މައްސަލައެއްވެސް ވަނީ ރައީސަށް ހުށަހަޅާފައެވެ. ނަމަވެސް އެކަމުގައި ސަރުކާރުންވެސް އަދި ޖޭޕީންވެސް އަލީ ވަހީދާމެދު ފިޔަވަޅެއް އަޅާފައެއްނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: