ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަރަންޓީނު ފެސިލިޓީގައި ބައިތިއްބާފައިވާ 08 ބިދޭސީއަކު ފިލާފައިވާތީ ފުލުހުން ހޯދަނީ

ފޮޓޯ: ޕޮލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އެާއި ގުޅިގެން ކަރަންޓީނު ފެސިލިޓީތަކުގައި ތިބި ބިދޭސީންގެތެރެއިން ފިލައިގެން އުޅޭ 08 ބިދޭސީއަކު ފުލުހުން ހޯދަންފަށައިފިއެވެ.

ފުލުހުން މިއަދު ބުނީ، ލޮކްޑައުންއާއި ގުޅިގެން އެކިއެކި ކަރަންޓީޏު ފެސިލިޓީތަކުގައި ބައިތިއްބާފައިވާ 08 ބިދޭސީއަކު ފިލާފަައިވާކަމަށެވެ. މި ގޮތުން އެ 08 ބިދޭސީން ކަރންޓީނު ފެސިލިޓީތަކުން ފިލާފައިވާތީއާއި، ޤަވާއިދާއި ޚިލާފަށް އުޅޭތީ، އަނބުރާ ޤައުމަށް ފޮނުވާ މަސައްކަތް ކުރަމުންދަނިކޮށް ފިލާފައިވާތީ، އިކޮނޮމިކް މިނިސްޓްރީން އެ މައްސަލަ ހުށަހެޅުމުން މިހާރު އެ މީހުން ހޯދުމުގެ މަސައްކަތް ފަށާފައިވާކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

ފުލުހުން ހާމަކުރި ގޮތުގައި ކަރަންޓީނު ފެސިލިޓީތަކުން ފިލާފައިވަނީ ބަންގްލަދޭޝްގެ 08 މީހެކެވެ. މި ގޮތުން ފުލުހުން ވަނީ އެ މީހުންގެ ފޮޓޯއާއި ނަން ވެސް ހާމަކޮށްފައެވެ.

ފުލުހުން ހާމަކުރިގޮތުގައި ހޯދަމުން އަންނަ މީހުންނަކީ:

1. މުޙައްމަދު ސިރާޖު މިއާ،  ޓަންގައިލް، ބަނގްލަދޭޝް (ޕާސްޕޯޓް ނަންބަރު: BJ0132260)،
2.އަލާމީން،  ބަރަހަމަންބަރިއާ، ބަނގްލަދޭޝް (ޕާސްޕޯޓް ނަންބަރު: BK0321483)،
3.އެމް.ޑީ ސައިފުލް،  ބަރަހަމަންބަރިއާ، ބަނގްލަދޭޝް (ޕާސްޕޯޓް ނަންބަރު: BA0787835)،
4.މުޙައްމަދު ފަޒުލުލް ހައްޤު،  ކޮމިއްލާ، ބަނގްލަދޭޝް (ޕާސްޕޯޓް ނަންބަރު: BE0592060)،
5.މުޙައްމަދު މުނީރު ހުސައިން،  ޗަންދުޕޫރު، ބަނގްލަދެޝް (ޕާސްޕޯޓް ނަންބަރު: BF0429254)،
6.މުޙައްމަދު ގައްފާރު ބޭޕަރީ،  ބަރަހަމަންބަރިއާ، ބަނގްލަދޭޝް (ޕާސްޕޯޓް ނަންބަރު: AE1683822)،
7.މުޙައްމަދު ޕަރުވޭޒް،  ޓަންގައިލް، ބަންގްލަދޭޝް (ޕާސްޕޯޓް ނަންބަރު: BB0126779)،
8.ބިލާލް ހާން، ގާޒީޕޫރު،  ބަނގްލަދޭޝް. (ޕާސްޕޯޓް ނަންބަރު: B0279141)، އެވެ.

ފުލުހުން ވަނީ މި މީހުންނާ ބެހޭ އެއްވެސް މަޢޫލޫމާތެއް ލިބިފައިވާނަމަ، އެ ކަން ފުލުހުންގެ އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަންބަރު 9631696 މެދުވެރިކޮށް، ލިބިފައިވާ މަޢުލޫމާތެއް ހިއެްސާކުރުމަށް ވެސް އެދިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: