ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕާސްޕޯޓަށް ބަދަލުގެނެސްގެން ރާއްޖެ އެތެރެވާން މަސައްކަތްކުރި މީހަކު ހުއްޓުވައިފި

ފޮޓޯ: އިމިގުރޭޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

ސައްހަ ޕާސްޕޯޓަކަށް ބަދަލު ގެނެސްގެން ދިވެހިރާއްޖެއަށް އެތެރެވުމަށް މަސައްކަތްކުރި މީހަކު ހުއްޓުވައިފައިވާކަމަށް މޯލްޑިވްސް އިމިގުރޭޝަނުން ބުނެފިއެވެ.

ހޯމަދުވަހުގެރޭ އިމިގުރޭޝަނުން ކުރި ޓްވީޓެއްގައި ބުނީ، ސައްހަ ޕާސްޕޯޓަކަށް ބަދަލު ގެނެސްގެން ރާއްޖެއަށް އެތެރެވުމަށް މަސައްކަތްކުރި ބިދޭސީއަކު ހުއްޓުވާފައިވާ ކަމަށެވެ. މި ގޮތުން ހުއްޓުވާފައިވަނީ ޢުމުރުން 40 އަހަރުގެ ފިރިހެނެއްކަމަށް އިމިގުރޭޝަނުން ހާމަކުރެއެވެ.

ސައްހަ ޕާސްޕޯޓަކަށް ބަދަލުތަކެއް ގެނެސްގެން ރާއްޖެ އެތެރެވާން މަސައްކަތްކޮށްފައިވަނީ، ވަކި ކޮން ޤައުމެއްގެ މީހެއްކަމެއް އިމިގުރޭޝަނަކުން ހާމައެއްނުކުރެއެވެ. ނަމަވެސް އިމިގުރޭޝަންގެ ޓްވީޓުގައި ވަނީ، އެ މީހާގެ ލޮލާއި، އަނގަ ނުފެންނަގޮތަށް ފޮޓޯއެއް ޢާންމުކޮށްފައެވެ.

https://twitter.com/ImmigrationMV/status/1287776330155560962?s=20

ޕާސްޕޯޓަށް ބަދަަލުތަކެއް ގެނެސްގެން ރާއްޖެ އެތެރެވުމަށް ބިދޭސީއަކު މަސައްކަތްކޮށްފައިވާކަމަށް އިމިގުރޭޝަނުން ހާމަކޮށްފައިވާއިރު، މީގެ ކުރިން ވެސް ބައެއް ބިދޭސީން ވަނީ ފަތުރުވެރިންގެ ނަމުގައާއި، މަސައްކަތްތެރީންގެނަމުގައި އަދި އެނޫންވެސް ގޮތްގޮތަށް ޝަޚުސު އޮޅުވާލައިގެން ރާއްޖެ އެތެރެވާން މަސައްކަތްކޮށްފައެވެ. ކޮވިޑް-19އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު، އަލުން ހުޅުވާލާފައިވަނީ މި މަހުގެ 01 ވަނަ ދުވަހުގައެވެ. އިމިގުރޭޝަނުން ހާމަކުރި ގޮތުގައި، ބޯޑަރު ހުޅުވައިލި ފުރަތަމަ 10 ދުވަހުގައި 904 ފަތުރުވެރިން ރާއްޖެއަށް އެތެރެވެފައިވާކަމަށް އިމިގުރޭޝަނުން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: