ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒަރޫރީ ބޭނުމެއްގައި ނޫން ގޮތަކަށް ދެން، މާލެއިން އިތުރު ރަށަކަށް ނުދެވޭނެ!

ކޮވިޑާއި އެކު މާލެއިން ގިނަ ބަޔަކު ރަށްތަކަށް ބަދަލުވެފައިވޭ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ޒަރުރީ ބޭނުމެއްގައި، އެކަށީންވާ އުޒުރަކާއި އެކު ނޫން ގޮތަކަށް، މާލެއިން ބޭރަށް ނުދެވޭނެކަމަށް އަންގައިފިއެވެ.

ހެލްތް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މިނިސްޓްރީގެ ޑިރެކްޓާރ ޖެނެރަލް ޕޮލިސީ ޕްލޭނިން އެންޑް އިންޓަނޭޝަނަލް ހެލްތް އައިޝަތު ސާމިޔާ ވިދާޅުވީ ކުރިޔަށް އޮތްތަނުގައި މާލެއިން ރަށްތަކަށް ދެވޭނީ ކޮންމެހެން ދާންޖެހޭ މީހުންނަށް އެކަނި ކަމަށެވެ. މިއީ ރަށްތަކަށް ބަލި ފެތުރުން ކުޑަކުރުމުގެ ގޮތުން އެޅި ފިޔަވަޅެއްގެ ގޮތުގައި ސާމިއާ ވަނީ ފާހަގަކުރައްވާފައެވެ.

ސާމިއާ ވިދާޅުވީ މި ބަދަލާއި އެކު، ކުރިން ދީފައިވާ ލުއިތަކުގެ ތެރޭގައި ހިމެނޭ ޕްރޮޖެކްޝަންތަކުގެ މަސައްކަތްތަކަށް ރަށްރަށަށް ދެވޭ ގޮތަށް އޮންނަ ފަސް ދުވަހުގެ މުއްދަތު ދެން ނޯންނާނެކަމަށެވެ.

މި އުސޫލު ތަފްސީލުކޮށްދެއްވައި ނޫސްވެރިންގެ ބައްދަލުވުމުގައި، އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ އަތޮޅުތެރެއަށް ބަލި ފެތުރުން ހުއްޓުވުމަށް އަދި އަތޮޅުތެރޭގައި ތިބި ރައްޔިތުން ބަލިން ރައްކާތެރިކުރުމަކީ ވަރަށް ބޮޑު އިސްކަމެއް ދީގެން މިހާރު ބަލަހައްޓަންޖެހޭ ކަމެއް ކަމަށެވެ.

ޑރ. ނަޒްލާ ވިދާޅުވީ، ރަށްރަށުން ވެސް މާލެއަށް ދެން އާދެވޭނީ ހަމައެކަނި ބޭސްފަރުވާގެ ކަންކަން ފުރިހަމަކުރުމަށް އެކަނި ކަމަށެވެ. އަދި އެ ރާއްޖޭގެ އެކި ރަށްތަކުން މާލެއަށް ދޯނިފަހަރުތަކުގައި އަންނަ މީހުންނަށް މާލެއަށް ނުފޭބޭނެކަމަށް ފާހަގަކުރެއްވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ ކެޕޭސިޓީއާއި އެއްވަރަށް ޕޮޒިޓިވް ކޭސްތައް މަދުކުރާނެ ގޮތަކާއި މެދު ވިސްނަންޖެހޭ ކަމަށެވެ. އަދި ހާއްސަކޮށް ހައިރިސްކު މީހުން މި ބަލިން ރައްކާތެރިކުރުމަށް މަސައްކަތް ކުރަންޖެހޭކަމަށާއި، ބަލި ފެތުރޭ ސްޕީޑު ދަށްކުރުމަށް ބޮޑެތި މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ.

ޑރ. ނަޒްލާ ވިދާޅުވީ، އަތޮޅުތެރޭގައި ވެސް އެއްރަށުން އަނެއް ރަށަށް ދަތުރުކުރާއިރު މާސްކުއެޅުން މަޖުބޫރުކޮށްފައިވާ ކަމަށެވެ. އެހެންކަމުން ރަށުތެރޭގައި އުޅޭއިރު ވެސް މާސްކުއެޅުމަށް އިލްތިމާސްކުރާކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: