ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޭރަށް ނުކުންނައިރު މާސްކް އެޅުން މަޖުބޫރުކޮށްފި!

ޝެއާރކޮށްލާ ކަހަލަދޯ؟

ބޭރަށް ނުކުންނައިރު މާސްކް އެޅުން މަޖުބޫރު ކޮށްފިއެވެ.

ރައީސް އޮފީހުން ކުރި ޓުވީޓެއްގައި ބުނެފައިވަނީ މިހާރުން ފެށިގެން މާސްކް އެޅުން މަޖުބޫރުކަމަށާއި، އަދި ތަންތަނަށް ދިޔުން ވީހާވެސް މަދުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އަދި ގިނަގިނައިން އަތް ދޮވުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދުވެސް ވަނީ ޓާސްކް ފޯހުގެ މެމްބަރުންނާއި ބައްދަލުކުރައްވާފައެވެ. އަދި މިބައްދަލުވުމުގައި ލޮކްޑައުންއަކަށް ދިޔުމަކީ އެންމެ ބުއްދިވެރި ގޮތެއްނޫން ކަމަށް ނިންމާފައިވާކަމަށްވެސް ރައީސް އޮފީހުގެ ޓުވީޓުގައިވެއެވެ.

ބޭރު ތެރޭ އުޅޭމުންދާއިރު ގިނަ ބަޔަކު މާސްކް އަޅައިގެން އުޅުނު ނަމަވެސް، ބައެއް މީހުން އެއްވެސް ގޮތަކަށް މާސްކް ނާޅާކަން ފާހަގަކޮށްލެވެއެވެ. އަދި މިކަމުގެ ސަބަބުން އާންމުން ނުރުހުން ފާޅުކޮށް މާސްކް އެޅުން މަޖުބޫރުކުރުމަށްވެސް ގިނަ ބަޔަކު ވަނީ ގޮވާލާފައެވެ.

ކޮވިޑް-19ގެ ކޭސްތައް ފެންނަމުންދާ މިންވަރު އަނެއްކާވެސް އިތުރުވަމުންދާއިރު، ލޮކްޑައުންއަކަށް ދިޔުމާމެދު އާންމުންގެ މެދުގައިވެސްވަނީ ޚިޔާލު ތަފާތުވުންތައް އުފެދިފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: