ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހިންނަކީ އަޅުވެތިކަމަށް ރުހޭ ބައެއްނޫން: އިމްރާން

ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ. ފޮޓޯ: ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިންނަކީ އަޅުވެތިކަމަށް ރުހޭ ބައެއްނޫންކަމަށާއި، މިނިވަންކަމުގެ އަގު ފުރިހަމައަށް ވަޒަންކުރެވެނީ، މިނިވަންކަން ގެެއްލިގެންދިއުމުންކަމަށް ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓަރ އިމްރާން މިހެން ވިދާޅުވީ، މިނިވަން ދުވަހުގެ މުނާސަބަތުގައި މިއަދު ދެއްވި ޚިޠާބެއްގައެވެ.

މި ގޮތުން އިމްރާން މިއަދު ދެއްވި ޚިޠާބުގައި މިނިވަންކަމަކީ އިންސާނުންނަށް ދެއްވާ ވަރަށް ބޮޑު ނިޢުމަތެއްކަން ފާހަގަކުރައްވައި ވިދާޅުވީ، އިންސާނުންގެ އުފާ ފާގަތިކަމާއި އަބުރުވެރިކަމާއި، ހިތްހަމަޖެހުން ބިނާވެފައިވަނީ މިނިވަންކަމުގެ އަގުހުރި ޖައުހަރުގެ މައްޗަށްކަމަށެވެ.

މީގެ އިތުރުން އިމްރާން ވިދާޅުވީ، ދިވެހިންގެ ތާރީޚަށް ބަލާއިރު ގިނަ ޒަމާންތައް ހޭދަކޮށްފައިވަނީ، މިނިވަންކަންމަތީގައި ކަމަށާއި، ދިވެހިންނަކީ އަޅުވެތިކަމަށް ރުހޭ ބައެއްނޫންކަމަށެވެ. އަދި މިނިވަންކަމުގެ އަގު ފުރިހަމައަށް ވަޒަންކުރެވެނީ، މިނިވަންކަން ގެެއްލިގެންދިއުމުންކަމަށް ވެސް އިމްރާން ވިދާޅުވިއެވެ.

https://twitter.com/HomeMinistrymv/status/1287254801164537857?s=20″މިނިވަންކަމަކީ އިންސާނުންނަށް ދެއްވާ ވަރަށް ބޮޑު ނިޢުމަތެއް. އިންސާނުންގެ އުފާ ފާގަތިކަމާއި އަބުރުވެރިކަމާއި، ހިތްހަމަޖެހުން ބިނާވެފައިވަނީ މިނިވަންކަމުގެ އަގުހުރި ޖައުހަރުގެ މައްޗަށް. އަޅުގަނޑުމެންގެ ދިވެހިންގެ ތާރީޚަށް ބަލާއިރު ގިނަ ޒަމާންތައް ހޭދަކޮށްފައިވަނީ، މިނިވަންކަންމަތީ. ދިވެހިންނަކީ އަޅުވެތިކަމަށް ރުހޭ ބައެއްނޫން. އާދެ މިނިވަންކަމުގެ އަގު ފުރިހަމައަށް ވަޒަންކުރެވެނީ، މިނިވަންކަން ގެެއްލިގެންދިއުމުން. މިއަހަރުގެ މިނިވަންދުވަސް އަޅުގަނަޑުމެންނާ މި ބައްދަލުކުރީ، ގޭބަންދާއި ރަށުބަންދާއި އެހެނިހެން ބަންދުތަކުގެ ސަބަބުން މިނވަންކަމުގެ ގެއްލުމުގެ އިޙްސާސް ކުރެވެމުންދާ ދަނޑިވަޅެއްގައި. މިފަދަ ހާލަތެއްގައި އިޤުތިޞާދީގޮތުންނާއި، އިޖުތިމާޢީގޮތުން ކުރިމަތިވެފައިވާ ބޮޑެތި ދަތިތައް ވެސް އަޅުގަނޑުމެން މިދަނީ ތަޙައްމަލުކުރަމުން.“ އިމްރާން

މިއަހަރުގެ މިނިވަންދުވަސް ބައްދަލުކުރީ ގޭބަންދާއި ރަށުބަންދާއި އެހެނިހެން ބަންދުތަކުގެ ސަބަބުން މިނވަންކަމުގެ ގެއްލުމުގެ އިޙްސާސް ކުރެވެމުންދާ ދަނޑިވަޅެއްގައިކަމަށް ފާހަގަކުރައްވަމުން ވިދާޅުވީ، މިފަދަ ހާލަތެއްގައި އިޤުތިޞާދީގޮތުންނާއި، އިޖުތިމާޢީގޮތުން ކުރިމަތިވެފައިވާ ބޮޑެތި ދަތިތައް ވެސް ދިވެހިންނަށް ތަހައްމަލުކުރަންޖެހިފައިވާ ކަމަށެވެ.

އިމްރާން ވަނީ، އަޅުވެތިކަމާ ދެކޮޅަށް ކާބަފައިން ކުރައްވާފައިވާ އަގުހުރި ޖިހާދުގެ މަތިން ހަނަދުމަކޮށް، ކޮވިޑް-19 ގެ މި ހާލަތުން އަރައިގަތުމަށް ކަމާގުޅޭ ފަރާތްތަކުގެ އިރުޝާދާއެކު ހުރިހައި އެންމެން އެކުގައި ގުޅިގެން މަސައްކަތްކުރުމަށް ވެސް އިލްތިމާސް ކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: