ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް-19: އިތުރު 64 މީހުން ޕޮޒިޓިވްވެ ޖުމްލަ ޢަދަދު 2617 އަށް އިތުރުވެއްޖެ

ފޮޓޯ: ދަޕްރެޝް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އަށް އިތުރު 64 މީހުން ޕޮޒިޓިވްވެ، ޖުމްލަ ޢަދަދު 2617 އަށް އިތުރުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން މިރޭ ކުރި ޓްވީޓެއްގައިވަނީ އެ ކަން ކަށަވަރުކޮށްދެއްވާފައެވެ.

އެޗްޕީއޭއިން ބުނީ، ބުރާސްފަތި ދުވަހުގެ ހަވީރު 18:00 އިން ފެށިގެން ހުކުރުދުވަހުގެ 18:00 އާއި ހަމައަށް ކޮވިޑް-19 އަށް އިތުރު  މީހަކު ޕޮޒިޓިވްވެފައިވާކަމަށެވެ. މި ގޮތުން ޕޮޒިޓިވްވެފައިވަނީ، 44 ދިވެހިންގެ އިތުރުން، ބަންގްލަދޭޝްގެ 17 މީހުންކަމަށާއި، އިންޑިއާ 02 މީހެއްގެ އިތުރުން ނޭޕާލްގެ މީހެއްކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.

މީގެ އިތުރުން ފަރުވާ ހޯދަމުންއައި މީހުންގެތެރެއިން މިހާތަނަށް  ޖުމްލަ 2238 މީހަކު ރަނގަޅުވެފައިވާކަމަށާއި، މިހާރު ފަރުވާދެމުން އަންނަނީ 361 މީހަކަށްކަމަށް ވެސް އެޗްޕީއޭއިން ވަނީ ރިޕޯޓުކޮށްފައެވެ.

މީގެ އިތުރުން ކަރަންޓީނު ފެސިލިޓީތަކުގައި 97 މީހުން އެބަތިބިކަމަށާއި، އައިސޮލޭޝަން ފެސިލިޓީތަކުގައި 300 މީހުން އެބަތިބިކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ. ކޮވިޑް-19 އަށް ރާއްޖެއިން މިހާތަނަށް ޖުމްލަ 2617 މީހަކު ޕޮޒިޓިވްވެފައިވާއިރު، އޭގެތެރެއިން 13 މީހަކު ވަނީ ނިޔާވެފައެވެ. އޭގެތެރޭގައި ހިމެނެނީ 08 ދިވެހިންގެ އިތުރުން، ބަންގްލަދޭޝްގެ މީހަކާއި، ޕިލިޕީންސްގެ މީހެއްކަމަށް އެޗްޕީއޭއިން ވަނީ ހާމަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: