ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޮޑު ފިނޮޅުން ހައްޔަރު ކުރި ބިދޭސީން ދޫކޮށްލަައިފި، ދޫކޮށްލިއިރު ވަކީލުންނަށް ނާންގާ!

ބޮޑުފިނޮޅުގެ ހަމަނުޖެހުންތަކާއި ގުޅިގެން ހައްޔަރު ކުރި ބިދޭސީން
ޝެއާރކޮށްލާ ކަހަލަދޯ؟

ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ބޮޑު ފިނޮޅުން ހައްޔަރު ކުރި ބިދޭސީން ރޭގެ ދަންވަރު ދޫކޮށްލައިފިއެވެ.

ބިދޭސީންގެ ބަންދަށް ޖަހާފައިވާ 15 ދުވަސް ހަމަވެފައިވާތީ ރޭ ދަންވަރު ދޫކޮށްލީ ބަންދުގައި 30 ދުވަސް ބޭތިއްބުމަށްފަހުއެވެ. ސަންގު ޓީވީގެ ”ފުރަމެންދުރު“ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ބިދޭސީންގެ ލޯޔަރުންގެ ޓީމުގައި ހިމެނިވަޑައިގަންވާ އާމިނަތު ޝިޔާނާ ވިދާޅުވީ ބިދޭސީން ދޫކޮށްލާފައިވަނީ ވަކީލުންނަށް ވެސް އެންގުމެއް ނެތި ކަމަށެވެ. އަދި އެ މީހުން ދޫކޮށްލިކަން އެނގިފައިވަނީ ވެސް، ބަންދުގެ މުއްދަތުގެ މުއްދަތާއި ގުޅޭގޮތުން މައުލޫމާތު ސާފު ކުރުމަށް އަމިއްލައިން ގުޅުމުން ކަމަށެވެ.

ޝިޔާނާ ވިދާޅުވީ، ބިދޭސީންގެ ބަންދުގެ މުއްދަތު ހަމަވާން އޮތީ މިއަދުގެ ހެނދުނަށް ކަމަށެވެ. އެހެން ކަމުން، ވަކީލުން ނިންމައިގެން ތިބީ ހެނދުނު ބަންދުގެ މަޖިލީހެއް ބާއްވަފާނެ ކަމަށް ކަމަށެވެ. އެހެން ނަމަވެސް ހެނދުނު ވެސް ފުލުހުންގެ ފަރާތުން އެއްވެސް މައުލޫމާތެއް ހިއްސާ ނުކުރާތީ އެ އިދާރާއަށް ގުޅުމުން ބިދޭސީން މިހާރު ދޫކޮށްލާފައިވާކަމަށް އެނގި ކަމަށެވެ. އަދި ބިދޭސީން ދޫކޮށްލީ ކޮން ވަގުތަކުތޯ އާއި، ދޫކޮށްލުމުގެ ކުރިން އެކަން ވަކީލުންނަށް ނޭނގި ސަބަބަކީ ކޮބައިތޯ ސުވާލު ކުރި ކަމަށެވެ. ރޭ ދަންވަރު ލަސް ގަޑިއެއްގައި ދޫކޮށްލީކަމަށް ފުލުހުން މައުލޫމާތު ދިން ކަމަށާއި، އެހެން ނަމަވެސް ސީދާ ގަޑިއެއް ނާންގާ ކަމަށް ޝިޔާނާ ވިދާޅުވިއެވެ.

މީގެ އިތުރުން ޝިޔާނާ ވިދާޅުވީ، ބިދޭސީން މިވަގުތު ތިބީ އިމިގްރޭޝަންގެ ބެލުމުގެ ދަށުގައިކަމަށް ފުލުހުން މައުލޫމާތު ދޭ ކަމަށެވެ. އަދި އިމިގްރޭޝަނަށް ބިދޭސީން ކޮބައިތޯ ސާފު ކުރުމަށް ގުޅުމުން، އީމެއިލްއެއްގެ ޒަރިއްޔާއިން މައުލޫމާތު ސާފު ކުރަން ހުށަހެޅުމަށް ބުނުމުން މިހާރު އީމެއިލްއެއް ފޮނުވާފައިވަނެ ކަމަށެވެ.

ބިދޭސީން ވެސް އެ މީހުންގެ ދިފާއުގައި ބޭނުން ކުރެވޭނެ ވާހަކަތަކެއް ބަޔާންތަކުގައި ހިމަނަން ބޭނުންވީ ނަމަވެސް ފުލުހުން އެ ފުރުސަތެއް ނުދީ، ދަތިތަކާއި ކުރިމަތިލާން ޖެހުނުކަން ޝިޔާނާ ވަނީ ފާހަގަކުރައްވާފައެވެ. ވަކީލުންނަށް ދަތި ކުރަން މަސައްކަތްކޮށް، ވަކި ވާހަކަތަކެއް އެއީ ނުދެއްކޭނެ ވާހަކަތަކެއް ކަމަށް ބުނުމާއި، އަދި ކުރާ ވަކި ސުވާލަކަށް ޖަވާބު ނުދެވޭނަމަ ދިފާއުގައި ދައްކާފައިވާ އެހެން ވާހަކައެއް އެއީ ނުހިމެނޭނެ ވާހަކައެއްގެ ގޮތުގައި ބުނެ ބިދޭސީންނާއި ވާހަކަ ދެއްކުމަށް ވެސް ފުލުހުން ހުރަސް އަޅާފައިވާކަމަށް ޝިޔާނާ ވިދާޅުވިއެވެ.

ހަލީމާ ވިދާޅުވީ، ބައެއް ފަހަރު ހެނދުނުން ފެށިގެން ދޫނިދޫގައި ބޭތިއްބުމަށްފަހު ހަވީރު ވާ ފަހުން ވެސް ތަހުގީގު ކެންސަލް ކުރާ ކަމަށެވެ. އަދި މިހާތަނަށް ވެސް ނެގުނު ބަޔާންތަކުގައި ވަކި ވާހަކަތަކެއް ނުހިމެނުމަށް ފުލުހުން ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރިކަމަށް ވެސް އޭނާ ފާހަގަކުރިއެވެ. ހަލީމާ ވިދާޅުވީ ސުވާލުތަކަށް ފަހު ބިދޭސީމީހާ އިތުރު ވާހަކައެއް ދައްކަން ބޭނުން ވިޔަސް އެކަމަށް ވެސް ފުލުހުން ޖާގަ ނުދޭ ކަމަށެވެ. އަދި އެ ވާހަކަތައް ބަޔާނުގައި ހިމެނުމަށް ވެސް ދެކޮޅު ހަދާ ކަމަށެވެ.

ބިދޭސީންނަށް އަމާޒުކޮށް ”ތި ވާހަކައެއް ނުދެއްކޭނެ“، ނުވަތަ ”ކުރިން މި ސުވާލަށް ޖަވާބު ނުދޭތީ، ތި ވާހަކައެއް ނުހިމެނޭނެ“ ކަމަށް ބުނެ ވާހަކަތައް ދައްކާ ކަމަށް ހަލީމާ ވިދާޅުވިއެވެ. އަދި ބައެއް ވާހަކަތައް ދެއްކުމުން އެއީ ތަހުގީގާއި ގުޅުން ހުރި ކަންތަކެއް ނޫންކަމަށް ބުނެ ވެސް ފުލުހުން އެ ވާހަކަ ހުއްޓުވާ ކަމަށެވެ.

މީގެ އިތުރުން ޝިޔާނާ ވިދާޅުވީ މައްސަލައިގެ ފޯކަސް މުޅިން ގެއްލިފައިވާ ކަމަށާއި، މީގެ ތެރޭގައި ހިމެނެނީ ހަމައެކަނި މުސާރައިގެ މައްސަލައެއް ނޫން ކަމަށެވެ. ބިދޭސީންނަށް ބިރު ދެއްކުމުގެ އަމަލުތައް ހިނގާފައިވުމާއި، ކާން ނުދޭނެކަމަށް ބުނުމާއި ޑީޕޯޓުކޮށްލާނެކަމަށް ބުނެ އިންޒާރު ދީފައިވާ ކަމަށް ޝިޔާނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: