ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖޭޕީގެ ރައީސްގެ މަގާމުން އިސްތިއުފާ ދިނުމަށް ގާސިމް އަލީ ވަހީދުއަށް އަންގައިފި

ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް އަދި ޓްރާސްޕޯޓް މިނިސްޓަރ އައިޝާ އަދި އަރިހުގައި އަލީ ވަހީދު: ފޮޓޯ ަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޖުމްހޫރީ ޕާޓީގެ ރައީސްގެ މަގާމުގައި ހުންނެވި ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު އެ މަގާމުން އިސްތިއުފާ ދެއްވުމަށް ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަންގަވައިފިއެވެ. 

އަޚްލާގީ މައްސަލަތަކާ ގުޅިގެން އަލީ ވަހީދު މިނިސްޓަރު ކަމުން އިސްތިއުފާ ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އެންގެވިއެވެ. ނަމަވެސް އަލީ ވަހީދު މަގާމުން އިސްތިއުފާ ނުދެއްވުމުން ރައީސް ސޯލިހު ވަނީ އޭނާ އެ މަގާމުން ވަކިކުރައްވާފައެވެ.

”ސަންގު“ އަށް މައުލޫމާތު ދެއްވަމުން ޖޭޕީގެ އޮފިޝަލަކު ވިދާޅުވީ އަލީ ވަހީދު ޖޭޕީގެ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވުމަށް އެންގެވީ ސީދާ ގާސިމް އިބްރާހިމް ކަމަށެވެ. ނަމަވެސް އަލީ ވަހީދު ޖޭޕީގެ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވާފައިވާކަން ނުވަތަ ނޫންކަން އޮފިޝަލް ވިދާޅެއް ނުވެއެވެ. 

ރައީސުލްޖުމްހޫރީއްޔާގެ ތަރުޖަމާން އިބްރާހިމް ހޫދު ކުރެއްވި ޓުވިޓެއްގައި ވިދާޅުވެފައި ވަނީ  މަސައްކަތުގެ މާޙައުލުގައި ހިނގައިގެން ނުވާނެފަދަ އަޚްލާގީ މައްސަލަތަކެއް ޓުއަރިޒަމް މިނިސްޓްރީގައި ހިނގާފައި ވާކަމުގެ ޝަކުވާ އެމިނިސްޓްރީގެ މުވައްޒަފުންތަކެއް ރައީސުލްޖުމްހޫރިއްޔާ އަށާއި ޖެންޑަރ މިނިސްޓްރީ އަށް ހުހަޅާފައިވާ ކަމަށެވެ. 

މީގެއިތުރުން ފުލުހުން ބުނެފައި ވަނީ އަލީ ވަހީދުގެ މައްޗަށް ތުހުމަތު ކުރެވޭ ޖިންސީ ގޯނާގެ މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ފުލުހުން ވެސް އަދި ސަރުކާރުން ދީފައެއް ނުވެއެވެ. 

ޖިންސީގގޯނާގެ ތުހުމަތުގައި އަލީ ވަހީދު ވަޒީރު ކަމުން ވަކިކޮށް ޖޭޕީގެ ރައީސްގެ މަގާމުން އިސްތިއުފާ ދިނުމަށް އަންގަވާފައިވާއިރު  މި ސަރުކާރުގެ ބައެއް އަންހެން ވަޒީރުންނަށް ނިސްބަތްކޮށް ހުތުރު ވާހަކަތަކެއް ދެއްކި އޯޑިއޯތަކެއްވެސް ވަނީ ލީކްކޮށްފައެވެ. އެ އޯޑިއޯތަކުގައި އަލީ ވަހީދު ނިސްބަތްވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއާއި ގުޅޭގޮތުން ވަރަށް ބޭއަދަބީ ވާހަކަތައް ވަނީ ދައްކާފައެވެ. އަދި މި ސަރުކާރުގެ ބައެއް މިނިސްޓަރުންނަށް ވަރަށް ބޮޑަށް ފުރައްސާރަކޮށްވެސް ވާހަކަދައްކާފައިވެއެވެ.

އެކަމާއި ގުޅިގެންވެސް އަލީ ވަހީދު މަގާމުން ދުރުކުރުމަށް ގިނަ ބަޔަކު ރައީސް ސޯލިހަށް ވަނީ ގޮވާލާފައެވެ. އެ އޯޑިއޯގެ މައްސަލަ ބެލުމަށް ނަހުލާ ވަނީ ރައީސް ސޯލިހަށް ދަންނަވާފައެވެ. އަދި އެ މައްސަލަ ބައްލަވާނެ ކަމުގެ ޔަގީންކަންވެސް ރައީސް ދެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: