ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއަދު ވެސް ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 153 ގައި، އޭގެ ތެރޭގައި 116 ދިވެހިން!

ކޮވިޑަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު މާލޭގައި ދަނީ އިތުރުވަމުން/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިރަށް މާލެ ސިޓީގައި ކޮވިޑު ފެތުރޭ މިންވަރު އިތުރުވެ، މިއަދު އެކަނިވެސް ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު 153 އަށް އަރާކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީން ހާމަކޮށްފިއެވެ.

މިއަދު ކޮވިޑަށް ޕޮޒިޓިވް ވި މީހުންގެ ތެރޭގައި 116 ދިވެހިން ހިމެނެއެވެ.

މާލެ ތެރޭގައި ކޮންޓްރޯލެއް ނެތި ކޮވިޑު ފެތުރެމުންދާއިރު ރައްކާތެރިކަމުގެ ފިޔަވަޅުތައް ވެސް މިހާރު ވަނީ ވަރުގަދަކޮށްފައެވެ. މިއަދު ބައްޔަށް ޕޮޒިޓިވް ވި މީހުންނާއި އެކު ރާއްޖޭގައި މިހާތަނަށް ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދުތައް 4،446 އަށް އަރައެވެ. އަދި މިވަގުތު ބައްޔަށް ފަރުވާދެމުން ދާ 1،719 މީހެއް އެބަތިއްބެވެ.

އެޗްޕީއޭއިން އާއްމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، ބައްޔަށް ޕޮޒިޓިވްވެގެން ފަރުވާ ދެމުން އަންނަ މީހުންގެ ތެރެއިން 105 މީހަކަށް ފަރުވާދެނީ ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެންނެވެ.

މާލެ ސިޓީގައި ކޮވިޑު ވަރަށް ބޮޑަށް ފެތުރިފައިވާއިރު، ފަހަކަށް އައިސް ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ ތެރޭގައި ގިނައީ އެއްވެސް ކްލަސްޓައަކާއި ގުޅުމެއް ނެތް އިންޓިޕެންޑެންޓް ކޭސްތަކެވެ. ނުވަތަ ބަލި އެރީ ކާކުގެ ފަރާތުންކަން ނޭނގޭ ކޭސްތަކެވެ. އަދި މިކަމުގެ ކަންބޮޑުވުންތައް ހެލްތް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ވެސް ވަނީ ހިއްސާކޮށްފައެވެ. ހާއްސަކޮށް، ޕޮޒިޓިވްވާ ގިނަ މީހުންގެ މޫވްމެންޓުތައް ގިނަވުމާއި، އާއްމުން ގިނައިން އެއްވާ ތަންތަނަށް ދިއުން އަދި ޕާޓީތައް ބޭއްވުމާއި މަސް ދަތުރު ދިއުން ފާހަގަކުރެވެއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: