ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޭނާ ހައްސާން ޑީއާރުޕީއަށް، ޖާބިރު ވިދާޅުވީ ”ވަގުތު ނެތޭ، ވަގުތު ނެތޭ“ އެންމެން ވެެސް ޕާޓީއާއި ގުޅިވަޑައިގަތުމަށް!

މޭނާ ހައްސާން ޑީއާރުޕީއަށް ސޮއިކުރުން/ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ވީޑިއޯގެ ސްކްރީންޝޮޓްއެއް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ މޭނާ ހައްސާނު ޑީއާރުޕީއަށް ސޮއިކޮށްފިއެވެ.

މޭނާ ހައްސާން ޑީއާރުޕީއާއި ގުޅިވަޑައިގެންފައިވާކަން ހާމަކޮށްފައިވަނީ އެ ޕާޓީގެ އޮފިޝަލް ޓްވިޓާރ ހޭންޑަލްއިންކޮށްފައިވާ ޓްވީޓެއްގައެވެ. ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރާއި ބައްދަލުކޮށް ސޮއިކުރި ވީޑިއޯވެސް ވަނީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.

މޭނާ ހައްސާނު ޑީއާރުޕީއަށް ސޮއިކުރައްވާތަން ސޯޝަލް މީޑިއާގައި ހިއްސާ ކުރައްވާ ޖާބިރު ވިދާޅުވީ މޭނާ ހައްސާނަކީ ”ބްރަދާއެއް“ ކަމަށެވެ. އަދި މޭނާ ހައްސާން ރާއްޖޭގެ ސިޔާސީ ދާއިރާއަށް ނިކުތުމަކީ ލިބުނު ހިއްވަރެއްގެ ގޮތުގައި ޖާބިރު ވަނީ ފާހަގަކުރައްވާފައެވެ.

https://twitter.com/chairmanjabir/status/1290655396579901448

ޖާބިރު ވިދާޅުވީ އޭނާއަކީ މޭނާ ހައްސާންގެ އެންމެ ބޮޑު އެއް ސަޕޯޓަރުކަމަށެވެ. އެއަށްފަހު ވަނީ މޭނާ ހައްސާންގެ މަޝްހޫރު ”ވަގުތު ނެތޭ، ވަގުތު ނެތޭ“ ލަވައިގެ ތަންކޮޅެއް ހިއްސާކުރައްވާ އެންމެން ވެސް މަސައްކަތަށް ނިކުމެ ޑީއާރުޕީއާއި ގުޅިވަޑައިގަތުމަށް ގޮވާލާފައެވެ.

ޕާޓީއަށް ސޮއިކުރުމަށްފަހު މޭނާ ހައްސާނާއި، ޖާބިރު ބައްދާލައެވެ. އަދި މިއީ ދިވެހި ރައްޔިތުން އެންމެ ލޯބިވާ އެއް ޕާޓީކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން މޭނާ ހައްސާންގެ ލަވައަކަށް ދެ ބޭފުޅުން ނައްޓަވާ މަންޒަރު ވެސް ވީޑިއޯއިން ފެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: