ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހައިކޯޓުގެ ކޯޓު މުވައްޒަފުންތަކެއް ކްރިމިނަލް ކޯޓަށް ބަދަލު ކުރަން އުޅުނު މައްސަލައެއް ބަލަނީ!

ޝެއާރކޮށްލާ ކަހަލަދޯ؟

ހައިކޯޓުގެ ކޯޓު އޮފިސަރުންތަކެއްގެ ކްރިމިނަލް ކޯޓަށް ބަދަލު ކުރަން އުޅުނު މައްސަލައެއް ރައްޔިތުންގެ މަޖިލީހުން ބަލަން ފަށައިފި އެވެ.

ރައްޔިތުންގެ މަޖިލީހުން ބަލަން ފަށާފައިވަނީ ހައިކޯޓުގެ ކޯޓު އޮފިސަރުންތަކެއް، އެ މީހުންގެ ނުރުހުމުގައި ކްރިމިނަލް ކޯޓަށް ބަދަލު ކުރަން އުޅުނު މައްސަލައެކެވެ.

މަޖިލީހުގެ އަމީން އާއްމު ފާތިމަތު ނިއުޝާ ސޮއި ކުރައްވާ ފޮނުވާފައިވާ ސިޓީއެއްގައި އެދިފައި ވަނީ އޮފިސަރުން ވަކިކުރަން އުޅުނު މައްސަލައިގައި ކަން ހިގާ ދިޔަ ގޮތް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ރައްޔިތުންގެ މަޖިލީހަށް އަންގައިދިނުމަށެވެ.

ހައިކޯޓުގެ ހަތަރު ކޯޓު އޮފިސަރަކު ކްރިމިނަލް ކޯޓަށް ބަދަލު ކުރަން އުޅޭ ކަމަށް ބުނެ މަޖިލީހަށް މައްސަލައެއް ހުށަހަޅާފައިވެއެވެ. އަދި އެ މައްސަލަ ބަލަނީ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީންނެވެ.

ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ ހައިކޯޓުގެ ހަތަރު މުވައްޒަފަކާއި ކުރިން މަޝްވަރާއެއް ކުރުމެއް ނެތި ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ހާޒިރުކޮށް، ކްރިމިނަލް ކޯޓަށް ބަދަލު ކުރަން ނިންމާފައިވާކަން، ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ޑރ. އަބްދުﷲ ނަޒީރު އެންގެވި ކަމަށެވެ.

މީގެ އިތުރުން ކްރިމިނަލް ކޯޓަށް ބަދަލުވާން ދެކޮޅު ހަދާ މުވައްޒަފުން ވަޒީފާއިން ވަކި ކުރަން ޖެހޭނެ ކަމަށްވެސް ނަޒީރު އަންގާފައިވާ ކަމަށްވެސް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ސިޓީގައި ބުނެފައި ވެއެވެ. އަދި އެގޮތަށް ނިންމީ ހައިކޯޓުން ކަމަށް ބުނެފައިވާ ކަމަށް ސިޓީގައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: