ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުޒާހަރާތަކާއި ގުޅިގެން އީސީގެ އިންޒާރެއް އިިދިކޮޅަށް: ”ގާނޫނުތަކާއި ހިލާފުވާ ނަމަ ޕާޓީތަކަށް ފިޔަވަޅު އަޅާނަން“!

އެންމެން އެއް އަޑަކުންގެ ނަމުގައި އިދިކޮޅުން ކުރިޔަށް ގެންދިޔަ މުޒާހަރާގެ ތެރެއިން/ ފޮޓޯ: ވަން
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ހަރަކާތްތެރިވާ ސިޔާސީ ޕާޓީތަކުން، ސިޔާސީ ހަރަކާތްތައް ހިންގުމުގެ ގާނޫނުތަކާއި ހިލާފުވާނަމަ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އިލެކްޝަންސް ކޮމިޝަނުން ދީފިއެވެ.

ރާއްޖޭގައި ކޮވިޑުގެ ހާލަތު ސީރިއަސްވެ، ބަލި ފެތުރޭ މިންވަރު ވަރަށް ބޮޑުތަނުން އިތުރުވެފައިވާއިރު އިދިކޮޅު ޕީޕީއެމާއި ޕީއެންސީން ދަނީ މާލެ ތެރޭގައި މުޒާހަރާ ކުރުމަށް ތައްޔާރުވަމުންނެވެ. އަދި ހައްޖު ދުވަހުގެ ކުރިން ވެސް އިދިކޮޅުން މުޒާހަރާކޮށްފައިވެއެވެ.

މިއީ ސިޔާސީ ޕާޓީތަކުގެ ގާނޫނާއި ވެސް ހިލާފުވުންކަމަށް ބުނެ ގިނަ އާއްމުން ދަނީ، މައްސަލައިގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން މިއަދުގެ ވަގުތެއްގައި އިލެކްޝަންސް ކޮމިޝަނުންކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ މީގެ ކުރިންވެސް ސިޔާސީ ޕާޓީތަކާއި މެދު ފިޔަވަޅު އެޅީ ވަކި ޕާޓީއަކަށް ވެގެންނެއް ނޫން ކަމަށެވެ. އަދި އޭރާއި މިހާރުވެސް ސިޔާސީ ހަރަކާތްތައް ހިންގުމުގަ ގަނޫންތަކާއި ގަވައިދުތަކާއި ހިލާފް ވާ ޕާޓީތަކަށް ފިޔަވަޅު އަޅާނެ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން މިގޮތަށް ބުނި ނަމަވެސް، އިދިކޮޅު ޕާޓީން ވަނީ މަގުމައްޗަށް ނިކުންނާނެކަން އިއުލާނުކޮށްފައެވެ. އަދި މިއީ ސުލްހަވެރި އެއްވުމެއްކަމަށް ވެސް ދަނީ ބުނަމުންނެވެ. ”އެންމެން އެއް އަޑަކުން“ ގެ ނަމުގައި އިދިކޮޅުން ކުރިޔަށް ގެންދާ މި މުޒާހަރާއަކީ މަނީ ލޯންޑްރިންގެ ކުށުގައި ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިނިވަން ކުރުމަށް ގޮވާލާ ކުރިޔަށް ގެންދާ އިހުތިޖާޖެކެވެ. އިދިކޮޅު ޕީޕީއެމް، ޕީއެންސީން ބުނާ ގޮތުގައި މިއީ ސީދާ ޕްރޮގްރެސިވް ކޯލިޝަނުން އިންތިޒާމު ކުރާ ހަރަކާތެއް ނޫނެވެ. ނަމަވެސް ޕާޓީގެ ލީޑާޝިޕާއި، ކައުންސިލް މެމްބަރުން އަދި އެކްޓިވިސްޓުންގެ ގޮތުގައި ފާހަގަ ކުރެވޭ މީހުން މި އެއްވުމުގައި ވަނީ ބައިވެރިވެފައެވެ.

އިހުތިޖާޖުގައި އަޑު އުފުލަމުން ދަނީ މި ސަރުކާރަކީ އެއްވެސް ގާބިލުކަމެއް ނެތް ސަރުކާރެއްކަމަށް ބުނެއެވެ. އަދި ރައްޔިތުންނަށް ދެނީ އަނިޔާތައް ކަމަށާއި، ކޮވިޑުގެ ނުރައްކަލުގެ ތެރެއިން ވެސް ސިވިލް ސާވިސް މުވަައްޒަފުންގެ މުސާރަތައް ކަނޑާލުމާއި، މުވައްސަސާތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ އިތުރު ގަޑި ހިމެނޭހެން އެލަވެސްންސްތައް ކަނޑާލާފައިވާ ކަމަށެވެ. މީގެ އިތުރުން ކޮމިޓީ މަރުހަލާގައި މިވަގުތު އޮތް ދިވެހި ފުލުހުންގެ ބިލަށް ވެސް ފާޑުކިޔުން އަމާޒުކޮށް ވަނީ މިއީ ނިޒާމުގެ ތެރެއަށް އަތް ބޭނުންކަމަށް ބުނެފައެވެ.

އެއްވެސް ގައިދުރުކަމެއް ނެތި އެއްވުމެއް އިދިކޮޅުން ކުރިޔަށް ގެންދާނެކަމަށް ބުނާއިރު، ރޭ އެކަނިވެސް ކޮވިޑަށް ޕޮޒިޓިވްވެގެން ރިޕޯޓު ކުރި މީހުންގެ އަދަދު 215 އަށް އަރައެވެ. ގިނަ އާއްމުން ވެސް ވަނީ ސޯޝަލް މީޑިއާގައި އިދިކޮޅުގެ މި އެއްވުންތައް ހުއްޓުވުމަށް ވެސް ގޮވާލާފައެވެ. އަދި މިއީ ކަލަސްޓާތަކެއް އުފެދި ބަލި އިތުރަށް ފެތުރިގެން ދިއުމުގެ ފުރުސަތު އޮތް ކަމެއްގެ ގޮތުގައި އާއްމުން ދަނީ ފާހަގަ ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: