ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވާދަވެރިން އެކު މަސައްކަތް ކުރަން ރައީސްގެ ގޮވާލެއްވުމަށް ނަޝީދުގެ މަރުހަބާ: މިނިވަންކަން ދެމެހެއްޓޭނީ ސިޔާސީ ހަމަޖެހުމުން!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ރައީސް މުހައްމަދު ނަޝީދު/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ވެރިކަމުގެ އިންތިޒާމުގެ ތެރެއިން، ސިޔާސީ ވާދަވެރިން އެކުގައި މަސައްކަތް ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގޮވާލެއްވި ގޮވާލުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މަރުހަބާ ދަންނަވައިފިއެވެ.

މިއަދު ފާހަގަ ކުރަމުންދާ ރާއްޖޭގެ 55 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ދެއްވި ހިތާބުގައި ވިދާޅުވެފައިވަނީ މިނިވަން ދުވަސް ފާހަގަކުރަމުން ދާއިރު، މިނިވަންކަމާއި ހަމައަށް އައުމަށްޓަކާ ގައުމު ދަތުރުކުރަން ޖެހުނު ދުވަސްތަކުގެ މަތީން ހަނދާން ނައްތައިގެން ނުވާނެ ކަމަށެވެ. އަދި ރާއްޖެއަށް މިނިވަންކަން ލިބިފައިވަނީ ސުލްހަވެރިކަމާއި، ހިކުމަތްތެރިކަން އިސްކުރުމުގެ ސަބަބުން ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ދިވެހިންގެ މިނިވަންކަން ދެމި އޮންނާނީ، ސުލްހައިގެ މަތީގައިކަން ފާހަގަ ކުރައްވާ ރައީސް ސޯލިހް ވިދާޅުވީ މި ސަރުކާރުގެ ސިޔާސަތަކީ ވެސް އެއީ ކަމަށެވެ. އަދި އެއީ ތަފާތު އެކި ހިޔާލުތަކާއި އެކު އެންމެންގެ ބައިވެރިވުން ޝާމިލްވާ ގޮތަށް ގައުމު ހިންގުންކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އެހެން ކަމުން ގައުމުގެ މުހިންމު ކަންކަން ނިންމަން ބޭނުންފުޅުވަނީ ސިޔާސީ ވާދަވެރިންގެ އަޑުވެސް އަހައިގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

https://twitter.com/MohamedNasheed/status/1287312084259074049

ރައީސްގެ ވާހަކަފުޅާއި ގުޅިގެން އެމްޑީޕީގެ ރައީސްގެ މަގާމު ވެސް އަދާކުރައްވަމުން ގެންދަވާ، ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ވެރިކަމުގެ އިންތިޒާމުގައި ވާދަވެރި ޕާޓީތައް މިހާރަށް ވުރެ ބައިވެރިވުމަށް ރައީސް ކުރެއްވި އިލްތިމާސަށް މަރުހަބާ ދަންނަވާ ކަމަށެވެ. އަދި ފުރިހަމަ ޑިމޮކްރެޓިކް ނިޒާމަކަށް ދައުލަތުގެ އިހުލާސްތެރި ވާދަވެރިޔާ އާއި އެ ފަރާތެއްގެ ކެބިނެޓުގެ ފާޑުކިޔުން ވެސް މުހިންމު ކަމަށެވެ. އަދި މިނިވަންކަން ދެމެހެއްޓޭނީ ސިޔާސީ ހަމަޖެހުމުން ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ސޯލިހްގެ ހިތާބުގައި މިއަދު ވިދާޅުވެފައިވަނީ، ސިޔާސީ ވާދަވެރިކަމުގައި ބައިބައިވުމަށް ފުރުސަތު ދިނުމަކީ ރަނގަޅުކަމެއް ނޫން ކަމަށެވެ. އަދި އެކަމުގެ ސަބަބުން ގެއްލުން ލިބެމުން ދަނީ ހުރިހާ ރައްޔިތުންނަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ސޯލިހް ގޮވާލެއްވީ ގައުމުގެ މަތީ މަސްލަހަތު ހިމެނޭ ބޮޑެތި ކަންކަމުގައި ސަރުކާރާއި އެކި ސިޔާސީ ވާދަވެރިން މަސައްކަތް ކުރުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: