ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗިޓު މައްޗަށް ޗިޓު ފޮނުވިޔަސް ފަހަތަކަށް ނުޖެހޭނަން، މިރޭވެސް މުޒާހަރައަށް ނިކުންނާނަށް

ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް. ފޮޓޯ: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ޤައުމުގެ ކަންކަން އިސްލާހުގެ މަގަށް ގެނައުމަށް ކުރަމުން އަންނަ ޤައުމީ މަސައްކަތުގައި އިދިކޮޅު ކޯލިޝަނުން ފަހަތަށް ނުޖެހޭނެކަމަށާއި، މިރޭ ވެސް މުޒާހަރާއަށް ނިކުމެވަޑައިގެން އެންމެކުރީ ސަފުގައި ފައިތިލަ ސާބިތުކޮށްލަވާނެކަމަށް ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

”ސަންގަށް“ މިއަދު ދެއްވި ބަސްދީގަތުމެއްގައި ޝިޔާމް ވިދާޅުވީ، އެއްވެސް ބޭފުޅަކު އެ ދައްކާ ބިރަކަށް އިދިކޮޅު ކޯލިޝަނަކުން ބޮލެއް ނުލަނބާނެ ކަމަށާއި، ބިރުދައްކަން އެ ކުރާ މަސައްކަތްތަކަކަށް ބިރެއްނުގަންނާނެކަމަށެވެ.

މީގެ އިތުރުން، ޝިޔާމް ވިދާޅުވީ، މިރޭވެސް ރައްޔިތުން މުޒާހަރާކުރުމަށް ނިކުންނާނެ ކަމަށާއި، ރައްޔިތުން ނިކުންނައިރު ހުންނަވާނީ އެންމެ ކުރީ ސަފުގައިކަމަށެވެ. އަދި މިއަދު ސަރުކާރަކުން ރައްޔިތުންގެ އަޑެއް ނާހާކަމަށާއި، ރައްޔިތުން ނިކުމެ ރައީސް ޞާލިޙް ވެރިކަމަށް ގެނައިމާ ރައްޔިތުން އަޑުއެހުމެއްނެތި، ސަރުކާރު ތިންބާރު އެއްކޮށްލައިގެން ދަޢުލަތް ހިނގާތަން އަޅުގަނޑުމެންނަށް މިއަދު ފެނިވަޑައިގަންނަވާ ކަމަށެވެ. އަދި ރައްޔިތުންގެ އަޑުއަހަން މިއަދި ތިބީ އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީ އެކަނިކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.

އެހެންކަމުން ރައްޔިތުންނާއެކު މިރޭ ވެސް މުޒާހަރާއަށް ނިކުމެވަޑައިގަންނަވާނަން ކަމަށާއި، މި ގޮތުން މިރޭ 20:30 ގައި މުޒާހަރާއަށް ރައްޔިތުން ވެސް ނިކުންނާނެކަމަށް ޝިޔާމް ވިދާޅުވިއެވެ. ޝިޔާމް ވިދާޅުވީ ރައްޔިތުން މިރޭ މުޒާހަރާއަށް ނިކުންނައިރު، އިދިކޮޅު ކޯލިޝަނުގެ އިސްބޭފުޅުން ރައްޔިތުންނާ އެއްސަފެއްގައި ތިބޭނެކަމަށާއި، އެންމެ ކުރީސަފުގައި އެ ބޭފުޅާ ވެސް ހުންނަވާނެ ކަމަށެވެ.

”އަޅުގަނޑުމެންގެތެރެއިން އެއްވެސް ބޭފުޅަކު އެ ދައްކާ ބިރަކަށް އަޅުގަނޑުމެންނެއް ބޮލެއް ނުލަނބާނެ އިނގޭތޯ. އަޅުގަނޑުމެން ބިރެއް ނުގަންނާނެ ބިރުދައްކަން އެ ކުރާ މަސައްކަތްތަކަކަށް. އަޅުގަނޑުމެންނެއް ތަބައެއްނުއެއްވާނަން. ދެން އަޅުގަނޑުމެންނަށް މަޢުލޫމާތު ލިބެނީ މިރޭވެސް އެބަ ރައްޔިތުން ނިކުމޭ. ރައްޔިތުން ނިކުންނައިރު އަޅުގަނޑުމެން ތިބޭނީ އެންމެ ކުރީ ސަފުގަ. އަޅުގަނޑުމެން މިއަދު ރައްޔިތުންގެ އަޑެއް ސަރުކާރުން ނާހާ. ރައްޔިތުން ވެރިކަމަށް ގެނައިމާ ރައްޔިތުން އަޑުނާހާ ސަރުކަރު ތިންބާރު އެއްކޮށްލައިގެން ދަޢުލަތް ހިނގާތަން އަޅުގަނޑުމެންނަށް މި ފެންނަނީ، ރައްޔިތުންގެ ައަޑުއަހަން މިތިބީ އަޅުގަނޑުމެން އެކަނި. އެހެންވީމަ ރައްޔިތުންނާއެކު އަޅުގަނޑުމެން ނިކުންނާނަަން މިރޭ. މިރޭވެސް އަޅުގަނޑަށް މަޢުލޫމާތު ލިބެނީ، މިރޭ 20:30 ގަ އެބަ ނިކުމެއޭ. އެހެންވީމަ އަޅުގަނޑުމެން ތިބޭނަން ރައްޔިތުންނާ އެއްސަފެއްގަ. އެންމެ ކުރީ ސަފުގަ އަޅުގަނޑުމެން ތިބޭނަން. އެ އެއްވުމުގަ އެ މުޒާހަރާގަ. އެ ޔަޤީންކަން އަޅުގަނޑުމެން ހަމަ ހުރިހައި ލޮބުވެތި ރައްޔިތުންނަށް އަރުވަން.“ ޝިޔާމް

26 ވަނަ ދުވަހުގެރޭ އިދިކޮޅުން ބޭއްވި މުޒާހަރާގެތެރެއިން. ފޮޓޯ: ސޯޝަލް މީޑިއާ

ރައްޔިތުންނާއެކު މިރޭ މުޒާހަރާއަށް ނިކުމެވަޑައިގަންނަވާނެކަމަށް ޝިޔާމް ވިދާޅުވެފައިވާއިރު، އިދިކޮޅު ކޯލިޝަނުން ވަނީ މި މަހުގެ 26 ވަނަ ދުވަހުގެރޭގައި ވެސް މާލޭގެ މަގުތަކުގައި މުޒާހަރާކޮށް އަޑުއުފުލާފައެވެ. އެ މުޒާހަރާ ކުރިއަށް ދިޔައިރުގައި ފުލުހުން ވަނީ މުޒާހަރާ ރޫޅާލުމަށް މަސައްކަތްކޮށްފައެވެ. ނަމަވެސް މަޖީދީމަގާއި، ޗާންދަނީ މަގު ގުޅުނު ހިސާބުން ފެށި މުޒާހަރާ ނިންމައިލީ ޕީޕީއެމްގެ އޮފީހާއި ހިސާބަށް އައިސް ސަރުކާރާ ދެކޮޅަށް އަޑުއުފުލުމަށް ފަހުގައެވެ. އެ މުޒާހަރާގައި ދެ މީހަކު ހައްޔަރުކޮށް، އޭގެ އިތުރުން އެ މުޒާހަރާއާއި ގުޅިގެން ޕީއެންސީގެ ނައިބުރައީސް މުޙައްމަދު ނިމާލާއި، ހޯރަފުށީ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު މުޙައްމަދު އިސްމާއީލް ފުލުހަށް ހާޒިރުކުރުމަށް ވަނީ ޗިޓު ފޮނުވާފައެވެ.

މި ކަމާއި ބެހޭގޮތުން ޝިޔާމް ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް އިދިކޮޅު ޕާޓީގެ ލީޑަރަކަށް ހުންނެވިއިރުގައި، އެ މަނިކުފާނަކަށް އޭރުގަ ޤާނޫނީ ގޮތުން އުފެދިފަ އޮތް ސަރުކާރެއް ފެނިވަޑައި ނުގަންނަވާކަމަށެވެ. އަދި ޕީއެންސީގެ ނައިބުރައީސް މުޙައްމަދު ނިމާލާއި، ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އިސްމާއީލް ފުލުހަށް ހާޒިރުކުރުމަށް އެ ދެ ބޭފުޅުންނަށް ފުލުހުން ފޮނުވި ޗިޓުގައި އޮތީ، ޤާނޫނީ ގޮތުން އުފެދިފައި އޮތް ސަރުކާރެއް ވައްޓާލުމަށް ނުވަތަ ސަރުކާރަކާއި ދެކޮޅަށް ޤާނޫނަކަށް ރިފަރކޮށްފައި، ޤާނޫނާއި ޚިލާފު އިހުތިޖާޖަކަށް ނިކުތް ވާހަކަކަމަށް ޝިޔާމް ވިދާޅުވިއެވެ.

މީގެ އިތުރުން ޝިޔާމް ވިދާޅުވީ ރައީސް ޞާލިޙް އިދިކޮޅު ޕާޓީގެ ލީޑަރަކަށް ހުންނެވިއިރުގައި ވެސް ކަން އޮތީ ހަމަ މި ގޮތަށްކަމަށާއި، އޭރު ވެސް، އެ މަނިކުފާނު އިންޓަވިއުތައް ދެއްވާފައި ވިދާޅުވީ، އެއްވެއުޅުމުގެ ޤާނޫނަށް ގެނެސްފައި އޮތް އިސްލާހަށް ބައްލަވާކަށް ނެތްކަމަށެވެ. އަދި ހުރިހައި އެންމެން މަގުމައްޗަށް ނިކުތުމަށް ވެސް އޭރު ރައީސް ޞާލިޙް ވިދާޅުވެފައިވާކަން ޝިޔާމް ފާހަގަކުރެއްވިއެވެ.

ޕީއެންސީގެ ނައިބު ރައީސް މުޙައްމަދު އަނިލް . ފޮޓޯ: ސަން

”ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް އޭރު މި އިދިކޮޅު ޕާޓީގެ ލީޑަރަކަށް ހުންނެވިއިރުގަ އެ މަނިކުފާނަކަށް މި ނުފެނޭ އޭރުގަ ޤާނޫނީ ގޮތުން އުފެދިފަ އޮތް ސަރުކާރެއް، ޗިޓުގަ އޮތީ ޤާނޫނީ ގޮތުން އުފެދިފަ އޮތް ސަރުކާރެއް ވައްޓާލުމަށް ނުވަތަ ސަރުކާރަކާ ދެކޮޅަށް ޤާނޫނަކަށް ރިފަރކޮށްފަ އިހުތިޖާޖަކަށް ނިކުތުން ޤާނޫނާއި ޚިލާފު އިހުތިޖާޖަކަށް ނިކުތް ވާހަކައޮތީ. ހަމަ މި ގޮތަށް އޮތީ އޭރުގަ ވެސް. ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އޭރުގަ އިދިކޮޅުގަ ހުންނެވިއިރުގަ ވެސް އެ މަނިކުފާނު އިންޓަވިއުތައް ދެއްވާފަ އެ ވިދާޅުވަނީ، އެއްވެއުޅުމުގެ ޤާނޫނަށް ގެނެސްފަ އޮތް އިސްލާހަށް ތިމަންނަމެން ބަލާކަށް ނެތީމޭ. ހުރިހައި އެންމެން މަގުމައްޗަށް ނިކުންނާށޭ. އެހެންވީމަ ޤައުމުގެ މިއަދުގެ ވަލިއްޔުލް އަމްރަށް ހުންނެވި ބޭފުޅެއްގެ ވިސްނުންފުޅާއެކީގަ ރައްޔިތުން ކުރިއަށްދާކަމަށް އަޅުގަނޑުމެން މި ބަލަނީ، އެހެންވީމަ އަޅުގަނޑުމެން އެ ގޮތަށް ނުހުއްޓުވޭނެ ޗިޓު ފޮނުވިޔަސް. އަޅުގަނޑު ޤަބޫލުކުރާގޮތުގަ އިތުރު ހިތްވަރެއް އަޅުގަނޑުމެންނަށް ލިބިގެންދާނެ މި ކުރާ މަސައްކަތަށް. އަޅުގަނޑުމެން މި ކުރަނީ ސިޔާސީ މަސައްކަތެއް ނޫން، އަޅުގަނޑުމެން މި ކުރަނީ ޤައުމީ މަސައްކަތެއް،“ ޝިޔާމް

ޝިޔާމް ވިދާޅުވީ،ޕީއެންސީގެ ނައިބުރައީސް މުޙައްމަދު ނިމާލާއި، ހޯރަފުށީ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު މުޙައްމަދު އިސްމާއީލް ފުލުހަށް ހާޒިރުކުރުމަކުން، އެ ކުރައްވާ މަސައްކަތަށް ބަދަލެއް ނުގެންނަވައި ހިތްވަރާއެކު ކުރިއަށް ވަޑައިގަންނަވާނެ ކަމަށެވެ. އަދި މި ކުރަނީ ސިޔާސީ މަސައްކަތެއް ނޫންކަމަށާއި، ޗިޓުމައްޗަށް ޗިޓު ފޮނުވިޔަސް އެންމެ ފިޔަވަޅެއް ވެސް ފަހަތަށް ނާޅުއްވާނެ ކަމަށެވެ. އަދި އެއީ ޤައުމީ މަސައްކަތަކަށް ވާތީކަމަށް ވެސް ޝިޔާމް ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: