ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔާސިރު ބުނީ ޖަލުގައި ހުންނަން ޖެހިއްޖެނަމަ ފުރާނައަށް ނުރައްކާވެދާނެކަމަށް، ސިވިލް ކޯޓުން ބުނީ ޔާސިރު ގޭ ބަންދަށް ބަދަލުކުރަންޖެހޭ ހާލަތެއް ނެތްކަމަށް

ޔާސިރު ޔަޙްޔާ ޞާލިޙް މުތީއު. ފޮޓޯ: ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގައި ބަންދުކޮށްފައި ހުންނަ ޔަމަނުގެ ޔާސިރު ޔަޙްޔާ ގޭބަންދަށް ބަދަލުކުރުމުގެ ވަގުތީ އަމުރެއް ނެރެދެވެން ނެތްކަމަށް ސިވިލް ކޯޓުން ބުނެފިއެވެ.

އަޙްމަދިއްޔާ ސުކޫލާއި، ޢަރަބިއްޔާ ސުކޫލުގައި ޢަަރަބި މުދައްރިސެއްގެ ވަޒީފާގައި ކުރިން އުޅުނު ޔާސިރު ޖަލުގައި ހައްޔަރުކޮށްފައިވަނީ، 2017 ވަނަ އަހަރުގެ މާރިޗުމަހުގެ 03 ވަނަ ދުވަހުގެރޭގެ 11:45 ހާއިރު ކޯޓު އަމުރެއްގެދަށުންނެވެ. މި ގޮތުން އޭރު އޭނާ ހައްޔަރުކުރީ، ހަނގުރާމައަށް މީހުން ފޮނުވުމުގެ ތުހުމަތުގައެވެ. އެ މައްސަލައިގައި ޔާސިރުގެ ކައިވެނީގެ ވިސާ ކެންސަލްކޮށް، ޑީޕޯޓުކުރުމަށް ދަޢުލަތުން ވަނީ ނިންމާފައެވެ.

ޔާސިރުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވަނީ، އޭނާގެ ވިސާ ކެންސަލްކޮށް، އޭނާ ޑީޕޯޓުކުރަން ދިވެހި ދަޢުލަތުން ނިންމި ނިންމުން ބަދަލުކޮށްދިނުމަށެވެ. މި ގޮތުން މި މައްސަލައިގައި އޭނާގެ މައްޗަށް ގޮތެް ނިމުގެ ކުރިން، ގޭބަންދަށް ބަދަލުކުރުމުގެ އަމުރެއް ނެރެދިނުމަށް ސިވިލްކޯޓުގައި އެދިފައިވަނީ، މި މަހުގެ 13 ވަނަ ދުވަހުގައެވެ.

ޔާސިރުގެ ފަރާތުން ހުށަހެޅި މައްސަލައިގައި ވަނީ، ބަންދުކޮށްފައި ހުރުމުގެ ސަބަބުން އޭނާގެ ސިއްހަތަށް ގެއްލުންވާ ކަމަށާއި، ނަފްސާނީ ބަލިމަޑުކަމެއް ހުންނަކަމަށް ބުނެފައެވެ. އަދި އެ މައްސަލައިގައި ގޮތެއް ނިމެންދެން ބަންދުގައި ހުންނަން ޖެހިއްޖެނަމަ ފުރާނައަށް ނުރައްކާވެދާނެކަމަށް ވެސް ބުނެފައިވެއެވެ.

ނަމަވެސް މި މައްސަލައިގައި ސިވިލް ކޯޓުން މި މަހުގެ 21 ވަނަ ދުވަހުގެ ނެރުނު އަމުރުގައި ބުނީ، ޝަރީޢަތުގެ ޢަދާލަތު ހަމައަށް ރިޢާޔަތްކޮށް އެކަށައަޅާފައިވާ ހަމަތަކާއި، ޝަރީޢަތްކުރުމުގެ ޤަވާޢިދުގެ 06 ގެ 295 ވަނަ މާއްދާގެ މައްޗަށް ރިޢާޔަތްކުރާއިރު، ވަގުތީ އަމުރެއް ނެރެންޖެހޭ ހާލަތެއް ނެތްކަމަށެވެ.

2019 ވަނަ އަހަރުގެ ޖޫންމަހުގެ 26 ވަނަ ދުވަހު ބަނޑުހައިހޫނުކަމުގެ ހަޅުތާލުތައް ފެށި ޔާސިރު ކެއުމަށް އިންކާރުކުރުމުގެ ސަބަބުން ހާލު ސީރިއަސްވަމުންދާތީ، މި މަހުގެ 21 ވަނަ ދުވަހު އައިޖީއެމްއެޗަށް ގެންގޮސް ޔާސިރަށް ވަނީ ފަރުވާދޭން ފަށާފައެވެ. ދިވެއްސަކާއި ކައިވެނިކޮށްގެންއުޅޭ ޔާސިރު ބަނޑުހައިހޫނުކަމުގެ ހަޅުތާލުތައް ފަށާފައިވަނީ، އޭނާ ބަންދުކުރިފަހުން 02 އަހަރަށްވުރެ ގިނަދުވަސް ފާއިތުވެ، ސަރުކާރުގެ އެއްވެސް އިދާރާއަކުން އެ މައްސަލައަށް ހައްލެއް ހޯދައިނުމަށް މަސައްކަތްކޮށްދެއްވާފައި ނުވާތީކަމަށް، ޔާސިރުގެ ޢާއިލާއިން ވަނީ ބުނެފައެވެ. އޭރު ޔާސިރުގެ ޔޫރިންއަށް ލޭ އެޅި، 106 ކިލޯއިން، 53 ކިލޯއަށް އޭނާގެ ބަރުދަން ވަނީ ލުއިވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: