ރ. ރަސްމާދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފައިވާކަމަށް އެމްޓީސީސީން ބުނެފިއެވެ.
މިކަމާ ގުޅިގެން އެމްޓީސީސީން މިއަދު ބުނީ ރަސްމާދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމައްޓަކައި ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފައިވަނީ މި މަހުގެ 26 ވަނަ ދުވަހުގައި ކަމަށެވެ. އަދި މި މަޝްރޫޢަށް ބޭނުަންވާ އީއައިއޭ ހުއްދަ ލިބިފައިވަނީ މި މަހުގެ 16 ވަނަ ދުވަހުގައިކަމަށް ވެސް އެމްޓީސީން ބުނެފައިވެއެވެ.
އެމްޓީސީން ބުނީ ރަސްމާދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން 9000 ކިއުބިކް މީޓަރުގެ ސަރަހައްދުގެ ބަނދަރު ފުންކުރުމަށާއި 377 މީޓަރު ސަރަހައްދުގައި ބޭރުތޮށިލުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މީގެއިތުރުން 600 ސްކުއެއާ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމަށް ހަމަޖެހިފައިވާ ކަމަށާއި ނެރު ބައްތި ހަރުކުރުމަށާއި މޫރިންގް ބުއޯއި ބެހެއްޓުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާކަމަށް ވެސް އެމްޓީސީސީން ބުނެއެވެ.
ހުސްވި އަހަރު ޑިސެމްބަރުމަހުގެ 10 ވަނަ ދުވަހުގައި އެމްޓީސީސީން ހަވާލުވެފައިވާ މި މަޝްރޫޢުއަށް 18.7 (އަށާރަ ޕޮއިންޓް ހަތެއް) މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް އެ ކުންފުނިން އަންދާޒާކޮށްފައިވެއެވެ.

