ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންކަމް ސަޕޯޓް އެލަވަންސް: 8488 ފަރާތަކަށް 35 މިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާ ދޫކޮށްފި

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑާއި ގުޅިގެން ވަޒީފާ އަށް ނުރަނގަޅު އަސަރުކުރި މީހުންނާއި ވަޒީފާ ގެއްލިފައިވާ މީހުންނަށް އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި މިހާތަނަށް 35 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.

ބުދަދުވަހު ފިނޭންސް މިނިސްޓްރީން ޢާންމުކޮށްފައިވާ އިންކަމް ސަޕޯޓް އެލަވަންސްގެ ހިސާބުތައް ބުނާގޮތުން މިހާތަނަށް 8488 މީހުންނަށް 35 މިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާ ދޫކޮށްފައިވެއެވެ.

ކޮވިޑް-19 އާ ގުޅިގެން ވަޒީފާ ގެއްލުނު މީހުންނާއި ވަޒީފާއަށް އަސަރު ކޮށްފައިވާ މީހުނަށް ސަރުކާރުން އިންކަމް ސަޕޯޓް އެލަވަންސް ދޭންފެށީ މި އަހަރުގެ އެޕްރީލް މަހުން ފެށިގެން ޖޫންމަހާއި ހިސާބަށެވެ.

ޖޮބް ސެންޓަރ ޕޯޓަލްއަށް ހުށަހަޅައިގެން އެދޭ މި އެހީތެރިކަން ސަރުކާރުން ފޯރުކޮށްދޭންފެށީ ސަރުކާރުން ތަޢާރަފްކުރި އިކޮނޮމިކް ރިލީފް ޕެކޭޖުގައި 2.5 ބިލިއަން ރުފިޔާ ހިމަނައިގެން ކޮންމެ މީހަކަށް 5000 ރުފިޔާގެ މަގުންނެވެ.

ކޮވިޑް-19 އާއި ގުޅިގެން ވަޒީފާއަށް އަސަރުކުރި ފަރާތްތަކާއި ވަޒީފާ ގެއްލުނު ފަރާތްތަކަށް ސަރުކާރުން އިންކަމް ސަޕޯޓު އެލަވަންސް ދޭން ފެށުމާއި ގުޅިގެން ވޯލްޑު ބޭންކުންވަނީ 12.8 މިލިއަން ޑޮލަރު ދިނުމަށް ނިންމާފައެވެ.

ވޯލްޑު ބޭންކުން މި އެހީ ދިނުމާއެކު ވަޒީފާއަށް އަސަރުކުރި ފަރާތްތަކާއި ވަޒީފާ ގެއްލުނު ފަރާތްތަކުގެތެރެއިން 13000 ފަރާތަކަށް އެލަވަންސް ދެވޭނެ މަގުފަހިވެގެންދާނެއެވެ.

ކޮވިޑް-19 އާއި ގުޅިގެން ވޭތުވެދިޔަ ދެތިންހަތަރު މަހުގައި ގިނަ ޢަދަދެއްގެ މީހުންގެ ވަޒީފާއަށް އަސަރުކޮށްފައިވެއެވެ. އޭގެތެރޭގައި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތައް ފާހަގަކޮށްލެެވެއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ކުރި ދިރާސާއަކުން ދައްކާގޮތުގައި ވަޒީފާއަދާކުރާ މީހުންގެތެރެއިން ކޮންމެ 10 މީހަކުން 05 މީހެއްގެ ވަޒީފާއަށް ވަނީ އަސަރުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: