ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިތުރު ފުރަބަންދަކަށް ދިޔުން ރަނގަޅެއް ނޫން: ރައީސް

ޝެއާރކޮށްލާ ކަހަލަދޯ؟

އިތުރު ފުރަބަންދަކަށް ދިއުމަކީ ކުރަން ރަގަޅު ކަމެއްނޫން ކަމަށާއޮ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އެންމެގެ އެއްބާރުލުން މުހިތްމު ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވެފައިވާ އިރު ފައިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭން ރެކޯޑު އަދަދަކަށް ކޮވިޑް ޕޮޒިޓިވް ކޭސްތައް ފެނިފައިވެއެވެ. އެގޮތުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިތުރު 215 މީހަކު ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒީތިވްވިއެވެ.

ރައިސް ސޯލިހު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑް-19 ޖެހޭ މީހުންގެ ޢަދަދު އިތުރުވަމުން އަންނަ ކަމަށާއި ބަލިފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ބޭރުގައި  އުޅުއްވާއިރު މާސްކް އަޅުއްވުމަށް އިލްމާސް ކުރައްވާ ކަމަށެވެ.

މީގެ އިތުރުން އެޗްޕީއޭގެ އެންގުންތަކަށް ޢަމަލުކޮށް ކޮވިޑުން އަރައިގަތުމަށް ހުރިހާ އެންމެން އެއްބާރު ލެއްވުން ވަރަށް މުހިންމު ކަމަށް ރައީސް ވިދާޅުވިއެވެ.

”ކޯވިޑް-19 ޖެހޭ މީހުންގެ ޢަދަދުދަނީ އިތުރުވަމުން. ބަލިފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ބޭރުގައި އުޅުއްވާއިރު މާސްކް އަޅުއްވާ. އެޗްޕީއޭގެ އެންގުންތަކަށް ޢަމަލުކުރައްވާ. ހުރިހާ ބޭފުޅުންގެ އެއްބާރުލެއްވުން ވަރަށް މުހިންމު. އިތުރު ފުރަބަންދަކަށް ދިއުމަކީ ކުރަން ރަގަޅު ކަމެއްނޫން“ ރައީސްhttps://twitter.com/ibusolih/status/1290180605229936640

ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ރާއްޖޭގައި ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައި މި ވަނީ ބަލި ފެތުރެން ފެށިތާ ކުރީކޮޅު، ރައްކާތެރިކަމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތައް ޖޫން މަހުގެ ތެރޭގައި ލުއިކުރަން ފަށައި މިދިޔަ މަހުގެ 1 އިން ފެށިގެން ބޮޑެތި ލުއިތަކެއް ދިނުމާ އެކުގަ އެވެ.

ރާއްޖެ އިން ކޮވިޑް-19 މިހާތަނަށް ޖެހުނު 4164 މީހުންގެ ތެރެއިން 2085 މީހުންނަކީ ދިވެހިންނެވެ. ބިދޭސީންގެ އަދަދަކީ 2079 އެވެ. މި ބަލީގައި 18 މީހަކުވަނީ މަރުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: