ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަންޓްރެވަލް ސިޔާމުގެ ލޯނަކަށް ސަރުކާރުން ފައިސާ ދައްކަން ޖެހިއްޖެ!

ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް (ސަންޓްރެވެލް ސިޔާމް) ގެ ކުންފުންޏަކަށް، ޗައިނާގެ އެގްޒިމް ބޭންކުން ދޫކުރި ބޮޑު ލޯނެއް ޑިފޯލްޓްވުމުން އެ ފައިސާ ދެއްކުމަށް ދިވެހި ސަރުކާރަށް އަންގައިފިއެވެ.

އޮންލައިން ނޫސް ”މިހާރު“ ގައި ބުނެފައިވަނީ ސިޔާމްގެ ކުންފުންޏަކަށް ޗައިނާގެ އެގްޒިމް ބޭންކުން ދޫކުރި ލޯނު ޑިފޯލްޓްވެގެން ދިވެހި ސަރުކާރަށް އަންގާފައިވަނީ 10 މިލިއަން ޑޮލަރު (154 މިލިއަން ރުފިޔާ) ދިވެހި ދެއްކުމަށް ކަމަށެވެ.

އެ ލޯނަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2017 ގެ ފަހުކޮޅު ސިޔާމް ޕްރައިވެޓް ލިމިޑެޓަށް އެގްޒިމް ބޭންކުން ދޫކުރި ލޯނެކެވެ.

އެގޮތުން 127 މިލިއަން އެމެރިކާ ޑޮލަރު (2 ބިލިއަން ރުފިޔާ) ދީފައިވަނީ ދިވެހި ދައުލަތުން ސޮވެރިން ގެރެންޓީ ދިނުމުންނެވެ. ނަމަވެސް ލޯނު އަނބުރާ ދައްކަން ފަށަން ޖެހިފައި އޮތީ ކޮން އިރަކު ކަމެއް އެނގޭކަށް ނެތެވެ.

ސަރުކާރުގެ ފަރާތުން އެ ލޯނާ ގުޅޭ ރަސްމީ މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ. އެގްޒިމް ބޭންކުން 10 ރުފިޔާ ދެއްކުމަށް ސަރުކާރަށް އަންގާފަވަނީ އޮގަސްޓު މަހުގެ 6 ވަނަ ދުވަހުގެ ކުރިން ކަމަށްވެއެވެ.

ސިޔާމަށް އެހާ ބޮޑު ލޯނެއް ނަގަން ސަރުކާރުން ސޮވެރިން ގެރެންޓީ ދިނީ ފިނޭންސް މިނިސްޓްރީއަށް ބާރު ފޯރުވޭ ގޮތަށް ވަކި އަދަދަކަށް ފައިސާ ބަހައްޓައިގެންނާއި އޭނާގެ އެހެން ރިސޯޓްތައް ލޯނަށް މޯގޭޖްކޮށްގެން ކަމަށް އެނގިފައިވެއެވެ. ނަމަވެސް ސަރުކާރާއި ޝިޔާމްގެ ފަރާތުންވެސް ބަހެއް ނުލިބޭތީ އެކަން މުޅިއަކުން ކަށަވަރެއް ނުވެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހަމައެކަނި ސޮވެރިން ގެރެންޓީ ދިން އަމިއްލަ ކުންފުންޏަކީ ވެސް ސިޔާމްގެ ކުންފުންޏެވެ. މިއީ ދިވެހި ވިޔަފާރިވެރިޔަކަށް ސަރުކާރުން ދިން ސޮވެރިން ގެރެންޓީއެއްގައި މިހާތަނަށް ނެގި އެންމެ ބޮޑު ލޯނެވެ.

އެނގިފައވާ ގޮތުގައި އެ ފައިސާ ދައްކަން ސަރުކާރުން ވަނީ ސިޔާމްގެ ކުންފުންޏަށް އަންގާފައެވެ. ނަމަވެސް ސިޔާމު ނުދައްކައިފި ނަމަ އެ ފައިސާ ދައްކަންޖެހޭ ދިވެހި ސަރުކާރުންނެވެ.

 

 

 

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: