ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާ ކަނޑުގައި އުފެދިފައިވާ ދިގު ބާނިތައް ރާއްޖެއާއި ހަމައަށް ފޯރައި، ރާޅުއަރާނެކަމަށް މެޓް އޮފީހުން ލަފާކޮށްފި

ފޮޓޯ؛ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަށް އޮތް 03 ދުވަހު މެދު ރާއްޖެތެރެއާއި، ދެކުނުގެ ބައެއް ރަށްތަކަށް ރާޅު އެރުމުގެ ފުރުސަތު ބޮޑުކަމަށް މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސަރވިސްއިން ބުނެފިއެވެ.

މެޓް އޮފީހުން މިއަދު ބުނީ، ރާއްޖެއާއި ދުރުން އިންޑިއާ ކަނޑުގައި އުފެދިފައިވާ ދިގު ބާނިތައް ރާއްޖެއާއި ހަމައަށް ފޯރާނެކަމަށް ލަފާކުރެވޭ ކަމަށާއި މި ގޮތުން ކުރިއަށް އޮތް 03 ދުވަހު މެދު ރާއްޖެތެރެއާއި، ދެކުނުގެ ބައެއް ރަށްތަކަށް ރާޅު އެރުމުގެ ފުރުސަތު ބޮޑުކަމަށެވެ. މި ކަމުގެ ސަބަބުން ޚާއްސަކޮށް ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި، މި ކަމުގެ އަސަރު ބޮޑުވެގެންދާނެކަމަށް ބެލެވޭކަމަށް ވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ.

މި ގޮތުން މެޓް އޮފީހުން ވަނީ، އެންމެހައި ފަރާތްތަކުން މި ކަމަށް ސަމާލުވުމަށް ގޮވާލައި، ގޮނޑުދޮށާއި ކައިރި ހިސާބުތަކުގައި ދިރިއުޅޭ ފަރާތްތައް މޫދަށްއެރި އުޅުމުގައި ވެސް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެދިފައެވެ. މީގެ އިތުރުން ފަޅޫތެރޭގައި އަޅާފައި ހުންނަ އުޅަނދުފަހަރަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ވެސް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.

https://twitter.com/ifuham2/status/1281467827531079682?s=20

މިއަދުގެ މެންދުރުފަހު 14:30 އިން ފެށިގެން މިރޭގެ 20:30 އަށް ކ.އަތޮޅުން އައްޑޫ ސިޓީއަށް ހުދު ސަމާލު ނެރެފައިވާއިރު، މިއަދު ފަތިހުވަނީ އައްޑޫ ސިޓީ މަރަދޫގެ ތިން ސަރަހައްދަކަށް އުދަ އަރާފައެވެ. މި ގޮތުން މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ، މަރަދުއަށް އުދައަރަން ފަށާފައިވާކަމަށް ވިދާޅުވެ، މުޢައްސަސާތަކުން މިކަމަށް ސަމާލުވާންޖެހޭކަމަށް ވެސް ގޮވާލައްވާފައެވެ.

https://twitter.com/AdduShareef/status/1281477030484119557?s=20

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: