އެމްޑަބްލިއުއެސްސީން ގުޅިފަޅުގައި ހިންގާ ހޮޅި ފެކްޓަރީން އުފައްދާ ހޮޅި ބާޒާރަށް ނެރެން ތައްޔާރުވެފައިވާ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.
އެމްޑަބްލިއުސްއެސީން އާއްމުކޮށްފައިވާ ބަޔާނުގައި ބުނެފައިވަނީ ކުންފުނި އުފެދުނުތާ މިހާރު، 25 އަހަރުވެފައިވާއިރު ކުންފުނިން ވަނީ ދިވެހި މުޖްތަމައުގެ ސިއްހީ ރައްކާތެރިކަމަށް ބޮޑު ހިއްސާއެއްކޮށް ރައްޔިތުންނަށް ގިނަ ލުއިފަސޭހަ ހިދުމަތްތަކެއް ފޯރުކޮށްދީފައި ކަމަށެވެ. އަދި ކުރިޔަށް އޮތްތަނުގައި ވެސް މަސައްކަތް ދާނީ އެގޮތުގައިކަމަށް ވަނީ ބުނެފައެވެ. އެމްޑަބްލިއުއެސްސީން ބުނެފައިވަނީ ފެނާއި ނަރުދަމާގެ ހިދުމަތްތައް ފޯރުކޮށްދިނުމުގެ އިތުރުން މިއަދު އެމްޑަބްލިއުއެސްސީ އަކީ އުފެއްދުންތެރިކަމުގެ ދާއިރާއިން ވެސް ފާހަގަކޮށްލެވޭނެ ކުންފުންޏެއް ކަމަށެވެ. އެގޮތުން އޭގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް މަސައްކަތަކީ 2015 ވަނަ އަހަރު ކ. ގުޅީފަޅުގައި ކުންފުނިން ގާއިމްކޮށްފައިވާ ހޮޅި ކާރުހާނާކަމަށް ބުނެފައިވެއެވެ.
އެ ކާރުހާނާގައި ހޮޅޮ އިފައްދނީ ޖަރުމަންވިލާތުގެ ”ކްރައުސް މަފެއި“ ބްރޭންޑުގެ ޒަމާނީ ފެންވަރުގެ މެޝިނަރީ އާއި އަދި ޔޫރަޕްގެ މަޝްހޫރު ބްރޭންޑެއްކަމަށްވާ ”ވޯކިން“ ޓެކްނޮލޮޖީ ބޭނުންކޮށްގެން އީއެން އަދި އައިއެސްއޯ ސްޓެންޑާޑްއަށް ފެތޭ ގޮތަށް ކަމަށެވެ. އަދި ހޮޅީގެ ކޮލިޓީ ޓެސްޓު ކުރެވޭނެ ލެބޯޓަރީއެއްވެސް ކާރުހަނާގައި ގާއިމްކުރެވިފައިވާކަމަށް އެމްޑަބްލިއުއެސްސީން ވަނީ ބުނެފައެވެ.

ކުންފުނިން ބުނެފައިވަނީ، ފެނާއި ނަރުދަމާ އާއި މަގު ހެދުމުގައި ބޭނުންކުރާ ހޮޅި އުފައްދާ ބޭނުންކުރާތާ 05 އަހަރުވެފައިވާ ކަމަށާއި އެކަމަކު އިމާރާތްތަކުގެ ފެން ވައިރުކުރުމަށް ބޭނުންވާ ސައިޒުތަކުގެ ހޮޅި އުފައްދައި ބާޒާރަށް ނެރޭ މިއީ އަދި ފުރަތަމަ ފަހަރު ކަމަށެވެ. އެގޮތުން ނެރޭނީ ރާއްޖޭގެ ބާޒާރުގައި އެންމެ މަގުބޫލު ތައި ސްޓޭންޑަޑްގެ ޕްރެޝަރު ހޮޅިކަން ފާހަގަކޮށް ފެން ކުންފުނިން ބުނެފައިވަނީ ބާޒާރަށް ނެރޭނީ ޕްރެޝަރު ސައިޒު 8.5 އާއި 13.5 ދިގު، ބައި އިންޗިން ފެށިގެން ހަ އިންޗިއާ ދެމެދުގެ ފަލަމިނުގެ ހޮޅި ކަމަށެވެ. މި ސައިޒުތަކުގެ ހޮޅި ރާއްޖޭގައި ވިއްކަން ފެށުމުން ސްޓޯރޭޖާއި ވެއާ ހައުސިންގެ ހަރަދުތައް ކުޑަކުރެވޭނެކަން އެމްޑަބްލިއުއެސްސީން ވަނީ ފާހަގަކޮށްފައެވެ. އަދި އެއީ ރާއްޖޭގެ އިގުތިސާދަށް ވެސް އެކަމުގެ ހެޔޮ އަސަރުކުރާނެ ކަމެއް ކަމަށް ބުނެފައިވެއެވެ.
އެތަނުން ކުރިއްސުރެ އުފައްދަމުން އައީ ފެނާއި ނަރުދަމާގެ މަސައްކަތަށް ބޭނުންވާ އަން ޕްލާސްޓިސައިޑް ޕޮލިނިވީލް ކްލޮރައިޑް (ޔޫޕީވީސީ) ހޮޅި އާއި ހައި ޑެންސިޓީ ޕޮލޮޔެތެލީން (އެޗްޑީޕީއީ) ޕްރެޝަރު ހޮޅި އެވެ.
ނަރުދަމާގެ މަސައްކަތަށް އުފައްދަނީ، ތިން އިންޗިއާއި ހަ އިންޗީގެ ފަލަމިނުގެ ހޮޅި އެވެ. އަދި ފެނުގެ ނިޒާމުގެ މަސައްކަތްތަކަށް އެއް އިންޗި އާއި 10 އިންޗިއާ ދެމެދުގެ ފަލަމިނުގެ ހޮޅި އެވެ.

