ހައި ކޯޓާއި ކްރިމިނަލް ކޯޓަށް ފަނޑިޔާރުން ހޯދުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން އިއުލާންކޮށްފިއެވެ.
ޖޭއެސްސީއިން އާންމުކުރި އިއުލާންގައި ވަނީ ހައިކޯޓުން ހުސްވެފައިވާ ފަނޑިޔާރުކަމުގެ1 މަގާމަށާއި ހައިކޯޓުގެ ފަނޑިޔާރުކަމުގެ1 މަގާމަށް މީހަކު ހޯދުމަށެވެ. މިދެމަގާމަށް އައްޔަންކުރުމަށް މީހުން ހޯދުމަށް ހުޅުވާލާފައިމިވަނީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.
މަގާމަށް ޝައުގުވެރިވާ ބޭފުޅުން އޮގަސްޓް16ގެ14:00 ގެ ކުރިން އެޕްލިކޭޝަން ފޯމް ޙުށައެޅުމަށް އިއުލާންގައި ވަނީ ބުނެފައެވެ.
ހައިކޯޓުގެ ފަނޑިޔާރަކަށް މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި 54،300 ރުފިޔާ ލިބޭނެއެވެ. މަގާމަށް ހުށައެޅުމަށް ފުރިހަމަވާންޖެހޭ ޝަރުތުތަކުގެ ތެރޭގައި 25 އަހަރު ފުރިފައިވުމާއި ފަނޑިޔާރުކަން ނުވަތަ ވަކީލުކަމުގެ މަގާމުގައި މަދުވެގެން5 އަހަރު ހޭދަކޮށްފައިވުން ހިމެނެއެވެ.
ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކަށް މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި48،300 ރުފިޔާ ލިބޭނެއެވެ. މަގާމަށް ހުށައެޅުމުގެ ޝަރުތުތަކުގެ ތެރޭގައި 25 އަހަރު ފުރިފައިވުމާއި ފަނޑިޔާރުކަން ނުވަތަ ވަކީލުކަމުގެ މަގާމުގައި މަދުވެގެން 2 އަހަރު ހޭދަކޮށްފައިވުން ހިމެނެއެވެ.

