ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާންމު ޚިދުމަތްދޭ 27 ތަނެއް ބަންދުކޮށްފި

ފޮޓޯ: އަވަސް އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

ހެލްތު ޕްރޮޓެކްޝަން އެޖެންސީއިން ކުރިއަށްގެންދާ އިންސްޕެކްޝަންގެ ދަށުން އާންމު ޚިދުމަތްދޭ 27 ތަނެއް ބަންދުކޮށްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީއިން ބުނީ އިންސްޕެކްޝަންގެ ފުރަތަމަ ދުވަހު 52 ތަނެއް ބަލައި ފާސްކުުރެވުނު ކަމަށާއި އޭގެ ތެރެއިން 27 ތަނެއް ބަންދުކުރެވިފައިވާ ކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ 17 ކެފޭ، ރެސްޓޯރަންޓަކާއި، 9 ފިހާރައެއްގެ އިތުރުން 1 ސެލޫނެވެ.

ކޮވިޑް-19އާއި ގުޅިގެން އައު އާންމު ހާލަތަށް ރުޖޫއަވުމުގައި އާންމު ޚިދުމަތްދޭ ތަންތަނުގައި ރައްކާތެރިކަމާއެކު ޚިދުމަތް ދިނުމުގެ އިންތިޒާމް ހަމަޖެއްސުމަކީ ބަލި ފެތުރުން މަދުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް އެޗްޕީއޭއިން ފާހަގަކުރެއެވެ. އަދި މިފަދަ ތަންތަނުން އާންމު ޚިދުމަތް ފޯރުކޮށްދޭންވާނީ ކޮވިޑް-19އާއި ގުޅިގެން އެއެޖެންސީއިން އާންމުކޮށްފައިވާ އުސޫލުތަކާއި އެއްގޮތަށްކަމަށް އެޗްޕީއޭއިން ފާހަގަކުރެއެވެ.

އާންމު ޚިދުމަތްދޭ ބައެއް ތަންތަނުގައި އެޗްޕީއޭގެ އުސޫލުތަކާއި އެއްގޮތަށް އަމަލުކުރަމުން ދިޔަ ކަމުގައިވިޔަސް، ބައެއް ތަންތަނުން އެއުސޫލުތަކާއި އެއްގޮތަށް އަމަލުކުރަމުން ނުދާކަން އާންމުންވެސް ފާހަގަކުރެއެވެ.

މިއީ ކޮވިޑްް-19އާއި ގުޅިގެން އެޗްޕީއޭއިން ކުރިއަށްގެންދާ މިފަދަ ދެވަނަ އިންސްޕެކްޝަނެވެ. އާންމު ޚިދުމަތްދޭ ތަންތަނުގެ ތެރެއިން އުސޫލާއި ދެކޮޅަށް ޚިދުމަތްދިން ބައެއް ތަންތަން މީގެ ކުރިންވެސް ވަނީ ޖޫރިމަނާކޮށް، ފިޔަވަޅު އަޅާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: