ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”މަސްޖިދު ޢަލީ ޙުސައިން“ މިސްކިތް ހުޅުވައިފި

"މަސްޖިދު ޢަލީ ޙުސައިން" ހުޅުވުމުގެތެރެއިން. ފޮޓޯ: އިސްލާމިކް މިނިސްޓްރީ، ޓްވިޓަރ
ޝެއާރކޮށްލާ ކަހަލަދޯ؟

މާވެޔޮ މިސްކިތް ހުރި ތަނުގައި، ”މަސްޖިދު ޢަލީ ޙުސައިން“ ގެ ނަމުގައި އަލުން މިސްކިތެއް ބިނާކޮށް އެ މިސްކިތް މިއަދު ހުޅުވައިފިއެވެ. ”މަސްޖިދުއް ބަޙާއުއްދީން“ ނުވަތަ މާވެޔޮ މިސްކިތް ހުރިތަނުގައި އަލުން މިސްކިތެއް ބިނާކުރުމުގެ މަސައްކަތް ފަށާފައިވަނީ، 2016 ވަނަ އަހަރުގެތެރޭގައެވެ. 

1800މީހުންނަށް ޖަމާޢަތުގައި ނަމާދުކުރެވޭ މަސްޖިދު ޢަލީ ޙުސައިން ހުޅުއްވައިދެއްވީ، މިއަދު ޢަޞްރުނަމާދުގެ ކުރިން ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޑރ.އަޙްމަދު ޒާހިރު ޢަލީއެވެ.

ހަތް ފަންގިފިލާ ހިމެނޭ މި މިސްކިތުގައި ވަނީ ދެ ޖިންސުގެ މީހުންނަށް ނަމާދުކުރެވޭ ގޮތަށް ކަންކަން އިންތިޒާމުކޮށްފައެވެ. މީގެ އިތުރުން، ކީރިތި ޤުރުއާން ކިޔަވައިދިނުމަށާއި، ދަރުސް ދިނުމަށާއި، އިސްލާމީ ތަޢުލީމު އުންގަންނައިދިނުމަށްޓަކައި ކިލާސްތައް ހިންގޭނެ އިންތިޒާމު ހަމަޖެހިފައިވާ މި މިސްކިތުގައި، މިސްކިތުގެ އިމާމަށް ޚާއްސަކުރެވިފައިވާ ކޮޓަރިއަކާއި، މިސްކިތް ސާފުކޮށް ބަލަހައްޓާ މީހުންނަށް ޚާއްސަކުރެވިފައިވާ ޖާގައެއް މިސްކިތުގައި ހިމެނެއެވެ. އަދި ސީސީޓީވީ ކެމެރާގެ ވަސީލަތް ޤާއިމުކޮށްފައިވާ މި މިސްކިތުގެ ފާޚާނާތަކާއި ވުޟޫކުރާތަންތަން ވަނީ ދެ ޖިންސަށް ވަކިވަކިން އެ ތަންތަން ބޭނުންކުރެވޭނެފަދަ ގޮތަކަށް ފަރުމާކޮށްފައެވެ.ހަމައެއާއެކު މުޅި މިސްކިތް އޭސީކޮށްފައިވާއިރު، 10 މީހުންނަށް އަރައިފޭބޭނެ ފަދަ ލިފްޓެއް ވެސް އެމިސްކިތުގައި ވަނީ ބަހައްޓާފައެވެ.

https://twitter.com/MVIaffairs/status/1281574858850091008?s=20

ފޮޓޯ: މުޙައްމަދު ޝާތިރު، ޓްވިޓަރ

ވިޔަފާރިވެރިޔާ އަދި މަސީގެ ރައީސް މުޙައްމަދު ޢަލީ ޖަނާޙުގެ ބައްޕަ ޢަލީ ޙުސައިންގެ ހަނދާނުގައި، ޖަނާޙުގެ ދީލަތި އެހީތެރިކަމާއެކު، ބިނާކޮށްފައިވާ މި މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ.އަޙްމަދު ޒާހިރު ވަނީ، އިތުރު މިސްކިތެއް ބިނާކުރުމުގެ މާތްކަމުގެ މައްޗަށް އަލިއަޅުއްވައިލައްވާ ވާހަކަދައްކަވާފައެވެ. މިއަދު ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި، ދަޢުލަތަށް ދިގު މުއްދަތެއް ވަންދެން ޚިދުމަތްކުރައްވާފައިވާ، މަރުޙޫމް ޢަލީ ޙުސައިންގެ އެންމެ ގާތް ރަޙްމަތްތެރިޔާކަމަށްވާ ނިޝާން ޢިއްޒުއްޒީނުގެ ޢިއްޒަތުގެ ވެރިޔާ އަލްފާޟިލް ޢުމަރު ޒާހިރު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: