ހުޅުމާލޭގައި ފުލުހުންނާއި ސިފައިންގެ ފްލެޓުތައް ހަދަމުންދާ އައިލެންޑް އެކްސްޕާޓް ކުންފުނީގެ ބިދޭސީ މުވައްޒަފުންނަށް މުސާރަ ނުދޭތާ ހަތް މަސް ވެފައިވާ މައްސަލައިގައި ހަމަނުޖެހުން ހިންގި ބިދޭސީންގެ ތެރެއިން 40 މީހަކު ހައްޔަރުކޮށްފިއެވެ.
މުސާރަ ނުދޭ މައްސަލައިގައި އައިލޭންޑް އެކްސްޕާޓު ކުންފުނީގެ މުވައްޒަފުން މި މަހުގެ 06 ވަނަ ދުވަހު ވެސް އިހުތިޖާޖަށް ނިކުތެވެ. ބިދޭސީން އެ ދުވަހުގެ މުޒާހަރާ ނިންމާލާފައިވަނީ، މުސާރަ ނުދޭނަމަ އަނެއްކާވެސް ނިކުންނާނެ ކަމަށް ބުނެފައެވެ. އަދި އެ ދުވަހުގެ މުޒާހަރާގައި 600 މީހުން ވެސް ބައިވެރިވާނެ ކަމަށް އެ މީހުން އޭރު ބުނެފައިވެއެވެ. މިއީ ހުޅުމާލޭގައި ސިފައިންނާއި، ފުލުހުންގެ ފްލެޓުތައް ހެދުމުގައި މަސައްކަތް ކުރަމުން އަންނަ ބިދޭސީންނެވެ.
https://twitter.com/Meythss_/status/1282562307323604996
ބިދޭސީންގެ މުޒާހަރާ، ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރި ފުލުހުންނަށް އަމާޒުކޮށް ގާއުކާފައިވާއިރު ފުލުހުންނަށް ވަނީ އެކިވަރުގެ އަނިޔާތައް ވެފައެވެ. އަދި ވެހިކަލްތަކަށް ވެސް ވަނީ ގެއްލުންތަކެއް ވެފައެވެ. ބިދޭސީން ވަނީ ގިނަ ވަގުތުތަކެއް ވަންދެން ފުލުހުންނަށް އަމާޒުކޮށް ގާ އުކާފައެވެ. ފުލުހުންނާއި އެސްއޯގެ ބައިވެރިވުމާއި އެކު މުޒާހަރާ ކޮންޓްރޯލްކޮށް ބިދޭސީން ލޭބާރ ކުއާޓަރުގެ ތެރެއަށް ވައްދާފައެވެ.
ބިދޭސީން ދިރިއުޅެމުން އަންނަ ކުއާޓަރުގެ ތެރެއަށް ވެއްދުމުން، އެ މީހުން ވަނީ ފަހުން އަޑުގަދަ ކުރުން ހުއްޓާލާފައެވެ.
https://twitter.com/MvCrisis/status/1282548973312458753
ބިދޭސީން މުޒާހަރާ ކުރިއިރު އެ މީހުން ދިރިއުޅޭ ލޭބާރ ކުއާޓަރުގެ ތެރޭގައި ޕޯސްޓަރުތަކެއް ބަހައްޓާފައި ހުއްޓެވެ. އަދި އެ ޕޯސްޓަރުތަކުގައި ވަނީ މުސާރަތައް ދިނުމަށް ގޮވާލާފައެވެ. އޭގެ އިތުރުން ބައެއް ޕޯސްޓަރުތަކުގައި ވަނީ މުސާރަ ނުދެވެންޏާ ގައުމަށް ފޮނުވާ ދިނުމަށް އެދިފައެވެ.
މުސާރައިގެ މައްސަލައިގައި މީގެ ކުރިން ބިދޭސިން ވަނީސަންގު އާއި އެ ބިދޭސީން ވަނީ ވާހަކަ ދައްކާފައެވެ. އަދި ބުނީ މުސާރަ ނުދޭތީ އެކަމާއި ވަރަށް ކަންބޮޑުވާކަމަށާއި، އާއިލާއަށް ފޮނުވާނެ އެއްޗެއް ވެސް ނެތް ކަމަށެވެ. ގައުމުގައި އެ މީހުންގެ މައިންބަފައިންނާއި، ދަރިން ތިބިއިރު އެ މީހުން ވެސް ތިބެން ޖެހެނީ ނުކައި ކަމަށް ބިދޭސީން ވަނީ ބުނެފައެވެ. މީ ވޭތުވެ ދިހަ ހަތް މަސް، އަށް މަސް ދުވަހުގެ ވެސް ހާލު ކަމަށާއި މުސާރަ ދިނުމަށް އެތައް ފަހަރަކު އެދިފައިވާނެ ކަމަށް ބިދޭސީން ބުންޏެވެ. މަހެއްގެ މައްޗަށް 400 ޑޮލަރު ދޭންޖެހޭއިރު ތަނުގައި ތިބި ގިނަ މީހުންނަކީ އަހަރު ދުވަސްވެފައިވާ މުވައްޒަފުން ކަމަށް ވެސް އެ މީހުން ބުންޏެވެ.

