ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޝުއަރެންސްއަށް ކްލެއިމް ކުރުމުން، އިންޝުއަރެންސް ކުންފުނިތަކުން އެ ރިޖެކްޓު ކުރުން އާއްމު ވެއްޖެ: ޖާބިރު

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު، އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޝުއަރެންސް ޕްރިމިއަމް ދައްކާފައިވަނިކޮށް އިންވެސްޓަރަށް، ލިބޭ ގެއްލުމަށް އެދޭ ބަދަލު ރިޖެކްޓުކޮށް އިންވެސްޓަރުންނަށް ފޫނުބެއްދޭ ވަރުގެ ގެއްލުންތައް ދިނުން އެއީ ފަހަކަށް އައިސް އިންޝުއަރެންސް ކުންފުނިތަކުން ހިންގާ އަމަލެއްކަމަށް ބުނެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހަށް ޖާބިރު ހުށަހަޅުއްވާފައިވާ ގަރާރުގައި ވަނީ ރާއްޖޭގައި ހިންގަމުން އަންނަ އިންޝުއަރެންސް ކުންފުނިތަކުން އަމަލު ކުރާ ގޮތުން އިންވެސްޓަރުންނަށް އެތައް ސަތޭކަ މިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުން ލިބިފައިވާތީ، އިންވެސްޓަރުންނަށް ލިބޭ ގެއްލުންތަކުން އެ ފަރާތްތައް ސަލަމާތްކޮށްދިނުމަށެވެ.

ދިވެހި ސަރުކާރުން، މޯލްޑިވްސް މަނިތަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް ހުއްދަ ދީގެން ހިންގަމުން އަންނަ އިންޝުއަރެންސް ކުންފުނިތަކުން ދޭ ޔަގީންކަމުގެ މައްޗަށް ބަރޯސާވެ، އިންޝުއަރެންސް ކުންފުނި މެދުވެރިކޮށް އިންވެސްޓަރުންގެ މުދަލުގެ މައްޗަށް ރައްކާތެރިކަން ހޯދުމަށްޓަކައި ދެ ފަރާތުގެ ދެމެދުގައި ކުރެވޭ އަގްދާއި ހިލާފަށް އިންޝުއަރެންސް ކުންފުނިތަކުން އަމަލު ކުރުން އާއްމުވެފައިވާ ކަމަށާއި، އަދި އެކަމުގެ ސަބަބުން އިންވެސްޓަރުންނަށް އެތައް ސަތޭކަ މިލިއަން ޑޮލަރުން ގެއްލުންވަމުން އަންނަ ކަމަށް ޖާބިރުގެ ގަރާރުގައި ވެއެވެ. އެހެންކަމުން އެ ލިބޭ ގެއްލުންތަކުން އިވެސްޓަރުން ހިމާޔަތްކޮށްދިނުމަށް އެޅެން ހުރި އެންމެހާ ވެސް ފިޔަވަޅުތައް ސަރުކާރުން އަޅަންޖެހޭކަމަށް ގަރާރުގައި ބުނެފައިވެއެވެ.

ޖާބިރު ވިދާޅުވެފައިވަނީ އިންޝުއަރެންސް ކުންފުނިތަކުން ކުރާ ވިޔަފާރިއަކީ، އިންވެސްޓަރުންނަށް ޕޮލިސީ ވިއްކައިގެން ކުރަމުން އަންނަ ވިޔަފާރިއެއް ކަމަށެވެ. އިން އިންޝުއަރެންސް ކުންފުނިތަކުން ވިއްކާ އިންޝުއަރެންސް ޕޮލިސީ އިންވެސްޓަރުން ގަންނަނީ، އިންޝުއާ ކުރެވޭ މުދާ އިންޝުއަރެންސް ކުންފުނިން ބަލައި، އެ ފަރާތުން އަމިއްލައަށް ކަނޑައަޅާ ވެލިއުއެއްގެ މައްޗަށް ކަމަށްވާއިރު ދެ ފަރާތުގެ މެދުގައި އަގުދު ކުރެވޭ އެއްބަސްވުމެއްގެ ތެރެއަށް އިންޝުއަރެންސް ކުންފުނިން ވަދެ އެ ފަރާތުން ވިއްކާ ޕޮލިސީއެއްގެ ދަށުން އިންޝުއަރެންސް ޕްރިމިއަމްގެ ގޮތުގައި ކަނޑައަޅާ އަދަދެއްގެ ފައިސާ އިންވެސްޓަރުގެ ފަރާތުން ދައްކަނީ ކުރިމަތިވާ ގުދުރަތީ ކާރިސާއެއް ނުވަތަ ހާދިސާއެއްގެ ސަބަބުން އެ ފަރާތުގެ މުދަލަށް ގެއްލުން ލިބޭ ހާލަތްތަކުގައި އެ ގެއްލުންތަކަށް ފަރުވާ ލިބިދޭނެކަމަށް އިންޝުއަރެންސް ކުންފުނިން، ދޭ ޔަގީންކަމެއް މައްޗަށް ބަރޯސާވެގެންކަމަށެވެ.

ގަރާރުގައި ބުނެފައިވަނީ އިންޝުއަރެންސް ޕްރިމިއަމް ދައްކާފައިވަނިކޮށް ކުރިމަތިވަ ގުދުރަތީ ކާރިސާއެއްގެ ސަބަބުން ގެއްލުން ލިބޭހިނދު އެ ގެއްލުމުން ސަލާމަތްވުމަށް (ނުވަތަ އެ ޕޮލިސީއެއްގެ ދަށުން މުދަލަށް ރައްކާތެރިކަން ލިބެންޖެހޭފަދަ ނުރައްކަލެއް ކުރިމަތިވެގެން) ރައްކާތެރިކަން ލިބެންވާ ފަރާތުން ކްލެއިމް ކުރުމުން އެ ކްލައިމްގައި ހިމެނޭ މިންވަރަށް އިންކާރު ކުރުމާއި، އެ ގެއްލުމަކީ މާ ކުރިން ލިބިފައިވާ ގެއްލުމެއްކަމަށް ބުނެ އެ ގެއްލުމަށް އެދޭ ބަދަލު ދޭން ރިޖެކްޓުކޮށް އިންވެސްޓަރުންނަށް ފޫނުބެއްދޭ ވަރުގެ ގެއްލުންތައް ދިނުން އެއީ ފަހަކަށް އައިސް އިންޝުއަރެންސް ކުންފުނިތަކުން ހިންގާ އަމަލެއް ކަމަށެވެ. އަދި މިއީ މިފަދަ ކުންފުންޏެއްގެ މަގްސަދާއި ވެސް ހިލާފަށް ކުރެވޭ އަމަލެއްގެ ގޮތުގައި ގަރާރުގައި ވަނީ ފާހަގަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: