ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާސްކުނާޅާ އުޅުނު އިތުރު 52 މީހުން ޖޫރިމަނާކޮށްފި

ފޮޓޯ: ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ޢާންމު ތަންތަނުގައި މާސްކުއަޅަން އަންގާފައި ވަނިކޮށް އެ އެންގުމާއި ޚިލާފުވި އިތުރު 52 މީހަކު ޖޫރިމަނާކޮށްފައިވާކަމަށްހެލްތު އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ) އިން ބުނެފިއެވެ.

ހޯމަދުވަހުގެރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.ނަޒްލާ ރަފީޤް ވިދާޅުވީ، މާލޭ ސަރަހައްދުގެ ޢާންމު ތަންތަނުގައި މާސްކުއަޅަން އަންގަވާފައިވާ އެންގުމާއި ޚިލާފުވެގެން ހޯމަދުވަހު 272 ފަރާތަކަށް ފުލުހުން ނަސޭހަތްދީފައިވާ ކަމަށާއި، 52 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން ޑރ.ނަޒްލާ ވިދާޅުވީ، މާސްކުއެޅުން މަޖުބޫރުކުރިފަހުން މިހާތަނަށް ޖުމްލަ 645 ފަރާތަކަށް ނަސޭހަތްދެވިފައިވާ ކަމަށެވެ. އަދި ޖޫރިމަނާކުރެވުނު މީހުންގެ ޢަދަދު މިހާރު 73 އަށް އިތުރުވެފައިވާކަމަށް ވެސް ޑރ.ނަޒްލާ ވިދާޅުވިއެވެ.

ރާއްޖޭގައި ކޮވިޑް ފެތުރެމުންދާ މިންވަރު އިތުރުވަމުންދާތީ، މާލެއާއި، ވިލިމާލެއާއި، ހުޅުމާލޭގެ ޢާންމު ތަންތަނުގައި މާސްކުއެޅުން މަޖުބޫރުކޮށްފައިވަނީ މި މަހުގެ 10 ވީ ހޮނިހިރު ދުވަހުގައެވެ. އެ އެންގުމާއި ޚިލާފުވެއްޖެނަމަ 1،000 ރުފިޔާއިން ޖޫރިމަނާކުރަން ސަރުކާރުން ވަނީ ނިންމާފައެވެ. ނަމަވެސް މާސްކުއެޅުން މަޖުބޫރުކޮށްފައިވީ ނަމަވެސް، 02 އަހަރުން ދަށުގެ ތުއެްތުކުދިންނާއި، ކަސްރަތުކުރާ ވަގުތުތަކުގައާއި، އިތުރު މީހެއްގެ އެހީއާއިނުލައި މާސްކުއަޅާ ނަގާ ނުހެދޭ މީހުން އިސްތިސްނާވާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: