ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބިދޭސީންގެ މައްސަލަ: އެމްއެމްޕީއާރުސީގެ ޚިޔާނާތަށް ވުރެވެސް މުޑުދާރު!

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ މުޅި ތާރީހުގައިވެސް ބިދޭސީންގެ މައްސަލަ އަޅާ ކިޔޭނެވަރުގެ މުޑުދާރު އަމަލެއް ހިންގާފައިނުވާކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ކޮމިޓީއަކަށް މިނިސްޓަރ ހާޒިރުވެވަޑައިގެން ވަގުތަކީ، ބިދޭސީންގެ މައްސަލައާ ގުޅިގެން ކުއްލި މައްސަލައެއް ހުށައަޅައި އެކަމަށް ބަހުސް ކުރަމުން ދިޔަ ވަގުތެވެ.

އެވަގުތު ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން ގެންދެވި ކެނދިކޮޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ ވިދާޅުވީ، ދިވެހިރާއްޖޭގެ ބޯޑަރ ކޮންޓްރޯލްގެ އެކްސެސް ބިދޭސީއަކަށް ވޭތުވެދިތަ ފަސް އަހަރުގެ ތެރޭގައި ދީފައި އޮންނަކަމަށް ސައްހަ ފަރާތަކުން އެބޭފުޅާއަށް މައުލޫމާތު ދީފައިވާ ކަމަށެވެ. މިއަށްވުރެ ވަކިން ގައުމަށް ނުރައްކާވެދާނެ ކަމެއް އޮވެދާނެތޯ ސުވާލުކުރައްވައި މެމްބަރު އީސާ ވަނީ މިނިސްޓަރ ފައްޔާޒް އެވަގުތު މަޖިލީހުގައި އިންނެވީތީ އެއީ ތެދު މައުލޫމާތެއްތޯ ސާފުކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

މިކަމާއި ގުޅިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ މިނިސްޓަރ  ހާޒިރުވެވަޑައިގެން އިންނެވީ ކޮމިޓީއަކަށް ކަމަށާއި އެހެންކަމުން މިވަގުތު މިނިސްޓަރާއި ސުވާލުތައް އަމާޒުނުކުރެއްވުމަށް ވަނީ އެދިވަޑައިގެންފައެވެ. އެހެންނަމަވެސް، ފަހުން ރައީސް ނަޝީދު ވަނީ މިނިސްޓަރ ފައްޔާޒަށް ފުރުސަތު އަރުވާފައެވެ.

މެމްބަރު ކުރިމަތިކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ، ބޯޑަރ އެކްސެސް ކޮންޓްރޯލް ސިސްޓަމްގެ ކަންކަމަކީ ސީދާ އިކޮނޮމިކް މިނިސްޓްރީގެ މެންޑޭޓްގެ ތެރޭގައި ހިމެނޭ ކަމަކަށް ނުވުމުން އެވަގުތު އެއަށް ޖަވާބެއް ދޭން ނޭނގޭ ކަމަށެވެ.

މިނިސްޓަރ ފައްޔާޒް ވިދާޅުވީ، ރާއްޖޭގެ ތާރީޚުގައިވެސް މިހާ މުޑުދާރު އަމަލެއް ހިންގާފައިނުވާ ކަމަށާއި އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަވެސް މިހާ މުޑުދާރެއްނޫން ކަމަށެވެ. މިއީ އިންސާނުން ވިއްކުމާއި، އަނިޔާވެރިކަމުގެ އަމަލެއް ކަމަށާއި، މިކަމުގެ ސަބަބުން ރާއްޖޭގެ ސަލާމަތަށާއި އިގްތިސާދަށް ގެއްލުންވެ އިޖްތިމާއީ ފޭރާންވެސް ވީދެމުންދާ ކަމަށެވެ.

މީގެ އިތުރަށް، މިމައްސަލަ ހައްލުކުރުމަށް މަސައްކަތް ފެށުމުން، މިކަމަކީ އެބޭފުޅާ ކުރައްވައިގެން އުޅުއްވާ ކަމެއްގެ ގޮތުގައި މީހުންނަށް ހީވާ ކަމަށްވެސް ވިދާޅުވިއެވެ. އެގޮތަށް ދެކުމަކުން އެބޭފުޅާގެ އެއްވެސް މައްސަލައެއް ނެތް ކަމަށާއި ބޭނުމަކީ މައްސަލައަށް ހައްލެއް ގެނައުން ކަމަށް ވިދާޅުވިއެވެ. އަދި މިކަމުގައި ނުފޫޒު ފޯރުވޭނެ، ނުވަތަ ޖެހިލުންވާނެ އެއްވެސް މީހެއްނެތް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: