ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫގައި ހާއްސަ އެހީއަށް ބޭނުންވާ މީހެއް ރޭޕް ކުރި މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ބަންދަށް 15 ދުވަސް!

ޖިންސީ ގޯނާއާއި، ރޭޕްގެ ތުހުމަތުވާ މީހުން ހައްޔަރު ކުރުމަށް ގޮވާލާ މާލޭގައި ކުރިޔަށް ގެންދިޔަ ހިނގާލުމުގެ ތެރެއިން/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ސިޓީގައި ހާއްސަ އެހީއަށް ބޭނުންވާ އަންހެނެއް ރޭޕް ކުރި މައްސަލައިގެ ތުހުމަތަށް ހައްޔަރު ކުރި ދެ މީހުންގެ ބަންދަށް 15 ދުވަސް ޖަހާފައިވާކަމަށް ފުލުހުން ހާމަކޮށްފިއެވެ.

އުމުރުން 48 އަހަރުގެ އަންހެނަކު ރޭޕް ކުރި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 30 އަހަރާއި، 19 އަހަރުގެ ދިވެހި ފިރިހެނެކެވެ. މީޑިއާތަކާއި މައުލޫމާތުތައް ހިއްސާކޮށް ފުލުހުން ބުނެފައިވަނީ، މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ބަންދު ޖެހިއިރު، ރޭޕް ކޭސްގައި ތިން ވަނަ މީހަކު ޝާމިލްވާކަމަށް ތަހުގީގަށް ފާހަގަ ކުރެވިފައި ނުވާ ކަމަށެވެ. އަދި އިތުރު މީހަކު މައްސަލައިގައި ހައްޔަރުކޮށްފައި ނުވާކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނެފައިވަނީ، މިފަދަ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލު ކުރާ އުސޫލުތަކާއި އެއްގޮތަށް ފުރިހަމަ ކުރަންޖެހޭ ހުރިހާ ކަމެއްވެސް ފުރިހަމަ ކުރަމުންދާ ކަމަށެވެ. އެގޮތުން ވިކްޓިމް އައްޑޫގެ އީކުއޭޓަރ ހޮސްޕިޓަލަށް ދައްކާފައިވާކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ. އޭގެ އިތުރުން އޭނާގެ ސައިކޮލޮޖިކަލް އެސެސްމެންޓެއް ހެދުމަށް، ފުވައްމުލައް ސިޓީއަށް ގެންދިޔަކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ. އެއަށްފަހު ޑޮކްޓަރަށް ދައްކައި ރޭޕް ކޭސްތަކުގައި ހަދަންޖެހޭ މެޑިކަލް އެގްޒާމްތައް ހަދާފައިވާނެކަމަށް ފުލުހުން ބުންޏެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: