ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް-19 : ޕޮޒިޓިވްވި މީހުންގެ ކޮންޓެކްޓުންގެ ގޮތުގައި 4،000 އެއްހައި މީހުން އެބަތިބި

އެޗްއީއޯސީގެ ތަރުޖަމާނު ޑރ.ނަޒްލާ ރަފީޤު. ފޮޓޯ: އެޑިޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ކޮންޓެކްޓުންގެ ގޮތުގައި 4،000 އެއްހައި މީހުން އެބަތިބިކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ) އިން ބުނެފިއެވެ.

ހޯމަދުވަހުގެރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާން ޑރ.ނަޒްލާ ރަފީޤް ވިދާޅުވީ، ކޮވިޑަށް ޕޮޒިޓިވްވެފައިވާ މީހުންގެ ކޮންޓެކްޓުންގެ ގޮތުގައި މިހާރު ގާތްގަނޑަކަށް 4،000 އެއްހައި މީހުން އެބަތިބި ކަމަށެވެ. އަދި އެ އެންމެން މޮނިޓަރިންކޮށް ބެލެހެއްޓުމަކީ ކުރެވޭނެކަމެއް ނޫންކަމަށް ވެސް ޑރ.ނަޒްލާ ވިދާޅުވިއެވެ. ޑރ. ނަޒްލާ ވިދާޅުވީ، ކޮންޓެކްޓުންގެ ގޮތުގައި އެހާ ގިނަ މީހުން ތިބިއިރު، އެ މީހެއްގެ ގޭގެ ކޮޓަރީގައި އިންތޯ ބެލުމަކީ އެހާ ފަސޭހަކަމެއް ވެސް ނޫންކަމަށާއި، ކޮންޓެކްޓުންގެ ގޮތުގައި ތިބޭ މީހުންގެ އަމިއްލަ ޒިންމާއެއް އޮތްކަމަށް ދެކިގެން ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ތަބާވުމަކީ މުހިންމުކަމެއް ކަމަށެވެ.

ކޮވިޑް-19 އިގެ ނުރައްކާތެރިކަން އިތުރުވެ ބަލި ފެތުރޭ މިންވަރު މިހާރު އަންނަނީ އިތުރުވަމުންނެވެ. މި ގޮތުން ބަލާއިރު، އާދިއްތަދުވަހުގައި 215 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، ހޯމަދުވަހުގައި 129 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. ޕޮޒިޓިވްވި މީހުންގެތެރޭގައި ރާއްޖޭގެ ރަށްރަށުން ޕޮޒިޓިވްވާ މީހުން ވެސް ހިމެނެއެވެ. އެ ގޮތުން ގިނަބަޔަކު އަންނަނީ ހޯމަ ކަރަންޓީނުގައި ބައިތިއްބަމުންނެވެ. ނަމަވެސް އެ އުސޫލުތަކާއި ޚިލާފުވެ ހޯމް ކަރަންޓީނުގައި ތިބޭ ފަރާތްތަކުން ބޭރަށް ނިކުމެ އުޅޭ މައްސަލަތައް ވެސް އަންނަނީ ފެންމަތިވަމުންނެވެ. މި ކަން ފާހަގަކުރައްވައި ޑރ.ނަޒްލާ ވިދާޅުވީ، ހެދިފައިވާ އުސޫލުތަކަށް ތަބާނުވާތީ އެ ފަދަ ފަރަތްތަކާމެދު ފިޔަވަޅު އެޅުމަށް ތަންފީޒީ އިދާރާތަކަށް މިހާރު އަންގަމުން ގެންދަވާކަމަށެވެ.

ރާއްޖެއިން ކޮވިޑް-19 އަށް މިހާތަނަށް، 4،293 މީހުން ޕޮޒިޓިވްވެފައިވާއިރު، އޭގެތެރެއިން 19 މީހަކު ވަނީ ނިޔާވެފައެވެ. މީގެ އިތުރުން 1،490 މީހުންނަށް މިހާރު ފަރުވާދެމުން އަންނައިރު، 2،670 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: