ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް-19 އަކީ ބޮޑު ކަމެއް ނޫންކަމަށް މަޖިލީހުގައި ވަކާލާތުކުރި އެންމެން ޤައުމްގެ ހާލަތަށް ޒިންމާވާންޖެހޭނެ: ޑރ ޖަމީލް

ކުރީގެ ނައިބް ރައީސް ޑރ ޖަމީޅް: ފޮޓޯ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެފައިވާއިރު ކޮވިޑް-19 އަކީ ބޮޑު ކަމެއް ނޫންކަމަށް މަޖިލީހުގައި ވަކާލާތުކުރި އެންމެން ޤައުމްގެ ހާލަތަށް ޒިންމާވާންޖެހޭނެ ކަމަށް ކުރީގެ ނައިބް ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ. 

ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެޑުވައިޒަރުގެ މަގާމްވެސް ފުރައްވަމުން ގެންދަވާ ޑރ ޖަމީލް ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ކޮވިޑް-19 އަކީ ބޮޑު ކަމެއް ނޫންކަމަށް މަޖިލީހުގައި ވަކާލާތުކުރި އެންމެން ޤައުމްގެ ހާލަތަށް ޒިންމާވާންޖެހޭނެ ކަމަށެވެ. 

ޑރ ޖަމީލް ވިދާޅުވީ ކޮވިޑުގެ ނުރައްކާ ބޮޑުވެފައިވާއިރު ކަމާއި ގުޅުންހުރި ވަޒީރުން އަވަސްވެގަތީ ފުރުޞަތުގެ ބޭނުންހިފައި ނާޖާއިޒް ފައިދާނަގަން ކަމަށާއި އަދި ރައްޔިތުންގެ މަޖިލީޙުގެ ރައީސް ރައީސް މުހައްމަދު ނަޝީދު އުޅުއްވީ ބަރުލަމާނީ ހުމުގައި ޖެހި ސްޓަންޓް ޖެއްސުމާއި މަޝްހޫރުކަން ހޯއްދެވުމުގައި ކަމަށެވެ. 

ކޮވިޑްއަށް ޕްޒިޓިވްވާ މީހުންގެ އަދަދު އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދިއުމުގެ ޒިންމާ މަޖިލީހުގެ މެމްބަރުން ނަގަން ޖެހޭނެ ކަމަށް ޑޜ ޖަމީލް ވިދާޅުވެފައި މިވަނީ ރާއްޖެިއން ކޮވިޑްގެ ކޭސްތައް ފއެންމެ ފުރަތަމަ ފެނުނު ދުވަސްވަރު ކޮވިޑް ބައްޔަކީ އާދައިގެ ރޯގާއެއް ކަމަށާއި ކޮވިޑާއި ގުޅިގެން އެއްވެސް ތަނެއް ބަންދުކޮށް ނުވަތަ ލޮކްޑައުން ކުރަން ނުޖެހޭނެ ކަމަށް ސަރުކާރަށް ތާއިދު ކުރާ މެމްބަރުން ވިދާޅުވެފައިވާތީއެވެ. 

https://twitter.com/MJameelAhmed/status/1290156161392549895

މީގެއިތުރުން ޑރ ޖަމީލް ވިދާޅުވީ  ނުރައްކަލަށް ޤައުމް ގެނބިގެން ދާއިރު ދެ ދައުލަތެއް ހިންގާ ފަދަ. ސަރުކާރުގެ ބަހެއް މަޖިލީހަކަށް ނުވިކޭ ކަމަށެވެ. އަދި ވިދާޅުވީ  ސަރުކާރުގެ ކަންކަން މިއަދު ހުރި ގޮތުން އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށް ކޮންމެ ބޭފުޅަކުވެސް އެޅެންހުރި ހުރިހާ ފިޔަވަޅެއް އަޅުއްވުން ނޫން ގޮޔެއް ނެތް ކަމަށާއި އަދި  ބަރޯސާވާނެ ސަރުކާރެއް، ރައީސެއް ވެސް ނެތް ކަމަށް ޑރ ޖަމީލް ވިދާޅުވިއެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: