ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިޔާ މީހުން އާބާދުކުރަން އުޅޭކަމަށް ބުނެ ލިޔެފައިވާ ޚަބަރުގެ މައްސަލަ ބަލަން ހުށައަޅަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިޔާ މީހުން އާބާދުކުރަން އުޅޭކަމަށް ބުނެ ލިޔެފައިވާ ޚަބަރުގެ މައްސަލަ ބަލަން ހުށައަޅާނެކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

”އުތުރުގެ ރަށެއްގައި އިންޑިއާ މީހުން އާބާދު ކުރަނީ؟!“ މިސުރުހީގެ ދަށުން ލިޔެފައިވާ އާޓިކްލްއެއް ރީޓްވީޓް ކުރައްވައި މިނިސްޓަރ ފައްޔާޒް ވިދާޅުވީ މިއީ ސަރުކާރުގެ ބޮލުގައި އަޅުވާފައިވާ ދޮގު ތުހުމަތުތަކެއް ކަމަށެވެ. އަދި ޚާއްސަކޮށް މިނިވަން ދުވަހުގެ މުނާސަބާއާއި ދިމާކޮށް ރާއްޖެއާއި އަވަށްޓެރި ގައުމަކާއި ގުޅުވައި މިފަދަ ވާހަކަތައް ދެއްކުމަކީ މީހުންގެ ސަމާލުކަން ހޯދުމުގެ ބޭނުމުގައިކުރާކަމެއްކަމަށް ވަނީ ވިދާޅުވެފައެވެ. އަދި މިމައްސަލައިގެ ތެދު ދޮގު ބެލުމަށް ރައްޔިތުންގެ މަޖިލިހަށާއި ކަމާއި ގުޅުން ހުރި މުއައްސަަސާތަކަށް ހުށައަޅާނެކަމަށް ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ ފައްޔާޒްގެ އިތުރަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދުވެސް ވަނީ އެލިޔުމުގައި ވަނީ ދޮގު ވާހަކަތަކެއްކަމަށް ބުނެ ޓުވީޓްކޮށްފައެވެ.

https://twitter.com/faya_i/status/1287331916098633728

އޮންލައިން މީޑިޔާ ”ދިޔަރެސް“ގައި ލިޔެފައިވާ އާޓިކްލްގައި ބުނެފައިވަނީ ހއ. ދައްޕަރުގައި އިންޑިއާ މީހުން އާބާދު ކުރުމަށް އިންޑިއާ ސަރުކާރުން ދިވެހިރާއްޖޭގެ ސަރުކާރަށް ހުށަހަޅާފައިވާ ކަމުގެ މައުލޫމާތު އެމީޑިޔާއަށް ލިބިފައިވާ ކަމަށެވެ. އެގޮތުން އިންޑިއާ އިން ދިވެހިރާއްޖޭގައި ދައްޕަރުގައި ވިލާތަކެއް އެޅުމަށްފަހު އެތަންތަން މިލްކުކުރެވޭ ގޮތަށް ނޫނީ ދިގު މުއްދަތަށް ބޭރުގެ ފަރާތްތަކަށް ކުއްޔަށް ދިނުމަށް ހުށައަޅާފައިވާކަމަށް މައުލޫމާތު ލިބިފައިވާކަމަށްވަނީ ބުނެފައެވެ. އަދި އެގޮތަށް ދޫކުރާ ފަރާތްތަކަށް ރާއްޖެއިން ރެޒިޑެންސް ވިސާ ދިނުމަށް ހުށަހަޅާފައިވާކަމަށްވެސް ވަނީ ބުނެފައެވެ. އަދި އެތަންތަނުގެ މިލްކުވެރިންނަށް، އެމީހުންގެ އާއިލާ އަދި ރައްޓެހިންވެސް އެތަންތަނަށް ގެނެވޭނެފަދަ ގޮތަކަށް ގާނޫނުތަކަށް ބަދަލު ގެނައުމަށްވެސް އިންޑިއާ ސަރުކާރުން ހުށައަޅާފައިވާކަމަށް އާޓިކްލްގައި ވަނީ ބުނެފައެވެ.

އެހެންނަމަވެސް، މިނިސްޓަރ ފައްޔާޒް މީގެ ކުރިން ވަނީ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކާއި ބެހޭ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ރާއްޖެއަށް އިންވެސްޓްކުރާ ބިދޭސީންނަށް އަމާޒުކޮށްގެން ”ސެކަންޑް ހޯމް“ ޕްރޮޖެކްޓްގެ ގޮތުގައި ޕައިލެޓް ޕްރޮގްރާމެއް ފެށުމަށް ގަސްދުކުރައްވާކަމަށް ވިދާޅުވެފައެވެ. މިޕްރޮގްރާމް ހިންގުމަށްޓަކައި ’ރެޒިޑެންސީ ގާނޫނެއް‘ އެކުލަވާލުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށްވެސް މިނިސްޓަރ ވަނީ ކޮމިޓީގައި ވިދާޅުވެފައެވެ.

https://twitter.com/faya_i/status/1287329419443355649

އެގޮތުން މިނިމަމް އިންވެސްޓްމަންޓެއްގެ ގޮތުގައި ތިން ލައްކަ ޑޮލަރު އިންވެސްޓްކުރަންޖެހޭނެކަމަށް ދެކިލައްވާކަމަށް ވިދާޅުވިއެވެ. އެއީ އެތަނުން ވިލާއެއް ނުވަތަ އެޕާޓްމަންޓެއް ތިން ލައްކައެއްހާ ޑޮލަރަށް ގަތުންކަމަށް ވަނީ ވިދާޅުވެފައެވެ. އަދި އިންޑިޔާގެ އިންވެސްޓަރުން ވަކިން ގިނައިން އައުން ނުވަތަ ވަކި ގައުމެއްގެ އިންވެސްޓަރުން ގިނައިން އައުމަކީ ކަންބޮޑުވާންޖެހޭކަމެއްނޫން ކަމަށް ވަނީ ވިދާޅުވެފައެވެ.

ހއ ދަައްޕަރަކީ ފަތުރުވެރިކަމަށް އަލަށް ހުޅުވާލި ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށެކެވެ. ރިސޯޓް ތަރައްގީ ކުރުމަށް ދައްޕަރުން 60 ހެކްޓަރ ބިން ކަނޑައަޅާފައި ވާކަމަށް މައުލޫމާތު ލިބެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: