ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ ފްލޭނިން އޮފިސަރ މަގާމުން އިސްތިއުފާދީ ރައީސް ނަޝީދަށް ސިޓީއެއް!

ޓޫރިޒަމް މިނިސްޓްރީގެ ޕްލޭނިންން އޮފިސަރގެ މަގާމުން އިސްތިއުފާ ދެއްވި ފާތިމަތު ޝަރުމާ: ފޮޓީ ޝަރުމާގެ އިންސްޓަގްރާމް
ޝެއާރކޮށްލާ ކަހަލަދޯ؟

ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ ފްލޭނިން އޮފިސަރގެ މަގާމް ފުރައްވަމުން ގެންދެވި ފާތިމަތު ޝަރުމާ މަގާމުން އިސްތިއުދީ ރައްޔިތުންގެ މަޖިލީޙުގެ ރައީސް ރައީސް މުހައްމަދު ނަޝީދަށް ސިޓީއެއް ފޮނުވައިފިއެވެ. 

ރައްޔިތުންގެ މަޖިލީޙުގެ މިއަދުގެ ޖަލްސާގައި މަޖިލީޙުގެ ރައީސް ރައީސް ނަޝީދު ވިދާޅުވީ ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ ޕްލޭނިން އޮފިސަރ ޝަރުމާ މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ. އަދި ޝަރުމާގެ ސިޓީއެއް އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ކަމަށާއި ސިޓީ ދިރާސާ ކުރުމަށް މަޖިލީޙުގެ އާންމު ކޮމެޓީއަށް ވަނީ ފޮނުވާފައެވެ. 

ޝަރުމާ އިސްތިއުފާ ދެއްވައި މަޖިލީޙުގެ ރައީސް އަށް ސިޓީއެއް ފޮނުވާފައި މިވަނީ  ޓޫރިޒަމް މިނިސްޓަރުކަމުގައި ހުންނަވައި އެ މިނިސްޓްރީގެ މުވައްޒަފަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި އަލީ ވަހީދު ޓޫރިޒަމް މިނިސްޓަރުކަމުން ދުރުކޮށްފައިވަނިކޮށެވެ.އަދި އަލީ ވަހީދު މިނިސްޓަރު ކަމުން ދުރުކުރުމަށް ފަހު އޭނާ ދިރިއުޅުއްވާ ގެ ކޯޓް އަމުރެއްގެ ދަށުން ފުލުހުން ވަނީ ބަލާފާސްކޮށް އޭނާގެ ފޯނާއި ލެޕްޓޮޕް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. 

އަލީ ވަހީދު ޓޫރިޒަމް މިނިސްޓަރު ކަމުން ވަކިކުރުމަށް ފަހު އެ މިނިސްޓްރީ ހިންގެވުން ހަވާލު ކޮށްފައި ވަނީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލްއާއިއެވެ. އަދި ޝަރުމާގެ އިސްތިއުފާގެ ސިޓީ ވެސް އެޑްރެސްކޮށްފައި ވަނީ ފައްޔާޒްއަށެވެ. 

ޝަރުމާގެ އިސްތިއުފާގެ ސިޓީގައި ބުނެފައިވާ ގޮތުގައި ކޮވިޑްގެ ހާލަތުގައި އޭނާ މަސައްކަތް ކުރަމުން ދިޔައިރު ޓޫރިޒަމް މިނިސްޓްރީގައި ސިޔާސީ އެކިއެކި މަގާމްތަކުގައި ތިއްބެވި މީހުންގެ ފަރާތުން އޭނާއަށް ޖިންސީ ފުރައްސާރައާއި ކުރިމަތިލާން ޖެހުނެނެވެ. އެގޮތުން ޓޫރިޒަމް މިނިސްޓްރީގައި ސިޔާސީ މަގާމްތަކުގައި ތިއްބެވި މީހުންގެ ފަރާތުން ސީދާ ގޮތުންނާއި ނުސީދާ ގޮތުން ޖިންސީ ފުރައްސާރައާއި ކުރިމަތިލާން ޖެހުނުއިރު މި މަހުގެ 9 ވަނަ ދުވަހު ޓޫރިޒަމް މިނިސްޓްރީގައި ސިޔާސީ މަގާމްތަކުގައި ތިއްބެވި ފަރާތްތަކުން އޭނާއާއި މެދު އަމަލުކޮށްފައި ވަނީ ބަލައިގަންނަން ދަތި ހުުތުރު ގޮތަކަށް ކަމަށް ޝަރުމާ ވަނީ ސިޓީގައި ބުނެފައެވެ. އެހެން އެންމެ ފަހުން އޭނާ ކުރިމަތި ލާން ޖެހުނު ކަންކަމަކީ ޓޫރިޒަމް މިނިސްޓްރީގައި އިތުރަށް ވަޒީފާ އަދާ ކުރަން ދަތި އުނދަގޫ ކަންތައްތަކެއް ކަމަށްވާތީ މަގާމުން އިސްތިއުފާދޭ ކަމަށް ސިޓީގައި ވަނީ ބުނެފައެވެ. 

މި މަހުގެ 9 ވަނަ ދުވަހު ޓޫރިޒަމް މިނިސްޓްރީގައި ތިއްބެވި ސިޔާސީ މީހުން ޝަރުމާއާއި މެދު އމަލުކޮށްފައިވާ ގޮތުގެ ސިދާ ތަފްސީލް ސާފްވެފައި ނުވިނަމަވެސް އެ ދުވަހަކީ ޓޫރިޒަމް މިނިސްޓަރު ކަމުން އަލީ ވަހީދު ވަކިކުރި ދުވަހެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: