ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާފުށިގައި ހޯމްކަރަންޓީނުގައި ތިބި ދެ މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ކ.މާފުށި. ފޮޓޯ: ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ކ.މާފުށިގައި ހޯމްކަރަންޓީނުގައި ތިބި ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

”ސަންގަށް“ މަޢުލޫމާތު ދެއްވަމުން މާފުށީ ކައުންސިލްގެ ނައިބު ރައީސް ނަޝީދާ އާދަމް މިއަދު ވިދާޅުވީ، މާފުށީގައި ހޯމް ކަރަންޓީނުގައި ހުރި އަންހެނެއްގެ އިތުރުން ކުޑަކުއްޖަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. ނަޝީދާ ބުނުއްވި ގޮތުގައި، ޕޮޒިޓިވް އަންހެން މީހާއާއި، ކުޑަކުއްޖާ ހޯމް ކަރަންޓީނިގައި ތިބީ، ވަކިން ދެ ގެއެއްގައެވެ.

ނަޝީދާ ބުނުއްވީ، އެ ދެ މީހުނަކީ މާލެއިން އެ ރަށަށް ގޮސް ހޯމް ކަރަންޓީނުގައި ތިބި ދެ މީހުން ކަމަށާއި، އެ މީހުންގެ ކަރަންޓީނުގެ މުއްދަތު ހަމަވެފައިވަނީ، މި ހުސްވި މަހުގެ 30 ވަނަ ދުވހުގައެވެ. މި ގޮތުން އެ ދެ މީހުންގެ ކަރަންޓީނުގެ މުއްދަތު ހަމަވުމުން ނެގި ސާމްޕަލްގެ ނަތީޖާ ލިބިފައިވަނީ ޙައްޖުދުވަހުގެ ހަވީރުގައިކަމަށް ވެސް ނަޝީދާ ބުނުއްވިއެވެ.

ރާއްޖެއިން ކޮވިޑް-19 އަށް މިހާތަނަށް 3،793 މީހުން ޕޮޒިޓިވްވެފައިވާއިރު، އެކިރަށްރަށުން ދަނީ ޕޮޒިޓިވް ކޭސްތައް ފެންމަތިވަމުންނެވެ. މި ގޮތުން މި ބައްޔަށް ޕޮޒިޓިވްވެފައިވާ މީހުން މިހާރު ތިބި ރަށްރަށުގެތެރޭގައި، ހއ.ކެލާ އާއި، ރ.އިނގުރައިދުއާއި، ބ.އޭދަފުސްޓާއި، ބ.ކަމަދުއާއި، ސީސައިޑް ފިނޮޅު ރިސޯޓު ހިމެނެއެވެ. އޭގެ އިތުރުން ވ.ފުލިދުއާއި، ޅ.ކުރެންދުއާއި، އެ އަތޮޅު ހިންނަވަރު ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: