ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”އިންކަމް ސަޕޯޓް އެލަވަންސް“ގެ ގޮތުގައި މިހާތަނަށް 6638 މީހަކަށް 27.2 މިލިއަން ރުފިޔާ

ޝެއާރކޮށްލާ ކަހަލަދޯ؟

”އިންކަމް ސަޕޯޓް އެލަވަންސް“ގެ ގޮތުގައި މިހާތަނަށް 6638 މީހަކަށް ފައިސާދިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީއިން ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީއިން ބުނީ ކޮވިޑްް-19އާއި ގުޅިގެން ވަޒީފާއަށް ނުވަތަ އާމްދަނީއަސް އަސަރުކޮށްފައިވާ މީހުންނަށް ދޭ އެލަވަންސްގެ ގޮތުގައި 27.2 މިލިއަން ރުފިޔާ މިހާތަނަށް ދޫކޮށްފައިވާ ކަމަށެވެ.

އިނަކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި ދޫކުރަނީ ކޮންމެ މީހަކަށް މަހަކު 5،000 ރުފިޔާއެވެ. އަދި ވަޒީފާ އަދާކުރާ މީހަކަށް 5،000 ރުފިޔާ ހަމަނުވާނަމަ، އެމީހެއްގެ މުސާރައިން ކެނޑުމަށްފަހު 5،000 ރުފިޔާ ހަމަކުރުމަށް ބާކީ އިންނަ މިންވަރެކެވެ.

މިފައިސާ ދެނީ ކޮވިޑް-19 އާއި ގުޅިގެން ވަޒީފާ އިން ވަކިކުރެވިފައިވާ ނުވަތަ ވަޒީފާ އިން ސަސްޕެންޑްކުރެވިފައިވާ ފަރާތްތަކަށައި އަދި މުސާރަ ނުލިބޭ ގޮތަށް ނޯ ޕޭ ލީވްއަށް ފޮނުވާ ލެވިފައިވާ މީހުންނަށް އަދި މުސާރައިގެ ގޮތުގައި ލިބޭ އެއްޗަކުން ބައެއް އުނިކުރެވިފައިވާ މީހުންނަށެވެ. މިފައިސާ ދޫކުރަނީ އެންސްޕާ މެދުވެރިކޮށެވެ. މިއުސޫލުގެ ދަށުން މިއަހަރުގެ އޭޕްރީލް، މެއި އަދި ޖޫން މަހު ވަނީ ފައިސާ ދޫކޮށްފައެވެ.

މީގެއިތުރަށް ފްރަންޓްލައިންގައި މަސައްކަތްކުރާ މީހުންނަށްވެސް ޚާއްސަ އެލަވެންސްއެއް ދޭނެ ކަމަށް ސަރުކާރަުން ވަނީ ހާމަކޮށްފައެވެ. އެއެލަވެންސް ޖުލައި މަހުގެ މުސާރައާއެކު ދޭނެކަމަށްވެސް ވަނީ ބުނެފައެވެ.

ފްރަންޓްލައިންގައި މަސައްކަތްކުރާ މީހުންނަށް އެލަވެންސް ދިނުމަށް ނިންމާފައިވަނީ ހައި ރިސްކް މީހުންނަށް ދުވާލަކަށް 500 ރުފިޔާ އަދި މީޑިއަމް ރިސްކު މީހުންނަށް ދުވާލަކަށް 250 ރުފިޔާ އަދި އެންމެ ލޯ ރިސްކް މީހުންނަށް ދުވާލަކަށް 200 ރުފިޔާގެ މަގުންނެވެ.

ފްރަންޓްލައިންގައި މަސައްކަތްކުރާ ހައި ރިސްކު މީހުންނަކީ ކޯވިޑް-19އަށް ޕޮޒިޓިވްވާ ފަރާތްތަކަށް ނުވަތަ ބަލި ހުރެދާނެކަމަށް ބެލެވޭ ހައި ރިސްކު މީހުންނާއި ތަކެއްޗާއި ގާތުން ދިމާވެދާނެ މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ މެޑިކަލް ޑޮކްޓަރުންނާއި، ނަރުހުންނާއި، ޓެސްޓު ސާމްޕަލް ނަގާ މީހުންނާއި، ލެބް ޓެކްނީޝަނުންނާއި، ކޮވިޑް-19އަށް ޕޮޒިޓިވްވާ މީހުން އެއްތަނުން އަނެއް ތަނަށް ގެންދާ އުޅަނދުތަކުގައި މަސައްކަތްކުރާ މީހުން އަދި ޕޮޒިޓިވްވާ މީހުން ތިބޭ ކޮޓަރި ނުވަތަ ވޯޑަށް ވަންނަންޖެހޭ މީހުންނެވެ.

މީޑިއަމް ރިސްކު މީހުންނަކީ ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުންނަށް ސީދާގޮތުން ހިދުމަތް ދޭންނުޖެހުން ނަމަވެސް ހައި ރިސްކު މީހުންނާއެކު ސީދާ މަސައްކަތް ކުރަންޖެހޭ މީހުންނެވެ. އަދި ލޯ ރިސްކު މީހުންނަކީ އެއްވަނަ އަދި ދެވަނަ ގިންތިއަށް ނުފެތޭ ނަމަވެސް ކޯވިޑް-19ގެ އޮޕަރޭޝަންތަކުގައި މަސައްކަތްކުރާ މީހުންގެ ތެރެއިން ދުވާލެއްގެ މައްޗަށް ހަ ގަޑިއިރު ހޭދަކުރާ މީހުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: