ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޮޑުފިނޮޅުން ހައްޔަރު ކުރި 19 ބިދޭސީން ޑީޕޯޓު ކޮށްލުން ހުއްޓުވުމުގެ އަމުރަކަށް އެދިއްޖެ

ބޮޑުފިނޮޅުން 19 ބިދޭސީއެއް ހައްޔަރު ކުރި/ ބަންދުން ދޫކޮށްލުމުން އެ މީހުން މިވަގުތު ތިބީ އިމިގްރޭޝަން ބެލުމުގެ ދަށުގައި
ޝެއާރކޮށްލާ ކަހަލަދޯ؟

ބ. ބޮޑުފިނޮޅުގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރުކުރި 19 ބިދޭސީން ފުލުހުންގެ ބަންދުން ދޫކޮށްލައި އިމިގްރޭޝަނުގެ ޑިޓެންޝަން ސެންޓަރުގައި ބަންދުކޮށްފައިވާއިރު، އެ ފަރާތްތައް ރާއްޖެއިން ޑީޕޯޓް ކުރުން ހުއްޓުވުމުގެ އަމުރަކަށް ކްރިމިނަލް ކޯޓުގައި އެދިއްޖެއެވެ.

ޖުލައި މަހުގެ ދެވަނަ ދުވަހު ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ބޮޑުފިނޮޅުގައި ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން 19 ބިދޭސީއެއް ހައްޔަރު ކުރިއެވެ. އެ މީހުން 30 ދުވަސް ވަން ދެން ފުލުހުންގެ ބަންދުގައި ބޭތިއްބުމަށްފަހު ދޫކޮށްލުމުން، މިހާތު ތިބީ އިމިގްރޭޝަންގެ ބެލުމުގެ ދަށުގައެވެ. ބިދޭސީންގެ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ޓީމުން ތުހުމަތު ކުރާ ގޮތުން ސަރުކާރުން އަންނަނީ އެ މީހުން ޑީޕޯޓުކޮށްލުމަށް މަސައްކަތް ކުރަމުންނެވެ.

ބިދޭސީންގެ ވަކީލުން ވަނީ އެ މައްސަލަ ކޯޓަށް ހުށަހަޅާ، ހޭބިއަސް ކޯޕަސްގެ އަމުރަކަށް ކޯޓުގައި އެދިފައެވެ. ކޯޓަށް ހުށަހަޅާފައިވާ އެ ސިޓީގައި ބުނެފައިވަނީ ބަންދުކޮށްފައިވާ ފަރާތްތައް ޑީޕޯޓުކޮށްލުމަށް އިމިގްރޭޝަނާއި ހަވާލުކޮށްފައިވާއިރު ގާނޫނީ ޓީމަށް ބިދޭސީންނާއި ބައްދަލު ނުކުރެވޭ ކަމަށެވެ.

ސިޓީގައި ބުނެފައިވަނީ ހޭބިއަސް ކޯޕަސް އަމުރާ ގުޅޭ އަޑުއެހުން ބޭއްވުމުގެ ކުރިން ފުލުހުންގެ ހިންގާ ތަހުގީގެއް ނިންމުމަށްފަހު، ބަންދުކުރެވިފައިވާ ބިދޭސީން ރާއްޖެއިން ޑިޕޯޓްކޮށްފިނަމަ ހުށަހެޅިފައިވާ މައްސަލައިގެ މަގްސަދު ގެއްލިގެން ހިނގައިދާނެ ކަމަށެވެ. އަދި އެފަދަ ނިންމުމެއްގެ ސަބަބުން އަދުލު އިންސާފަށް ހުރަސް އެޅިގެން ހިނގައިދާނެތީ، ހޭބިއަސް ކޯޕަސް އަމުރާ ގުޅޭ ގޮތުން ކްރިމިނަލް ކޯޓުން ވަކި ގޮތެއް އަންގަންދެން ނުވަތަ ކްރިމިނަލް ކޯޓުން އެހެން ގޮތެއް އަންގަންދެން ބަންދުކޮށްފައިވާ 19 ބިދޭސީން ދިވެހިރާއްޖެއިން ޑީޕޯޓް ނުކުރެވޭނެ ކަމަށް އިމިގްރޭޝަންގެ މައްޗަށް އަމުރެއް ނެރެދިނުމަށް އެދޭކަމަށެވެ.

މީގެ އިތުރުން ވަކީލުންނަށް ބިދޭސީންނާއި ބައްދަލުކުރެވޭނެ ގޮތް ހަމައްޖައްސައިދިނުމަށް އިމިގްރޭޝަންނާއި ކަރެކްޝަންސްގެ މައްޗަށް އަމުރެއް ނެރެދިނުމަށާއި، ހޭބިއަސް ކޯޕަސް އަމުރަށް އަސަރު ފޯރާނެފަދަ އެއްވެސް އަމަލެއް ނުކުރުމަށް ފުލުހުންގެ މައްޗަށް އަމުރު ނެރެދިނުމަށް ވަނީ އެ ސިޓީގައި އެދިފައެވެ.

މި މައްސަލައިގައި ބިދޭސީންގެ ވަކީލުންގެ ގޮތުގައި ބޮޑު ޓީމެއް މަސައްކަތް ކުރެއެވެ. އަދި މީޑިއާތަކަށް ވަކީލުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ބިދޭސީންނާއި ބައްދަލު ކުރި ވަކީލުންގެ ތެރެއިން ވަކީލަކަށް މައްސަލަ ތަހުގީގު ކުރަމުންދާ ފުލހުންގެ ތެރެއިން އިންވެސްޓިގޭޓަރެއް ގުޅާ ނުފޫޒު ފޯރުވުމަށް ވެސް މަސައްކަތްކޮށްފައިވާ ކަމަށެވެ.

ވަކީލުންގެ ބަޔާނުގައި ބުނެފައިވަނީ، މުޒާހަރާތައް ކުރި 16 މޭއި އާއި ޖުލައި 02 ގައި ހިނގައިދިޔަ ހާދިސާތަކުގައި ބިރު ދެއްކުމުގެ އަމަލުތައް ހިނގާފައިވާކަމަށެވެ. އަދި ބިދޭސީންނަށް އިންޒާރުދީ، އެ މީހުންގެ ފުރާނަ ގެއްލޭވަރުގ ބޮޑު އަނިޔާއެއް ލިބިދާނެކަމަށް ބުނެ ވާހަކަ ދައްކާ ހެދިކަމަށް ބިދޭސީންގެ ވާހަކަތަކުން އެނގޭ ކަމަށެވެ. ބިިދޭސީންނަށް އިންޒާރުތައް ދީ އެ މީހުން ޑީޕޯޓުކޮށްލާނެކަމުގެ ބިރު ދައްކާފައިވާކަމަށް ބަޔާނުގައި ވެއެވެ. ވަކީލުން ބުނެފައިވަނީ، ބިދޭސީންނަށް އަމާޒުކޮށް އެ މީހުންނަށް އެއްވެސް ގެއްލުމެއް ވެއްޖެނަމަ އާއިލާއަށް ވާނެ ގޮތަކާއި މެދު ވިސްނުމަށް ވެސް ބުނެ ވާހަކަ ދެއްކިކަމަށެވެ. މި އަމަލުތަކުގެ ފަހަތުގައި ތިބީ ސީލް މޯލްޑިވްސްގެ ތިން މީހެއްކަމަށް ބިދޭސީން ތުހުމަތުކުރާކަމަށް ވަކީލުން ބުނެއެވެ.

މީގެ އިތުރުން ބިދޭސީން މުސާރަ ދިނުމަށް އެދުމުން ރަށުގައި މަސައްކަތް ކުރާ ބިދޭސީއަކަށް ގޮތް ނޭނގޭ ފޯނު ކޯލެއްގައި މީހަކު ގުޅާ ”ކަރު ބުރިކޮށްލާނަމޭ“ އަދި ”ކަރު ބުރިކޮށްލައިފިނަމަ އަނބިމީހާ އާއި ދަރިފުޅަށް ވާނީ ކިހެނެއްހޭ“ ބުނެ ފުރާނައަށް ނުރައްކާވާ ގޮތްތަކަށް އިންޒާރު ދިން ކަމަށް ވަނީ ބުނެފައެވެ.

ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ބޮޑު ފިނޮޅުގައި މަސައްކަތް ކުރާ ބިދޭސީންނަށް މުސާރަ ނުދޭތާ އެތައް މަހެއް ވަނީ ވެފައެވެ. މި މައްސަލައިގައި ސީލް ކުންފުންޏާއި، ރިޒްއިން ވަނީ އެއް ކުންފުނި އަނެއް ކުންފުންޏަށް ބޮޑެތި ތުހުމަތުތަކެއް ވެސް ކުރަމުންނެވެ. އެގޮތުން ރިޒްއިން ބުނާ ގޮތުން ބިދޭސީންނަށް މުސާރަ އައި ކެއުން ހަމަޖައްސަން ޖެހެނީ ސީލްއިން ނަމަވެސް އެ ކުންފުނިން އެގޮތަށް އަމަލެއް ނުކުރެއެވެ. އޭގެ ރައްދުގައި ސީލްއިން ބުނެފައިވަނީ މުސާރަ ދެވޭވަރަށް އިތުރަށް ވެސް ކުންފުންޏަށް ފައިސާ ދީފައިވާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: