ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއް މަހުގެ ތަމްރީނަކަށްފަހު ވަކީލުކަމުގެ ހުއްދަ ދިނުމަށް ކޮމިޓީއިން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ޖުޑިޝަރީ ކޮމިޓީ
ޝެއާރކޮށްލާ ކަހަލަދޯ؟

ވަކީލުކަމުގެ ފުރަތަމަ ޑިގްރީއަށް ކިޔަވާ ނިންމުމަށްފަހު އެއް މަހުގެ ތަމްރީނެއް ފުރިހަމަ ކުރުމުން ވަކީލުކަމުގެ ހުއްދަ ދެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ޖުޑިޝަރީ ކޮމިޓީއިން ފާސްކޮށްފިއެވެ.

ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ބިލު ތަސްދީދުކޮށްފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ 27 ވަނަ ދުވަހުއެވެ. އަދި ގާނޫނުގައި ބަޔާންކޮށްފައިވާ ބާ ކައުންސިލް އުފައްދާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 17 ވަނަ ދުވަހުއެވެ.

މިގާނޫނަށް އިސްލާހުތައް ގެނައުމަށް ކޮމިޓީއިން ފާސްކޮށްފައިވާއިރު ގާނޫނީ ފަންނުގެ ބިލުގެ ސަބަބުން ވަކީލުކަން ކިޔަވާ ދަރިވަރުންނަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާކަމަށް ބުނެ އެކަމުގެ ކަންބޮޑުވުންތައް ދަރިވަރުން ވަނީ މީގެ ކުރިންވެސް އެކިފަހަރުމަތިން ފާޅުކޮށްފައެވެ.

ކޮމިޓީއިން ފާސްކޮށްފައިވާ އިސްލާހުތަކުގެ ތެރޭގައި ، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ޤަބޫލުކުރާ މަތީ ތައުލީމުދޭ މަރުކަޒަކުން ޤާނޫނީ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވާ ދަރިވަރުންގެ ތެރެއިން ވބަކީލުކަމުގެ ހުވާ ނުކޮށްތިބި ދަރިވަރުންނަށް ޚާއްސަކޮށްގެން އެއް މަސް ދުވަހުގެ ތަމްރީން ޕްރޮގްރާމެއް ބާ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށްގެންދަންވާނެކަމަށް ވަނި ފާސްކޮށްފައެވެ.

އަދި މިއިސްލާހަށް އަމަލުކުރަން ފަށާތާ ހަތް ދުވަސްތެރޭ އަދި މިތަމްރީން ޕްރޮގްރާމްގައި ހިމެނޭ ވަކި ވަކި ބައިތަކާއި، ފެންވަރު ވަޒަންކުރާނެ ގޮތް ގެޒެޓް ކުރަންޖެހޭނެ ކަމަށާއި ގެޒެޓް ކުރާތާ ހަތް ދުވަސްތެރޭ، ތަމްރީން ޕްރޮގްރާމް ފަށަންވާނެ ކަމަށެވެ. އަދި މިތަމްރީން ޕްރޮގްރާމް ފުރިހަމަކުރާތާ 21 ދުވަސްތެރޭ ގާނޫނީ ވަކީލުން ހުވާނ ކުރުމުގެ އިންތިޒާމް ބާ ކައުންސިލުން ހަމަޖައްސަންވާނެ ކަމަށެވެ. އަދި ބާ ކައުންސިލުން އެންމެ އަވަހަށް ބާއްވާ ބާ އިމްތިހާނެއްގައި ބައިވެރިވާންވާނެ ކަމަށް ކޮމިޓީއިން ފާސްކުރި އިސްލާހުގައިވެއެވެ.

ބާ ކައުންސިލަށް މަތިކުރެިވފައިވާ ޒިންމާތަކުގެ ތެރޭގައި ގާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ދީ، ގާނޫނީ ވަކީލުންގެ މަސައްކަތްތަކާ ގުޅޭ އެންމެހައި ފަންނީ ކަންކަން ރެގިއުލޭޓުކޮށް، ގާނޫނީ ހިދުމަތުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން އަމަލުކުރަންޖެހޭނެ ގަވާއިދުތަކާއި އުސޫލުތައް އެކަށައެޅުމާއި، އެ ފަރާތްތައް ތަމްރީނުކުރުން ހިމެނެއެވެ. މިގާނޫނުގެ ދަށުން، ވަކީލުކަމުގެ ހުއްދަ ދޫކުރުމުގެ ކުރިން، ގާނޫނީ ޚިދުމަތްދޭ ތަނެއްގައި އެއް އަހަރު ދުވަހުގެ ތަމްރީނެއް ފުރިހަމަކޮށް، ބާ ކައުންސިލްގެ ބާ އިމްތިހާން ފުރިހަމަކުރަން ޖެހެއެވެ.

އެހެންނަމަވެސް، ގާނޫނު ތަންފީޒް ކުރަން ފެށިއިރު އަދި ބާ ކައުންސިލް އުފެދިގެން އަހަރެއްވުމާއި ގާތްވެފައިވާއިރުވެސް ބާ ކައުންސިލް އިމްތިހާން ރާއްޖެއިން ހެދޭނެ ގޮތެއް ނެތެވެ. ބާ ކައުންސިލުން މީގެ ކުރިން ވަނީ ބާ އިމްތިހާނަކީ އެތައް މަރުހަލާއަކަށްފަހު ތައްޔާރު ކުރާ އެއްޗެއް ކަމަށާއި ބޭރުގެ ބޮޑެތި ގައުމުތަކުގައިވެސް މިއިމްތިހާން ތައްޔާރުކުރުމަށް ގާތްގަނޑަކަށް ދެ އަހަރު ދުވަސް ނަގާ ކަމަށެވެ. އަދި ގާނޫނުގައި ބަޔާންކޮށްފައިވާ ޝަރުތުތަކާއެކު އެއް އަހަރު ދުވަހުގެ ތަމްރީން ފުރިހަމަނުކުރެވޭނެ ކަމުގެ ޝަކުވާތައް އެކައުންސިލަށް ލިބެމުންދާ ކަމަށާއި އެހެންކަމުން، ޑިގްރީއަށް ކިޔަވާ ނިންމުމަށްފަހު ވަކީލުކަމުގެ ހުއްދަ ނުލިބުމުގެ ސަބަބުން އެތައް ދުވަސްތަކެއް ބޭކާރު ވަމުންދާކަމުގެ ޝަކުވާތައް ލިބެމުންދާ ކަމަށް އެކައުންސިލުން ވަނީ މީގެ ކުރިން ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: