އީކޮމާސްގެ ތެރެއިން މުދާ ގަނެ ވިއްކުމާއި، މުދަލާއި ހިދުމަތްތަކުގެ ފުރުސަތުތަކަށް ރާއްޖެ ހުޅުވާލުމަޓަކައި ކުރަންޖެހޭ މަސަތްކަތްތައް ކަމާއި ބެހޭ އިދާރާތަކާއި ރައްޔިތުންގެ މަޖިލީހުން ނުނިދާ ހޭލާތިބެގެން ވެސް ކޮށް ނިންމާ ޖެހޭ ކަމަށް ފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑާ) ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީގައި ވާހަކަ ދައްކަވަމުން ބޮންޑާ ވިދާޅުވީ ކޮވިޑް 19 އާއި ގުޅިގެން ރާއްޖޭގެ އިގްތިސާދު ވެއްޓިފައިވާ ވަޅުގަނޑުން ސަލާމަތް ކުރުމައްޓަކައި އިލެކްޓްރޯނިކް ކޮމާސްގެ ފުރުސަތުތަކަށް ރާއްޖެ ހުޅުވާލުމަޓަކައި ކުރަންޖެހޭ ވަރަށް މުހިތްމު މަސައްކަތް އެބަހުރި ކަމަށެވެ.
ބޮންޑާ ވިދާޅުވީ 2.14 ބިލިއަން ޑިޖިޓަލް ބަޔަރުން ދުނިޔޭގެ އީމާކެޓްތެރޭ ހިމެނޭއިރު އަދި 4.058 ޓްރެލިޔަންގެ ވިޔަފާރި މިއަހަރު ވެސް ކުރާނެ ކަމަށް ތަފާސް ހިސާބް ތަކުން ހާމަވާ ކަމަށެވެ. އަދި ރާއްޖޭ ގެ ކުދި އަދި މެދުފަންތީ ގެ ވިޔަފާރި ތަކަށް މިދޮރުތައް މި ފުރުސަތުތައް ވަނީ މުޅީހެން ބަންދުވެފައި ކަމަށް އޭނާ ވިދާޅުވިއެވެ.
”ރިޔަލްޓައިމް ވިޔަފާރީގެ ތެރޭން ހިންގަން ޖެހޭ މާލީ މުއާމަލާތައް ދުނިޔޭގެ އެހެން ގައުމުތަކާ ކުރެވޭނެ ދޮރުތައްވަނީ ބަންދުވެފައި، މި ކަމުގެ ސަބަބުން ދުނިޔޭގެ މަސްހޫރު އީކޮމާސް ޕްލެޓްފޯމް މެދުވެރިކޮށް ކުރެވެން ހުރި ހުރި ހުރިހާ ވިޔަފާރިތަކެއް ދިވެހި ވިޔަފާރިތަކަށް ވަނީ ބަންދުވެފައި“ ބޮންޑާ ވިދާޅުވިއެވެ.
މީގެ އިތުރުން ބޮންޑާ ވިދާޅުވީ އެ ފުރުސަތު ހުޅުވާލުމައްޓަކައި ޕޭމަންޓް ސިސްޓަމް އެކްޓް އަދި އިލެކްޓްރޯނިކް ސިސްޓަމް އެކްޓް އާއި ޑޭޓާ ޕަރައިވަސީ ލޯ ގެ އިތުރުން ލޯ އޮން ސައިބަރ ސެކިއުރިޓީ، ސައިބަރ ކްރައިމް، ފަދަ ގާނޫނުތައް ނިންމަން ޖެހޭ ކަމަށެވެ.
މީގެން ބައެއް ގާނޫނުތައް މިހާރުވަނީ ޑްރާފްޓިން މަރުހަލާގައި ކަމަށްވިޔަސް އޭގެން އެއްވެސް ޤާނޫނެއްގެ ޑްރާފްޓްވެސް މަޖިލީހަކަށް ލިބިފައިނުވާ ކަމަށް ބޮންޑާ ވިދާޅުވިއެވެ.
ބޮންޑާ ވިދާޅުވި ގޮތުގައި ރަށު ވިޔަފާރި ތަކާއި އަތޮޅު ވިޔަފާރިތައް ދުނިޔެއަށް ހުޅުވާލުމަށް ޓަކައި އަދި ރާއްޖޭގެ އުފެއްދުންތެރިކަން އިތުރު ކުރުމަށްޓަކައި މި މަސަތްކަތްތައް ހޭލާތިބެން ކުރަންޖެހެއެވެ.
ލޮޖިސްޓިކަށް ބަލާއިރު ދުނިޔޭގެ ޓްރޭޑް ރޫޓް މެދުގައި ރާއްޖެއަށް ވިޔަފާރި ކުރުމަށް ހުރި ފުރުސަތުތަކާއި އެޑްވާންޓޭޖްތައް ވަރަށް ގިނަ ކަމަށް ބޮންޑާ ވިދާޅުވިއެވެ.

