ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާ ސަރުކާރުގެ އެހީގައި ކުރިއަށްގެންދާ މަސައްކަތްތަކަށް ބޭނުންވާ 85 މިލިއަން ހަވާލުކޮށްފި

އިންޑިއާ ސަރުކާރުގެ އެހީގައި ކުރިއަށްގެންދާ މަސައްކަތްތަކަށް ބޭނުންވާ 85 މިލިއަން ހަވާލުކޮށްފި
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާ ސަރުކާރުގެ އެހީގައި ކުރިއަށްގެންދާ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތަކަށް ބޭނުންވާ ފައިސާ އިންޑިއާ ސަރުކާރުން ރަމްޒީކޮށް ހަވާލުކުރުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ.

މިއަދު ހަވީރު މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގައި ބޭއްވި ރަސްމިއްޔާތެއްގައި 85 މިލިއަން ރުފިޔާގެ އެހީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުއާ ހަވާލުކޮށްދެއްވީ އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރުއެވެ.

މިއާއެކު ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ކުރިއަށްގެންދާ 9 މަޝްރޫޢެއްގެ އަމަލީ މަސައްކަތް ފެށުމަށް ބޭނުންވާ ފައިސާ ހަމަޖެހިގެންދާނެއެވެ. މި 9 ޕްރޮޖެކްޓަކީ އައްޑޫ ސިޓީ ހިތަދޫ، މަރަދޫ އަދި ހުޅުމީދޫގައި ގޭދޮށު މަސް ފެކްޓްރީ ޤާއިމްކުރުމުގެ މަޝްރޫޢާއި، އައްޑޫ ސިޓީ ހިތަދޫ، މަރަދޫ، ފޭދޫ، ހުޅުދޫ އަދި މީދޫގައި ފަތުރުވެރިކަމުގެ ޒޯންތައް ތަރައްޤީކުރުމުގެ އިތުރުން ހއ ހޯރަފުށީގައި ބޯފެން ބަންދުކުރާ ޕްލާންޓެއް ޤާއިމްކުރުމުގެ ޕްރޮޖެކްޓެވެ. މި ޕްރޮޖެކްޓްތައް ހިންގުމުގެ އެއްބަސްވުމުގައި މިހާރު ވަނީ ސޮއިކުރެއްވިފައެވެ.

މި ޕްރޮޖެކްޓްތަކަކީ 2019 މާޗް 17 ވަނަ ދުވަހު ދިވެހިރާއްޖެއާ އިންޑިއާ އާ ދެމެދު ސޮއެކުރެވުނު އެހީގެ އެއްބަސްވުމުގެ ދަށުން ކުރިއަށްގެންދާ ޕްރޮޖެކްޓްތަކެވެ.

ޕްރޮޖެކްޓްތަކަށް ބޭނުންވާ ފައިސާ ދިވެހި ސަރުކާރާ ހަވާލުކުރުމުގެ ރަސްމިއްޔާތުގައި އައްޑޫ ސިޓީ އަދި ހޯރަފުށީގެ މަޖިލިސް މެމްބަރުންނާއި ފޮރިން މިނިސްޓްރީ އަދި އިންޑިއާ ހައިކޮމިޝަންގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ. އަދި އައްޑޫ ސިޓީ މޭޔަރާއި، ހޯރަފުށީ ކައުންސިލްގެ ރައީސްގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އޮފިޝަލުންނާއި، ފިނޭންސް މިނިސްޓްރީގެ އޮފިޝަލުންގެ އިތުރުން އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ އޮފިޝަލުން ވަރޗުއަލްކޮށް ބައިވެރިވެވަޑައިގަތެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: