ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި އިންޑިއާ މީހުން އާބާދު ކުރުމަށް ވިސްނާ، މަޝްވަރާއެއް ކޮށްފައި ނޯންނާނެ: ސަރުކާރު

އިންޑިއާގެ ބޮޑު ވަޒީރު މޯދީ ރާއްޖެއަށް ވަޑައިގެންނެވި ދުވަހު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި، ބޭރުގެ ބަޔަކު އާބާދު ކުރުމަށް ވިސްނާ މަޝްވަރާއެއްކޮށްފައި ނޯންނާނެ ކަމަށް ސަރުކާރުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވެއްޖެއެވެ.

އޮންލައިން މީޑިއާއަކުން ވަނީ، ހދ އަތޮޅު ދައްޕަރުގައި އިންޑިއާ މީހުން އާބާދު ކުރުމަށް އެ ގައުމުގެ ސަރުކާރުން ހުށަހަޅާފައި ވާ ކަމަށް ބުނެ ހަބަރު ގެނެސްދީފައެވެ. އެ މީޑިއާއަށް ލިބިފައިވާ މައުލޫމާތެއްކަމަށް ބުނެ ގެނެސްދީފައި ވާ ހަބަރުގައި ބުނެފައި ވަނީ  އިންޑިއާއިން ދިވެހި ރާއްޖެއަށް ހުށަހަޅާފައި ވަނީ ދައްޕަރުގައި ވިލާތަކެއް އެޅުމަށް ފަހު އެތަންތަން މިލްކު ކުރެވޭ ގޮތަށް ނޫނީ ދިގު މުއްދަތަށް ބޭރުގެ ފަރާތްތަކަށް ކުއްޔަށް ދިނުމަށް ކަމަށެވެ. އަދި އެ މީހުންނަށް ރެޒިޑެންސް ވިސާ ދިނުމާއި، އެ ތަންތަނުގެ މިލްކުވެރިންނަށް، އެ މީހުންގެ އާއިލާ އަދި ރަށްޓެހިން ވެސް އެތަންތަނަށް ގެނެވޭނެ ފަދަ ގޮތަކަށް ޤާނޫނުތަކަށް ބަދަލު ގެނައުމަށް ވެސް ހުށަހެޅުމުގައި ހިމަނާފައި ވާ ކަމަށެވެ.

އިންޑިއާއިން ހަރަދު ކުރާ ގޮތަށް އެ މީހުންގެ ”ސެކަންޑް ހޯމް“ ރާއްޖޭގައި ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތުކޮށްފައިވާ އެ ހަބަރު ރީ ޓްވީޓު ކުރައްވާ ހޫދު ވިދާޅުވީ ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި، ބޭރުގެ މީހުން އާބާދު ކުރުމުގެ ވިސްނުމެއް އެއްވެސް އިރަކު ސަރުކާރުން ގެންގުޅެފައި ނުވާނެ ކަމަށެވެ. އަދި މިއީ ދުވަހަކު ވެސް ސަރުކާރުން ކުރާނެ ކަމެއް ނޫން ކަމަށް ހޫދު ވިދާޅުވިއެވެ.

އޮންލައިން މީޑިއާ ”ދިޔަރެސް“ ގެ ހަބަރުގައި ބުނެފައިވާ ގޮތުން އިންޑިއާގެ އަމާޒަކީ ދައްޕަރުގައި ބިނާ ކުރާނެ ގެތަކުގައި އިންޑިއާގެ އަސްކަރީ މީހުންނާއި، ޖާސޫސުން ރޮޓޭޓިސް ބޭސިސްއެއް ބޭތިއްބުމެވެ. އަދި މިއީ މީގެ ކުރިން ވެސް އެމްޑީޕީން ކުރަން އުޅުނު ކަމެއްގެ ގޮތުގައި ވަނީ ބުނެފައެވެ.

https://twitter.com/MvSpokesperson/status/1287303990049304576

ރާއްޖެއަށް އިންވެސްޓު ކުރާ ބިދޭސީންނަށް އަމާޒުކޮށްގެން، ”ސެކަންޑް ހޯމް“ ޕްރޮގްރާމެއް ހިންގުމުގެ ވިސްނުން ގެންގުޅޭކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވަނީ ވިދާޅުވެފައެވެ. އިމިގްރޭޝަންގެ ގާނޫނާއި ގުޅިގެން މަޝްވަރާކުރެވުނު މަޖިލީހުގެ ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީގައި ފައްޔާޒް ވިދާޅުވެފައިވަނީ، އާއްމުން ދިރިއުޅޭ ރަށްތަކުގައި މި ޕްރޮގްރާމް ޕައިލެޓް ޕްރޮޖެކްޓުތަކުގެ ގޮތުގައި ކުރިޔަށް ގެންދިއުމުގެ ވިސްނުން އެބަހުރި ކަމަށެވެ.

ފައްޔާޒް ވިދާޅުވި ގޮތުގައި އިންވެސްޓެއްގެ ގޮތުގައި މަދުވެގެން ތިން ލައްކަ ޑޮލަރު ހަރަދުވާން ޖެހޭނެ އެވެ. މި ޕްރޮގްރާމުގެ ސަބަބުން ރާއްޖެއަށް ބަޔަކު އައުން އެއީ ކަންބޮޑުވާންޖެހޭ ކަމެއް ނޫން ކަމަށާއި، މިއީ ރާއްޖެ ތަރައްގީ ކުރުމުގެ މަގްސަދުގައި ހިންގާނެ ޕްރޮގްރާމެއް ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.

ދާދިފަހުން އިންޑިއާ އެހީތެރިކަމާއި އެކު ރައްޖެއަށް ގެންނަ މިލިޓަރީ އެއާކްރާފްޓެއްގެ މައްސަލަ ވެސް ބޮޑުވިއެވެ. އެ މައްސަލައިގައި ސަރުކާރުން ބުނެފައިވަނީ އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުގައި ދެ ގައުމުން އެއްބަސްވި ޑޯނިއާ ބޯޓު ކަމަށެވެ.

އެއީ ބަލި މީހުން އުފުލުމަށް ކަމަށާއި، މިލިޓަރީ އެއާކްރާފްޓެއް ގެނައުމަށް މި ސަރުކާރުން އެއްވެސް އެއްބަސްވުމެއް ގާސިމްކޮށްފައި ނޯނާނެ ކަމަށް ވެސް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: