ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުސާރައިގެ މައްސަލައިގައި، އައިލޭންޑް އެކްސްޕާޓްސް މުވައްޒަފުން މުޒާހަރާކޮށް ފުލުހުންނާއި ކުރިމަތިލަނީ!

މުސާރައިގެ މައްސަލައިގައި، އައިލޭންޑް އެކްސްޕާޓްސް މުވައްޒަފުން މުޒާހަރާކޮށް ފުލުހުންނާއި ކުރިމަތިލަނީ!
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގައި ފުލުހުންނާއި ސިފައިންގެ ފްލެޓުތައް ހަދަމުންދާ އައިލެންޑް އެކްސްޕާޓް ކުންފުނީގެ ބިދޭސީ މުވައްޒަފުންނަށް މުސާރަ ނުދޭތާ ހަތް މަސް ވެފައިވާ މައްސަލައިގައި އެތައް ސަތޭކަ ބިދޭސީންނެއް ނިކުމެ ފުލުހުންނާއި ކުރިމަތިލައިފިއެވެ.

މުސާރަ ނުދޭ މައްސަލައިގައި އައިލޭންޑް އެކްސްޕާޓު ކުންފުނީގެ މުވައްޒަފުން މި މަހުގެ 06 ވަނަ ދުވަހު ވެސް އިހުތިޖާޖަށް ނިކުތެވެ. ބިދޭސީން އެ ދުވަހުގެ މުޒާހަރާ ނިންމާލާފައިވަނީ، މުސާރަ ނުދޭނަމަ އަނެއްކާވެސް ނިކުންނާނެ ކަމަށް ބުނެފައެވެ. އަދި އެ ދުވަހުގެ މުޒާހަރާގައި 600 މީހުން ވެސް ބައިވެރިވާނެ ކަމަށް އެ މީހުން އޭރު ބުނެފައިވެއެވެ. މިއީ ހުޅުމާލޭގައި ސިފައިންނާއި، ފުލުހުންގެ ފްލެޓުތައް ހެދުމުގައި މަސައްކަތް ކުރަމުން އަންނަ ބިދޭސީންނެވެ.

https://twitter.com/MvCrisis/status/1282547533751783424

ބިދޭސީންގެ މުޒާހަރާ، ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރި ބިދޭސީންނަށް އަމާޒުކޮށް ގާއުކާފައިވާއިރު ފުލުހުންނަށް ވަނީ އެކިވަރުގެ އަނިޔާތައް ވެފައެވެ. އަދި ވެހިކަލްތަކަށް ވެސް ވަނީ ގެއްލުންތަކެއް ވެފައެވެ.

ބިދޭސީން ވަނީ ގިނަ ވަގުތުތަކެއް ވަންދެން ފުލުހުންނަށް އަމާޒުކޮށް ގާ އުކާފައެވެ. ފުލުހުންނާއި އެސްއޯގެ ބައިވެރިވުމާއި އެކު މުޒާހަރާ ކޮންޓްރޯލްކޮށް ބިދޭސީން ވަނީ ލޭބާރ ކުއާޓަރުގެ ތެރެއަށް ވައްދާފައެވެ. ނަމަވެސް ބިދޭސީން ދަނީ ހުއްޓާލާ އެ ތަނުގައި ތިބެ އަޑުގަދަ ކުރަމުންނެވެ.

https://twitter.com/ZFahmy1414/status/1282539226593021952

މުސާރައިގެ މައްސަލައިގައި މީގެ ކުރިން ބިދޭސިން ވަނީސަންގު އާއި އެ ބިދޭސީން ވަނީ ވާހަކަ ދައްކާފައެވެ. އަދި ބުނީ މުސާރަ ނުދޭތީ އެކަމާއި ވަރަށް ކަންބޮޑުވާކަމަށާއި، އާއިލާއަށް ފޮނުވާނެ އެއްޗެއް ވެސް ނެތް ކަމަށެވެ. ގައުމުގައި އެ މީހުންގެ މައިންބަފައިންނާއި، ދަރިން ތިބިއިރު އެ މީހުން ވެސް ތިބެން ޖެހެނީ ނުކައި ކަމަށް ބިދޭސީން ވަނީ ބުނެފައެވެ. މީ ވޭތުވެ ދިހަ ހަތް މަސް، އަށް މަސް ދުވަހުގެ ވެސް ހާލު ކަމަށާއި މުސާރަ ދިނުމަށް އެތައް ފަހަރަކު އެދިފައިވާނެ ކަމަށް ބިދޭސީން ބުންޏެވެ. މަހެއްގެ މައްޗަށް 400 ޑޮލަރު ދޭންޖެހޭއިރު ތަނުގައި ތިބި ގިނަ މީހުންނަކީ އަހަރު ދުވަސްވެފައިވާ މުވައްޒަފުން ކަމަށް ވެސް އެ މީހުން ބުންޏެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: