ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް-19: 33 ދިވެހިންނާއެކު، ޖުމްލަ ޢަދަދު 2،553 އަށް

ފޮޓޯ:ވަން އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއިން ކޮވިޑް-19 އަށް އިތުރު 36 ޕޮޒިޓިވް ކޭސް ފެންމަތިވެ ޖުމްލަ ޢަދަދު 2553 އަށް އިތުރުވެއްޖެއެވެ.

އެޗްއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންނާއި މަޢުލޫމާތު ހިއްސާކުރައްވަމުން، އެޗްއީއޯސީގެ ސްޕޯކްސްޕަރސަން ޑރ.ނަޒްލާ ރަފީޤު ވިދާޅުވީ، ބުދަދުވަހުގެ ހަވީރު 18:00 އިން ފެށިގެން، ބުރާސްފަތިދުވަހުގެ ހަވީރު 18:00 އާއި ހަމައަށް އިތުރު 36 މީހަކު ޕޮޒިޓިވްވެފައިވާކަމަށެވެ. ޕޮޒިޓިވްވި މީހުންގެތެރޭގައި ހިމެނެނީ، 33 ދިވްހިންގެ އިތުރުން ބަންގްލަދޭޝްގެ މީހުންކަމަށާއި، އިންޑިއާ މީހެއްކަމަށް ވެސް ޑރ.ނަޒްލާ ވަނީ ވިދާޅުވެފައެވެ.

ރާއްޖެއިން ކޮވިޑް-19 ފެނުނުފަހުން ޖުމްލަ 59،530 ސާމްޕަލް ޓެސްޓުކުރެވިފައިވާއިރު، އޭގެތެރެއިން މިހާތަނަށް 2،553 ސާމްޕަލް ޕޮޒިޓިވްވެފައިވާކަމަށާއި، 458 ސާމްޕަލް ޕެންޑިންގައިވާކަމަށް ވެސް ޑރ.ނަޒްލާ ވިދާޅުވިއެވެ. މި ގޮތުން މިހާތަނަށް ފެނުނު 2،553 ކޮންފަރމް ކޭސްގެތެރެއިން 941 މީހުންނަކީ ދިވެހިންކަމަށާއި، ބާކީތިބި 1612 މީހުންނަކީ ބިދޭސީންކަމަށް ޑރ،ނަޒްލާ ވިދާޅުވިއެވެ.

މީގެ އިތުރުން ކޮވިޑަށް ފަރުވާ ހޯދަމުންއައި މީހުންގެތެރެއިން އިތުރު 47 މީހަކު ރަނގަޅުވެފައިވާކަމަށާއި، މިހާތަނަށް ޖުމްލަ 2227 މީހުން ރަނަގޅުވެފައިވާކަމަށް ޑރ.ނަޒްލާ ވަނީ ވިދާޅުވެފައެވެ. އަދި ފަރުވާ ހޯދަމުން އަންނަ މީހުންގެތެރެއިން، ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އެޑްމިޓްކޮށްގެން 11 މީހަކަށް ފަރުވާދެމުން އަންނަކަމަށާއި، އައިޖީއެމްއެޗުގެ ޑީއެޗް 11 ގައި އެކަކަށް ފަރުވާދެމުން އަންނަކަމަށް ވެސް ޑރ.ނަޒްލާވަނީ ވިދާޅުވެފައެވެ.

”ރޭގެ ހަޔަކުން މިރޭގެ ހަޔަކަށް ބަލާއިރު ޕޮޒިޓިވް ކޭސްގެ ޢަދަދަކީ 36 .އޭގެތެރޭގަ 33 ދިވެހިން، ބަންގްލަދޭޝްގެ ދެ މީހުން. އަދި އިންޑިއާގެ އެއް ރައްޔިތެއް ހިމެނޭ. މިހާތަނަށް މިއަދުގެ 5 ޖަހާއިރަށް ފަހެއްޖެހުމާހަމައަށް ޓެސްޓުކުރެވިފަ ހުރި ސާމްޕަލްގެ ޢަދަދަކީ، 59،530. މީގެތެރޭން މިހާތަނަށް 2553 ސާމްޕަލް ޕޮޒިޓިވްވެފަ. ޕެންޑިންގަ މިވަގުތުހުރީ 458 ސާމްޕަލް. އެހެންވީމަ މިހާތަނަށް ފެނުނު 2553 ކޮންފަރމް ކޭސްގެތެރޭގަ ހިމެނެނީ 941 ދިވެހިންނާއި، 1612 ބޭރު މީހުން. ރިކަވަރޑް ކޭސްގެ ޢަދަދަކީ، 2227. އެކްޓިވް ކޭސްގެ ޢަދަދަކީ، 306. ރިކަވަރީސް އަށް ބަލަލާއިރުގަ، ވޭތުވެދިޔަ 24 ގަޑިއިރިތެރޭގަ 47 ފަރާތެް އިތުރަށް ރިކަވަރވެފަވޭ. މި ވަގުތު ހޮސްޕިޓަލުގަ ތިބި މީހުންގެ ޢަަދަދަށް ބަލާލާއިރުގަ ހުޅުމާލޭ މެޑިކަލް ފެސިލީޓީގަ 11 ފަރާތެއް. އަދި އައިޖީއެމްއެޗުގެ ޑީއެޗް 11 ގަ އެއްފަރާތެއް އެޑްމިޓްކުރެވިފަވޭ.“ ޑރ.ނަޒްލާ

ޑރ.ނަޒްލާ ވިދާޅުވީ، އައިސޮލޭޝަންގައި މި ވަގުތު 283 ފަރާތެއް އެބަތިބިކަމަށެވެ. އަދި ކަރަންޓީނު ފެސިލިޓީތަކުގައި ޖުމްލަ 97 މީހުން ތިބިއިރު، 22 މީހުން ރިލީޒްކޮށްފައިވާކަމަށެވެ. ހަމައެއާއެކު ފްލޫ ކްލިނިކްތަކުން 136 ކޮންސަލްޓޭޝަން ހަދާ، 72 ސާމްޕަލް ނެގިފައިވާކަމަށް ވެސް ޑރ.ނަޒްލާވަނީ ވިދާޅުވެފައެވެ.

ރާއްޖެއިން މިހާތަނަށް ޖުމްލަ 2،553 މީހުން ޕޮޒިޓިވްވެފައިވާއިރު، މިހާތަނަށް 13 މީހަކު ވަނީ ނިޔާވެފައެވެ. އޭގެތެރޭގައި ހިމެނެނީ 7 ދިވެހިންގެ އިތުރުން، ބަންގްލަދޭޝްގެ 04 މީހުންނާއި، ޕިލިޕީންސް މީހެއްކަމަށް އެޗްޕީއޭއިން ވަނީ ހާމަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: