ދިރާގުގެ ދިރާގު ޓީވީއަށް އިންޑިޔާގެ ”ސްޓާ“ ޗެނަލްތައް ތައާރަފުކޮށްފި އެވެ.
ދިރާގުން އިއްޔެ ބުނީ، ދިވެހިންގެ ތެރޭގައިވެސް މަަގުބޫލު ސްޓާ ޗެނަލްތައް މިހާރު އެމީހުންގެ ދިރާގު ޓީވީ އިން ފެންނާނެ ކަމަށެވެ. އޭގެ ތެރޭގައި ސްޓާ ޕްލަސް، ސްޓާ ގޯލްޑް، ސްޓާ ބާރަތު، ސްޓާ ޖަލްޝާ، ސްޓާ ވިޖޭ އަދި އޭޝިއާނެޓް ހިމެނެ އެވެ.
އަދި ކޮވިޑް-19 އާ ގުޅިގެން މެދުކަނޑާލި ސްޓާ ޕްލަސް އަދި ސްޓާ ބާރަތުގެ ޑްރާމަ ސިލްސިލާތައް މި އަންނަ ހަފުތާގެ ހޯމަ ދުވަހުން ފެށިގެން އަލުން ފަށާއިރު ދިރާގު ޓިވީ ބޭނުން ކުރާ މީހުންނަށް މިއީ އުފާވެރި ހަބަރަކަށް ވާނެ ކަމަށް އެ ކުންފުނިން ދެކޭ ކަމަށެވެ.
ދިރާގުގެ ޗީފް މާކެޓިން އޮފިސަރު ވިދާޅުވީ ސްޓާގެ ޗެނަލްތަކަކީ ދިވެހިންގެ މެދުގައި ވަރަށް މަގުބޫލު ޗެނަލްތަކަކަށްވެފައި، ސްޓާ ނެޓްވޯކް ފަދަ ބޮޑު ޗެނަލަކާ ގުޅުމުން ދިރާގުޓީވީގެ ކޮންޓެންޓް އިތުރަށް މުއްސަނދިވެ ތަރައްގީ ވާނެކަމަށް ގަބޫލުކުރެވޭ ކަމަށެވެ.
ދިރާގު ޓީވީ ގައި 100 އަށް ވުރެ ގިނަ ޗެނަލް ހިމެނޭ އިރު މިއީ ރާއްޖޭގައި ދެވޭ ފުރަތަމަ އައިޕީޓީވީގެ ހިދުމަތެވެ. ރާއްޖޭގެ s ގޭބިސީއަކަށް މިހާރު ޓީވީ އިން ހިދުމަތް ދޭ އިރު އޭގެ ތެރޭގައި 53 ރަށް ހިމެނެ އެވެ

