ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2023ގެ އިންތިޚާބުގައި އިދިކޮޅުން ވާދަކުރައްވާނީ ރައީސް ޔާމީން: އަދުރޭ

ރައީސް ޔާމީނާއި ޕީއެންސީގެ ރައީސް އަބްދުއްރަހީމް
ޝެއާރކޮށްލާ ކަހަލަދޯ؟

2023 ވަނަ އަހަރު އިދިކޮޅު ކޯލިޝަނުން ވާދަކުރައްވާނެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަބްދުއްރަހީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޕީޕީއެމް/ޕީއެންސީގެ ޖޮއިންޓް ކައުންސިލްގެ އިއްތިފާގުން 2023 ވަނަ އަހަރު އިދިކޮޅު ކޯލިޝަންގެ ޓިކެޓުގައި ވާދަކުރައްވާނެ ކެންޑިޓޭޓެއްގެ ގޮތުގައި ރައީސް ޔާމީން ކަނޑައަޅުއްވާފައިވާ ކަމަށެވެ. އަދި މިހާރުވެސް އިދިކޮޅު ލީޑަރަކީ ރައީސް ޔާމިންކަމަށް ވިދާޅުވިއެވެ.

އަބްދުއްރަހީމް މިހެން ވިދާޅުވެފައިމިވަނީ ދާދިފަހުން، ސަރުކާރަށް އިދިކޮޅާއި މަޝްވަރާކުރެއްވުމަށް އިދިކޮޅުގެ ލީޑަރަކީ ކޮބައިކަން އެނގެންޖެހޭކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނިކޮށެވެ. މިނިވަން ދުވަހު ގައުމާއި މުހާތަބުކުރައްވައި ދެއްކެވި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މަޝްވަރާއަށް އައުމަށް އިދިކޮޅު ކޯލިޝަނަށް ގޮވާލައްވާފައެވެ.

މިކަމާއި ގުޅިގެން އިދިކޮޅު ކޯލިޝަނުން ބުނީ އިދިކޮޅުގެ ކަންބޮޑުވުންތައް ހިއްސާކުރުމަށް ރައީސް ސޯލިހާއި ބައްދަލުކުރެއްވުމަށް އެޕޮއިންޓެމަންޓަކަށް އެދި ހުށަހަޅާފައިވާތާ ތިން މަސް ދުވަސް ވެއްޖެ ކަމަށެވެ. އެހެން ނަމަވެސް މިހާތަނަށް އޭގެއިން އެއްވެސް ހުށަހެޅުމަކަށް ޖަވާބެއް ލިބިފައިނުވާ ކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ.

ދާދިފަހުން އެމްޑީޕީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވަނީ، ސަރުކާރާއި އިދިކޮޅުން މަޝްވަރާކުރެއްވުމަކީ އެމަނިކުފަނު މަރުހަބާ ދަންނަވާނެ ކަމެއްކަމަށެވެ. އެހެންނަމަވެސް، މަޝްވަރާއަށް ދާނަމަ އިދިކޮޅު ލީޑަރަކީ ކޮބައިކަން ސާފުވާން ޖެހޭ ކަމަށާއި، އެ ލީޑަރުގެ ކެބިނެޓަކީ ކޮބައިކަން ވެސް އެނގެން ޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ. ރައީސް ސޯލިހަކީ ޚުދުމުހުތާރުކޮށް އެއްވެސް ކަމެއް ނިންމަވާނެ ބޭފުޅެއް ނޫންކަމަށާއި ރައީސް ކަންކަން ކުރިއަށް ގެންދަވާނީ މަޝްވަރާގެ މަތިންކަން އެނގިވަޑައިގަންނަވާކަމަށް ވިދާޅުވިއެވެ.

ރައީސް ސޯލިހު މަޝްވަރާއަށް އައުމަށް ގޮވާލާފައިވާއިރު، އިދިކޮޅުން އަންނަނީ އިހުތިޖާޖުތަކެއްގައިވެސް ބައިވެރިވަމުންނެވެ. އެހެންނަމަވެސް، މިއިހުތިޖާޖުތަކަކީ އިދިކޮޅު ކޯލިޝަނުން ބާއްވަމުންދާ މުޒާހަރާތަކެއް ނޫންކަމަށާއި އެއީ ރައްޔިތުން ކުރާ މުޒާހަރާތަކެއްކަމަށް އިދިކޮޅު ކޯލިޝަނުން ބުނެއެެވެ. އެހެންނަމަވެސް، މުޒާހަރާގެ ބައިވެރިން އަންނަނި ރައީސް ޔާމީން މިނިވަންކުރެއްވުމަށް ގޮވާލަމުންނެވެ. އަދި ސަރުކާރުގެ ސިޔާސަތުތަކަށާއި ނިންމެވުންތަަކަށް އަދު ވަކި ވަކި މުއައްސަސާތަކަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.

އިދިކޮޅު ލީޑަރަކީ ކޮބައިކަން ސާފުވާންޖެހޭކަމަށް ރައީސް ނަޝީދު ވިދާޅުވުމާއި ގުޅިގެން ރައީސް ނަޝީދަށްވެސް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ. އެގޮތުން ވާދަވެރި ޕާޓީތަކުން މަޝްވަރާ ކުރެއްވުމަށް ރައީސް ސޯލިހް ދައުވަތު ދެއްވާފައިވީ ނަމަވެސް، އިދިކޮޅުން މަޝްވަރާ ކުރަންވީ ކޮން ރައީސަކާތޯ އޮޅޭ ހިސާބަށް ކަންކަން ގޮސްފައިވާކަމަށް ބުނެ ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއުވެސް ވަނީ ރައީސް ނަޝީދު ދެއްކެވި ވާހަކަތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

 

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: