ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިނިވަންކަން ދެމެހެއްޓުމަށްޓަކައި އެންމެ އިސްދައުރެއް އަދާކުރަނީ ސިފައިން: މާރިއާ ދީދީ

ޑިފެންސް މިނިސްޓަރު މާރިއާ އަޙްމަދު ދީދީ. ފޮޓޯ: ޑިފެންސް މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ މިނިވަންކަން އަންނަން އޮތް ޖީލުތަކަށް ގެންގޮސްދިނުމަކީ، ދިވެހި ރައްޔިތުންގެ ބޮޑު ވާޖިބެއްކަމަށާއި، މި ވާޖިބު އަދާކުރުމުގައި އެންމެ އިސްދައުރެއް ކުޅޭ އެއްބަޔަކީ، ދިވެހި ސިފައިންކަމަށް ޑިފެންސް މިނިސްޓަރު މާރިއާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މާރިއާ މިހެން ވިދާޅުވެފައިވަނީ، މި އަހަރު ފާހަގަކުރަމުން މިދާ މިނިވަންދުވަހުގެ މުނާސަބަތުގައި ދެއްވި މެސެޖެއްގައެވެ. ދިވެހިރާއްޖޭގެ މިނިވަންކަމަށް އަލިއަޅުއްވައިލައްވައި މާރިއާ ވިދާޅުވީ، ދިވެހިރާއްޖެއަކީ ޒަމާނުއްސުރެ މިނިވަންކަންމަތީ އޮތް ބައެއްކަމަށެވެ. އަދި މި މިނިވަންކަމުގެ ސިއްރަކީ، ކާބަފައިން ގެންގުޅުނު ޙިކްމަތު ޢަމަލުކަމަށާއި، ކާބަފައިން ޢަަމަލުކޮަށްފައިވަނީ ވަރަށް ވެސް ޙިކްމަތްތެރިކަމާއެކީގައި ކަމަށް ވެސް މިނިސްޓަރު މާރިއާ ވިދާޅުވިއެވެ.

”އަޅުގަނޑުމެން މި މިނިވަންކަން މި ގޮތުގާ، އަންނަން އޮތް ޖީލުތަކަށް ގެންގޮސްދިނުމަކީ، އަޅުގަނޑުމެންގެ ބޮޑު ވާޖިބެއް. މި ވާޖިބު އަދާކުރުމުގައި އެންމެ އިސްދައުރެއް ކުޅޭ އެއްބަޔަކީ، ދިވެހި ސިފައިން. ދިވެހިރާއްޖޭގެ މިނިވަންކަމާ އިސްތިޤުލާލު ދެމެހެއްޓުމަށްޓަކައި ދިވެހި ސިފައިން ވެފައިވާ ޤުރުބާނީ އަދި ވަމުންދާ ޤުރުބާނީ އަޅުގަނޑު މިއަދު ފާހަގަކުރަން. މި ގޮތުގައި ސިފައިން ދެމިތިބޭނެކަމުގެ ޔަޤީންކަން މިއަދު އަޅުގަނޑު އަރުވަން.“ މާރިއާ

https://twitter.com/MoDmv/status/1287213683253243905?s=20

މީގެ އިތުރުން މާރިއާ ވިދާޅުވީ، މިނިވަންކަން ދެމެހެއްޓުމަށްޓަކައި، އެ ވާޖިބު އަދާކުރުމުގައި އެންމެ އިސްދައުރެއް ކުޅޭ އެއްބަޔަކީ ދިވެހި ސިފައިންކަމަށެވެ. މި ގޮތުން ދިވެހިރާއްޖޭގެ މިނިވަންކަމާ އިސްތިޤުލާލު ދެމެހެއްޓުމަށްޓަކައި ދިވެހި ސިފައިންވެފައިވާ ޤުރުބާނީ ފާހަގަކުރައްވާކަމަށް ވެސް މާރިއާ ވިދާޅުވިއެވެ. އަދި މިއަދު ވެސް ސިފައިން ވަމުންދާ ޤުރުބާނީ ފާހަގަކުރައްވާ ކަމަށާއި، އެ ގޮތުގައި ސިފައިން ދެމިތިބޭނެކަމުގެ ޔަޤީންކަންދެއްވާކަމަށް ވެސް މާރިއާ ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: