ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައިލާންއިން ރާއްޖެއަށް ”އިޒަބެލް ޑުޕޮންޓް“ ތައާރަފްކޮށް، ހާއްސަ ޕްރޮމޯޝަނެއް!

ކައިލާން ޓްރެންޑްސްއިން ރާއްޖެއަށް އިޒަބެލް ޑުޕޮންޓް ރަސްމީކޮށް ރާއްޖެއަށް ތައާރަފްކޮށް ހާއްސަ ޕްރޮމޯޝަނެއް
ޝެއާރކޮށްލާ ކަހަލަދޯ؟

އިޒަބެލް ޑުޕޮންޓް ރަސްމީކޮށް ރާއްޖެއަށް ތައާރަފްކޮށް، ހާއްސަ ޕްރޮމޯޝަނެއް ކައިލާން ޓްރެންޑްސްއިން ފަށައިފިއެވެ.

ކައިލާންއިން ވަނީ ރާއްޖެއަށް އިޒަބަލް ޑުޕޮންޓް ތައާރަފްކޮށް، މި ބްރޭންޑްގެ ބްރޭންޑް އެމްބެސެޑަރަކަށް މަޝްހޫރު ފިލްމީ ތަރި މަރިޔަމް އައްޒަ ހަމަޖައްސާފައެވެ.

ކުންފުނި ތައާރަފްކުރި މި ޕްރޮޑަކްޓާއި ގުޅޭގޮތުން ކުންފުނީގެ، މެނޭޖިން ޑިރެކްޓަރު އަހުމަދު ސާތިރު ވިދާޅުވީ އިޒަބެލް ޑުޕޮންޓް ބްރޭންޑަކީ ތުރުކީވިލާތުގެ މަޝްހޫރު ބްރޭންޑެއް ކަމަށެވެ. އަދި މި ބްރޭންޑު ކައިލާންއިން ރާއްޖެ ގެނެސް ތައާރަފްކުރީ، މިއީ މިވަގުތު ރާއްޖޭގެ މާކެޓުގައި ހުރި އަގުގެ ގޮތުންނާއި ކޮލިޓީގެ ގޮތުން ވެސް އެންމެ ރަނގަޅު އެއް ބްރޭންޑަށްވުމުން ކަމަށެވެ.

ސާތިރު ވިދާޅުވީ އުންމީދަކީ މި ބްރޭންޑު ޝޯވ ރޫމްއިންނާއި، ކައިލާންގެ ޑިސްޓްރިބިއުޓާސް މެދުވެރިކޮށް އަގުހެޔޮ ރޭޓެއްގައި ފޯރުކޮށްދިނުން ކަމަށެވެ. ސާތިރު ވިދާޅުވީ އާ ބްރޭންޑެއްގެ ލޯންޗިން އާއި އެކު ހާއްސަ ޕްރޮމޯޝަނެއް ގެންދާނެ ކަމަށެވެ. ޑިސްކައުންޓެއް އެކުލެވޭ އެ ޕްރޮމޯޝަން ކުރިޔަށް އޮތް ދެ ހަފްތާއަށް ކުރިޔަށް ގެންދާނެ ކަމަށް ސާތިރު ވަނީ ވިދާޅުވެފައެވެ.

އިޒަބެލް ޑުޕޮންޓްގެ އެމްބެސެޑަރު އައްޒަ މި ރަސްމިއްޔާތުގައި ވިދާޅުވީ، މިއީ މަޝްހޫރު ކޮލިޓީ ބްރޭންޑެއް ކަމަށާއި، ޕްރޮޑަކްޓުގެ އެމްބެސެޑަރުކަން ގަބޫލުކޮށްފައިވަނީ ވެސް ޕްރޮޑަކްޓު ބޭނުންކުރާތާ ހަ މަސްވެފައިވަނިކޮށް ކަމަށެވެ. އައްޒަ ވިދާޅުވީ މި ޕްރޮޑަކްޓަކީ ރާއްޖޭގެ މާހައުލާއި ވެސް ގުޅޭ، އަދި ދިވެހިންގެ ހަންގަނޑާއި ވެސް ގުޅޭ ޕްރޮޑަކްޓެއް ކަމަށެވެ. އެހެންކަމުން މީގެ ތެރޭގައި ބޮޑަށް ހިމެނޭނީ ވެސް، އާއްމުކޮށް ދިވެހިން ބޭނުން ކުރާ ޝޭޑުތައްކަން ވެސް އައްޒަ ފާހަގަ ކުރިއެވެ.

ކައިލާން ޓްރެންޑްސްއިން ރާއްޖެއަށް އިޒަބެލް ޑުޕޮންޓް ރަސްމީކޮށް ރާއްޖެއަށް ތައާރަފްކޮށް ހާއްސަ ޕްރޮމޯޝަނެއް

ކައިލާން ޓްރެންޑްސްއަކީ 2009 ވަނަ އަހަރުން ފެށިގެން ގިނަ ބައެއްގެ މަޤްބޫލުކަން ހޯދާފައިވާ ”ކައިލާން“ ފިހާރައިގެ ސަބް ބްރާންޗެކެވެ. އެ ކުންފުނިން އިންޓަނޭޝަނަލް ކޮސްމެޓިކްސް ބްރޭންޑުތައް ހޯލްސޭލް އަދި ރީޓެއިލް ކުރެއެވެ.

ކައިލާންއިން ލިބެން ހުންނަ ފާހަގަކޮށްލެވޭ ބްރޭންޑުތަކުގެ ތެރޭގައި އިސަބަލް ޑުޕޯންޓް، މޯފޯސް އަދި އަޓަކް ފާހަގަކޮށްލެވެއެވެ. އޭގެ އިތުރުން ޔޫއޭއީގެ މަޝްހޫރު ލަތާފާ ބްރޭންޑާއި، އިންޓަނޭޝަނަލް ބައެއް ބްރޭންޑުތައް ކަމަށްވާ ބެކް، ބެބެކް، ލޭޑީ ސީކްރެޓް، އާމޯރ، އީސީ ފަދަ ބްރޭންޑުތައް ފާހަގަކޮށްލެވެއެެވެ. މީގެ އިތުރުން ކައިލީ ކޮސްމެޓިކްސް އާއި މެކް ކޮސްމެޓިކްސް، ކަލާ ޕޮޕް، ހުދާ ބިއުޓީ ފަދަ މަޝްހޫރު ބްރޭންޑުތައް ކައިލާންއިން ލިބެން ހުންނާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: