ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒުހުދާގެ ނަމުގައި ކުރިން އުޅުއްވި މިނިސްޓަރު ނަހުލާ ފިއްލަވައިފި

މިނިސްޓަރު ނަހުލާ. ފޮޓޯ: ދަ ޕްރެސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އިގެ ބަލިމަޑުކަމަކީ، ޒިންމާތަކާއި މަސްއޫލިއްޔަތުތަކުން އެއްފަރާތްވުމަށް ދައްކަން އޮތް ބަހަނާއެއްނޫނެވެ. ޒިންމާދާރު މީހަކީ، ކޮންމެ ހާލެއްގައި ވެސް، ކޮންމެ ހާލަތެއްގައި ވެސް، އެ މީހަކާއި ހަވާލުކުރެވިފައިވާ ޒިންމާތައް، އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާކުރާ މީހާއެވެ. ކޮވިޑަކަސް އަދި އެހެން ބަލިމަޑުކަމަކަސް، ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު، ސާބިތުކަމާއެކު މަސައްކަތުގައި ދެމިހުންނަ މީހާއެވެ. ކޮންމެ މީހަކާއި ވެސް ޒިންމާތައް ހަވާލުކުރެވެނީ، އެ މީހަކަށް ވަރަށް އިތުބާރުކޮށްފައެވެ. ނަމަވެސް އާޚިރުގައި ފެންނަނީ، ކޮނޑުގައި އެޅިފައިވާ މަސްއޫލިއްޔަތުތަކުގެ މަތިން ހަނދާންނެތޭ މަންޒަރެވެ.

ދަންނަވައިލަން މި އުޅެނީ، ކޮވިޑް-19 އައިފަހުން ފެނިގެއްލިދާ ކަނބަލެއްގެ ވާހަކަ ދަންނަވައިލާށެވެ. ކޮންމެގޮތަކުން ވިޔަސް މަޤާމެއްގެ މަސްއޫލިއްޔަތު އަދާކުރައްވަން ފުރުސަތު ލިބިވަޑައިގަތީމާ އެކަމުން ރެކިވަޑައިގަންނަވަން އުޅުއްވާ ކަނބަލެއްގެ ވާހަކަ ދަންނަވައިލާށެވެ. ދަމަކުން ބަޑިއެއްޖަހާހެން ފެނިލާފާނެއެވެ. އެއަށްފަހު ”ޤަރުނެއްވަންދެން“ ފިއްލަވައިގެން ވެސް އުޅުއްވާފާނެއެވެ. އަޅުގަނޑު ޤަބޫލުކުރަމެވެ. ކޮވިޑް-19 އިގެ ނުރައްކާތެރިކަން މިހާރު ވަނީ އިހުނަށްވުރެ އިތުރުވެފައެވެ. އިތުރަށް ފިޔަވަޅުތައް ވަރުގަދަކުރަން ވެސް ޖެހިފައެވެ. ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި މާސްކު އަޅައި، ގައިދުރުކަން އިޚުތިޔާރުކުރި ނަމަވެސް، ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތުގައި ”މާސްކު“ އަޅާ، ޒިންމާ އާއި ”ގައިދުރުވެގެން“ ނުވާނެއެވެ. އަދި ކީއްތަ، މި ވަގުތަކީ ރައްޔިތުންނަށް ޚިދުމަތްތައް ފަހިކޮށްދީ، ޤައުމު އާރާސްތުކުރަން ޖެހިފައިވާ ދުވަސްވަރެވެ.

އެހެންނަމަވެސް، ޓްރާންސްޕޯޓް މިނިސްޓަރު ޢާއިޝަތު ނަހުލާ މިއަދު ކޮބައިތޯއެވެ. އަނެއްކާ ގެއްލުނީތޯއެވެ. މިއީ ހައްތާވެސް ހިތުގައި އުފެދޭ ސުވާލުތަކެވެ. އެހެންނަމަވެސް ދޭތެރެއަކުން ފެނިލައެވެ. އަޅުގަނޑު ހަނދާންވާ ގޮތުން މިނިސްޓަރު ނަހުލާ އެންމެފަހުން ފެނުނީ، ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު، ބޯޑަރު އަލުން ހުޅުވައިލި ދުވަހުއެވެ. އޭގެ ކުރިއަށް ބަލާއިރު، ރައްޔިތުން މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީއަށް ނަހުލާ ހާޒިރުކުރިއެވެ. ކޮމިޓީއަށް ހާޒިރުކުރިއިރު، ޒިންމާތައް އަދާނުކުރައްވާތީ ގިނަބަޔަކު ވަނީ، ނަހުލާއަށް ފާޑު ވެސް ކިޔާފައެވެ. ނަމަވެސް، މިނިސްޓަރު ނަހުލާގެ ބަސްފުޅަކަށްވީ، ޒިންމާ އަދާނުކުރެވޭކަމަށް ދެކުމަކީ ކުށްހީއެއް ކަމަށެވެ. އަދި ކަންކަން ކުރައްވާކަން ނޭނގެނީ، މަސައްކަތުގެ ”ފޮޓޯ ޢާންމުނުކުރާތީ“ ކަމަށް ވެސް ވިދާޅުވެފައިވެއެވެ. އަދި ކުރިއަށް އޮތްތަނުގައި ފޮޓޯތައް ޢާންމުކުރައްވާނެކަމަށް ވެސް ވިދާޅުވެފައިވެއެވެ. މީގެ އިތުރުން ޒިންމާއަދާ ކުރެއްވުމަށްޓަކައި، މެންދުމުން އަލިވެ ތިނެއް، ހަތަރެއް، ފަހެއް ޖަހަންދެން ނިދިކުރެއްވުމެއްނެތި، މަސައްކަތްކުރެއްވުމުގައި ހޭދަކުރައްވާކަމަށް ވެސް، ނަހުލާ ވިދާޅުވެފައިވެއެވެ.

ނަމަވެސް މިހައި ހިސާބުން ސުވާލުތައް އުފެދެއެވެ. މިނިސްޓަރު ނަހުލާ ނިދިކުރެއްވުމެއްނެތި، އެ ވަގުތު ހޭދަކުރައްވަނީ ކޮން މަސައްކަތެއްގައިތޯއެވެ. އެ ވަގުތުގައި އަދާކުރައްވަމޭ އެ ވިދާޅުވާ ޒިންމާތަކަކީ ކޮބައިތޯއެވެ ހަމަގައިމުވެސް، ކުރައްވާން ވިދާޅުވެފައި ހުންނެވި ކަންކަން ފެންނަނީއެއްނޫނެވެ. މި ގޮތުން ބަލާއިރު، މިއަހަރު ފުރަތަމަކޮޅުގައި ތަޢާރަފްކުރައްވާނެކަމަށް ވިދާޅުވި މިނީ ބަސްތައް ކޮބައިތޯއެވެ. ހުސްވި އަހަރުގެ ސެޕްޓެމްބަރުމަހުގެ 19 ވަނަދުވަހު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން، މިނީ ބަސް ތަޢާރަފްކުރުމުގެ މަސައްކަތްކުރައްވަމުން ގެންދަވާކަމަށް ވިދާޅުވި ވާހަކައިގެ އަސްލު އެބަ ފެނޭތޯއެވެ. ޓްރެފިކްގެ މައްސަލައަށް ހައްލު ގެނެސްދެއްވާނަމޭ ވިދާޅުވި ވާހަކައިގެ ޙަޤީޤަތެއް އެބައޮތްތޯއެވެ.

ޙަޤީޤަތް އެނގިއްޖެއެވެ. އެ ކަމަނާއަށް، އެ ކަމަނާ އޮޅިވަޑައިގަތީއެވެ. މީގެ ކުރިން ޢާއިޝަތު ޒުހުދާގެ ނަމުގައި، އުޅުއްވި މިނިސްޓަރު ޢާއިޝަތު ނަހުލާއަށް އެވީ ”ކުއްޅަވައްފަލު ރަނިން“ ނަށް ވީކަހަލަ ގޮތެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: