މިނިވަންދުވަހާއި ގުޅިގެން ދިރާގުން ޚާއްސަ ޕްރޮމޯޝަނެއް ތަޢާރަފުކޮށްފިއެވެ.
ދިރާގުން ހާމަކުރިގޮތުގައި، މިނިވަންދުވަހާއި ގުޅޭގޮތުން އެ ކުންފުނީގެ މޯބައިލް ބޫސްޓަރތަކުން އިތުރު 55 އިންސައްތަ އެލަވަންސް ލިބިގެންދާނެއެވެ.
މި ގޮތުން އެ ކުންފުނީގެ ޕްރީޕެއިޑް މިނީ ބޫސްޓަރ އާއި، ޕޯސްޓްޕެއިޑް ބޫސްޓަރތަކުން އަންނަ އޮގަސްޓުމަހުގެ 3 ވަނަ ދުވަހާއި ދެމެދު އެކްޓިވޭޓްކޮށްގެން އިތުރު 55 އިންސައްތަ އެލަވަންސް ލިބިގެންދާނެކަމަށް ދިރާގުން ބުނެއެވެ.
ކޮވިޑް-19 އިގެ ސަބަބުން މި އަހަރުގެ މިނިވަންދުވަސް ފާހަގަނުކުރެވޭތީ، ދިރާގުން އުންމީދުކުރަނީ، އެ ކުންފުނިން ފޯރުކޮށްދޭ މި އެލަވަންސްގެ ސަބަބުން ކަސްޓަމަރުންނަށް މިނިވަންދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ރަޙްމަތްތެރިންނާއި، ޢާއިލާއަށް ފޮނުވައި، ކުރިއަށް މި އޮތް ޗުއްޓީދުވަސްތަކުގައި މުނިފޫހިފިލުވުމުގެ ކަންކަން ޑިޖިޓަލްކޮށް ކުރުމަށް ލުއިފަސޭހަތަކެއް ލިބިގެންދާނެކަމަށެވެ.
https://twitter.com/Dhiraagu/status/1287265597726683136?s=20
މިނިވަންދުވަހައި ގުޅިގެން ދިރާގުން ޚާއްސަ ޕްރޮމޯޝަނެއް ތަޢާރަފުކޮށްފައިވާއިރު، އެ ކުންފުނީގެ ފައިބަރ ބްރޯޑްބޭންޑުގެ ޚިދުމަތް އަލުން ސަބްސްކްރައިބްކުރާ ކަސްޓަމަރުންނަށް ފައިބަރ ބްރޯޑްބޭންޑް ގުޅައިލަދީ، ހިލޭ ރައުޓަރ ލިބޭ ޕްރޮމޯޝަނެއް، މި މަހުގެ 20 ވަނަ ދުވަހުގައި ވަނީ ފަށާފައެވެ. މީގެ އިތުރުން ވެސް ދިރާގުން އަންނަނީ ކަސްޓަމަރުންނަށް ލުއިފަސޭހަވާނެ ފަދަ ގޮތްގޮތަށް ކަސްޓަމަރުންނަށް ޚިދުމަތްތައް ފޯރުކޮށްދެމުންނެވެ.

